ޣަނީ: އުއްތަމަ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރަން ކޮމެޓީން މިއަދު ވަނީ ރުހުން ދީފައި --- ފޮޓޯ/މިހާރު
04 އޯގަސްޓް 2025 - 13:45
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރަކަށް އެެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އޭގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޣަނީ އައްޔަން ކުރުމަށެވެ. އަދި އެ ކޮމިޝަންގެ ލަފާގައި ދެވަނައަށް އިސްކަން ދިނީ ގާޒީ އަބްދުﷲ ގެ ނަމަށެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މަޖިލީހަށް ނަން ފޮނުއްވީ އެގޮތަށެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރުމަށެވެ. ނަމަވެސް އެކަމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް ޑިސެމްބަރު، 2019 ގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ނިންމީ ސުޕްރީމް ކޯޓުން އޭރު ނިންމި ބައެއް ނިންމުންތަކާ ގުޅިގެންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޮކިޔުން
04 August 2025
ކުރީގެ ކޯޗު އިހްސާން އަބްދުލް ޢަނީ ކަހަލަ މަޑުމައިރި ބޭފުޅެއް.
އާސްތު ޝިހާބު
04 August 2025
އަޅޭ! ކޮންގްރެޓްސް ޣަނީ... މިހާތަނަށް ހައިކޯޓުން ދިމާވި އެންމެ ކޫލް އެންޑް ސްމާޓް ފަނޑިޔާރު، ސުޕްރީމް ކޯޓުގައި ހުއްޓަސް މިކޯޓަށް އަންނަންވާނެ ސައި ފޮދު ހިއްޕަވަން.
×ޒ
04 August 2025
ޖުޑިޝަރީ އެކޭ ފާރޮށި ގަނޑެކޭ އެއްގޮތް. މިފަހަރު ތަންކޮޅެއް ގެރިކިރު މަދީ
ހޮވާކާ
04 August 2025
ތަޢުލީމީ ޤާބިލް މިދާއިރާއިން މޮޅަށް ކިޔަވާފަތިބި މީހުން ތިއްބާ މިފަދަ މަޤާމަކަށް އެންމެ އެކަށީގެންވާ މީގެއްނޫން ޣަނީއަކީ ނަމަވެސް ސަރުކާރުން ބުނިގޮތަކަށް ކަންކަންކޮށްދޭނެ މީހުން ހޮވައިގެން އައްޔަންކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން.
ބަފާބެ
04 August 2025
ދެން ކަލޭ އަންނަންވީނު ކަލޭ ނުކިޔަވާ ހުއްޓަސް ޤަނީ އަކީ މޮޅު މީހެއް
އަހުމަދުއަލޯ
04 August 2025
އެއްދުވަހު ކަނޑާލަފާނެ އަނެއްދުވަހު މަހަށް ގޮސްސަ އައިސް އަނެއްކާ ކޯޓުގަ އިންނަތަން މި ފެންނަނީ. ބޮޑު ޖޯކެއް.
އަޅެ
04 August 2025
މަހަށް ދިއުމަކީ ކަޑަ ކަމެކޭތަ ތިބުނައްނޫ؟