މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މިރޭ ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
08 މެއި 2025 - 23:00
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ އަމިއްލަ އަށް ނޫން ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
އިތުރު ފަރުވާ އަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފެންޓެނޯއީގެ އަށް ދިޔައީ އެ ރޭ ޔުމްނުއާ އެކު އުޅުނު ގުރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށާއި އެކުގައި ރައުދުގެ އިތުރުން ހަތަރު މީހަކު ވެސް ދިޔަ ކަމަށް ޔުމްނު ބުނި ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނުގެ ދައްތަ ބުނީ އެ ރޭ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރި އެވެ.
ޔުމްނުގެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ މިރޭ ފާޑުކިޔެވެ. އަދި ފުލުހުން ވެސް އާއިލާއާ ސުވާލު ނުކުރާތީ ޔުމްނުގެ ދައްތަ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
"ކޮމިޝަނުން އަޅުގަނޑަށް މިއަދު ފެނުނު އެއްޗަކީ ޕޯޓަލް ތައްޔާރު ކޮށްފައި އިން ތަން. އެއީ ތޯ މައްސަލަ ބަލާ ގޮތް ކޮމިޝަނުން. ޕޯޓަލްއަކުން ރެންޑަމް މީހުން ފޮނުވަން މި ޖެހެނީ އިންފޮމޭޝަން. އެއީ ތޯ މައްސަލަ ބަލަން ބޭނުންވާ ގޮތަކީ؟ ފުލުހުން ކީއްވެގެންތޯ ޔުމްނުގެ ސްޓޭޓްމަންޓު ނުނަގައި ހުރިހާ އެއްޗެއް ޕަބްލިކް ކުރަނީ؟،" އާއިލާގެ ފަރާތުން ޔުމްނުގެ ދައްތަ ސުވާލުތައް އުފެއްދި އެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފައިވާއިރު އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
10 May 2025
މަށަކަށް ތިޔައިން އެއްބްއެއްގެ ވާހަކަވެސް ޤަބޫލެއް ނުކުރެވޭ ޔުމްނާއެއް ރައުދެއް ޕޮލިހެއް ޖެންޒީ ގްރަުޕެއް އަދި އިދިކޮޅު ޕާޓީތަކާއި ޑރ. މުނައްވަރު ކޮމިޝަނަކަށްވެސް ތިކަން ހިނގިގޮތެއް ނޭނގޭ. ފުރަތަމަ ތިކަމުގެ ބައިވެރިންތިބީ މަސްތުވެގެން ދެންކިހިނެއް އެމީހުންނަށް އެކުރެވުނުކަމެއް އެނގޭނީ.
ފައްޒަ
10 May 2025
މަސްތުގަ ހުރި މީހަކަށް އަމިއްލަ އަކަށް ފުންމައެއް ނުލެވޭ އެކަމަކު މަސްތުވެގެން ނުވަ ވަނަ ބުރިން ވެއްޓުނު މީހަކު ވީ ހުރިހާ ކަމެއް ހަނދާން އެބަ ހުރި. ހައު އިސް ދެޓް ޕޮސިބަލް؟
ބުންބެރު
09 May 2025
އެމީހަކު ގަބޫލުކުރާ ގޮތަކީ އެއީ އިންސާފުކަމަށް ގަބޫލުކުރާ ބަޔަކު ކިހިނެއްބާ އެހެން މީހަކަށް އިންސާފު ހޯދާދޭނީ،، ހެއްކެއްނެތި، ބަޔަކު ކުށްވެރިކުރުމަކީ އިންސާފުނަމަ، އެކަހަލަ އިންސާފު ނުލިބުނިއްޔާ ރަގަޅުވާނީ، މުޒާހަރާއަށް ބިރުން ބަޔަކު ހައްޔަރުކުރަންޖެހެންޏާ ކިހިނެއްބާ އިންސާފުވެރިވާނީ، ރައްޔިތުންގެ ތެރެއިން ބަޔަކު އެދޭގޮތަކީ އިންސާފަަށް ނުވަތަ ހަގީގަތަށްވެސް ނުވެދާނެ،
ދަ ރޮޔަލް 30
10 May 2025
ޔައްސާރު ހައްޔަރު ކޮއްފާނެތީ ހާދަ ވަރަކަށް ތި ތެޅެނީ؟
އޮނަރަބްލް އަފީފު ދީދީ
09 May 2025
އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ޔުމްނު އާއި އެކުގައި "މަސްތުޕާޓީ" ބޭއްވުމުގައި ރައުދުގެ އިތުރުން ގ.ނޯތުބުރީޒް އާއިޝަތު ލަޔާލީ އިގުބާލު، މ.ތިލަފަޅު އާމިނަތު ޖުނެއިނާ ޖަމްޝީދު، ހ. މީނާޒު ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އަދި މއ. މާންދޫގެދެކުނުގެ، އިޒުދިޔާން މުހައްމަދު މައުމޫން އާއި ހަމަ އެގޭ ޔޫސުފް އަހުމަދު އަކްރަމް ހިމެނޭ މީގެތެރޭގައިތިބި ގިނަމީހުންނަކީ ކ.މާލޭގެ ބޮޑެތި އާއިލާތަކުގެ މީހުންކަމަށްވުމުންތޯ މައްސަލައިގެ ތަޙްޤީގަށްވެސް އޭގެއަސަރު ކުރަނީ؟
އޮނަރަބްލް އަފީފު ދީދީ
09 May 2025
ސުވާލުކުރުމުގެ ފުރުސަތުނުލިބިގެންތޯ މަތީގައިދެންނެވި މީހުންގެ ތެރޭގައިހިމެނޭ ތިރަށު ބޮޑުންވެ އާއިލާތަކަށް ނިސްބަތްވާ 3 ފިރިހެނުން ކަމަށްވާ ހ.މީނާޒު ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، (އެމްބެސެޑަރ ހާލާ ޙަމީދުގެ ދަރިއެއް) އަދި މއ. މާންދޫގެދެކުނުގެ، އިޒުދިޔާން މުހައްމަދު މައުމޫން އާއި ހަމަ އެގޭ ޔޫސުފް އަހުމަދު އަކްރަމް (ވަޒީރު އަމީނަށް ބޮޑުބޭބެ ކިޔާ 2 މީހުން) އަދިވެސްތިބީ މިނިވަނުންގެ ގޮތުގައި ދޫކޮށްފައި ކޮބާ މިމީހުން ދޫކޮށްފަ ތިބެންޖެހޭ ސަބަބަކީ؟!
ކާފު މާލެ
09 May 2025
ތިޔާ ސޮރުގެ މަންމަ އެއީ ހުރީ ސަރުކާރަކަށް ބަލަދު އަރާ މީހެއް. މިސަރުކާރުގެ ވެސް މަތީ މަގާމެއްގައި ހުރީ. އެޗްއާރުސިއެމް ނައިބު ރައީސް އަކީ ތިސޮރު ފަހަރި.
ޔއސރ
09 May 2025
އަދިވެސް މިފެންނަނީ 30 އަހަރުން ގައުމު ސަލާމަތް ނުވާތަން. އެ ހާންދާނުގެ ދިފާ އާހިމާޔަތުގައި ސަލާމަތީ ބާރުތައް.
ކްރޫ
09 May 2025
ޔައްސާރޭ ބުނި ހިސާބުން ކޮމެންޓު ސެކުޝަނަށް ހުރިހާ ވަރެއް. އެކަކު ފުލުފުލުން އެކި ނަންނަމުގައި ކޮމެންޓުކޮށް ލައިކު ދީފަ. ތިހެން އުޅޭތީ މާބޮޑަށް ވެސް ޝައްކު ވޭ އެބަ އެސޮރުގެ ދައުރު ޔުމްނުގެ ކަންތަކުގައި އޮތް ހިސާބާ މެދު.
ދޮހޮއްތުބެ
09 May 2025
ގައިގެ ތަނެއް މަށާލާފަ ނޫނީ ގަދަކަމުން އެ ކުޑަދޮރުން މީހަކު ކޮއްޕާ ވައްޓައެއް ނުލެވޭނެ
ރޯނު އެދުރާ
09 May 2025
ކަލޭ ދާން ވީނު ތަހުގީގު ކޮމިޝަނަށް؟ މާ ބޮޑަށް ވިއްޔަ ތިޔަ އެގެނީ
ފުލްސްޓޮޕް
09 May 2025
މަސްތު ވިޔަސް އެހެން ކަމެއް ވިޔަސް މީހަކު މަރަށް ދޫކޮއްލާފަ ފިލާކަށް ނުޖެހޭ.
ފަރީނާ
09 May 2025
ތިކަން ދެނެހުރިމީހާވެސް ހުރީ މަސްތުގަ … އިބްރަތެއް
ކޮބން
09 May 2025
ކާކު ފިލީ؟ އަނެއްކާ އަނެއް ވާހަކަ ތިފެށީޔޯ؟