ރައުދު: އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައި
10 މެއި 2025 - 16:36
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
މިއީ ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު ރައުދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.
ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފަ އެވެ. އުމުރުން 21 އަހަރުގެ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ އުނދަގޫ ސާޖަރީ ކޮށްފައިވާ ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިކުރި ކުކުޅު
11 May 2025
މި ޕާޓޭޔަށް ކީއްވެތަ ވާނުވާ ނުޖެހިގެން މި އުޅެނީ؟
އަބީން
11 May 2025
ތޮ ސޮރު ސަލާމަތްވާނެ. މިއީ ރާ ބޮއެ ޒިނޭ ކުރިއަސް ސަލާމަތްވާ ޒަމާނެއް. އަދި މީހެއްގެ މަރު ތުހުމަތުވިޔަސް ނުލާހިކު އަރާމުގަ ލޯންޗުކޮޅުގަ ކޯޓަށްވެސް ހާޒިރުވަނީ. އަދި ކޮބާ ޖަލުން ލިބޭނެ އެހެނިހެން ހިދުމަތްތައް.
ޑެތެ
11 May 2025
ފުލުހުންގެ އިހުމާލު ކިޔާވަރަށްވުރެ ބޮޑަށް މުއައްސަސާ ބޭޒާރުވެއްޖެ. ފުލުހުން ދޮގު ހެދުމާ އޮޅުވާލާފަ ވާކަން އެއޮތީ ފޮޓޯތަކުން ފެންނަންދޯ. ތަޙްޤީޤު ކުރުމުގައި ދޮގުހަދާފައި ވާކަން އެއޮތީ އެނގިފައި
ފަރަންޖީ
10 May 2025
ރައުދު މިހާރު ބަނދުގައި ތިބަހައްޓަނީ އޭނަގެ ސަލާމަތަށާ އާންމުންނަށް ކަމެއް ކުރާކަން ދައްކަން. އޭނާ މިހާރު ފުލުހުންނަށް ދޭނެ އިތުރު މައުލޫމާތެއް ނޯންނާނެ.
ނުހުއްޓުވޭނެ
10 May 2025
މުއްދަތުޖެހީ ގެއަށް ބަދަލުކުރަންތޯ. ޖަލަށްލާން ޖެހޭނީ..ކާކަަށް އޮޅުވާލަން މިއުޅެނީ
މަހަށްދޭދޭބަލަ
10 May 2025
މުއިއްޒު ހީނުކުރައްޗޭ ފެންލައިޓް މަައްސަލަ އޮތްބާ ލެވޭނެ ކަމަށް އެކަން ހަނދާސ ން ނައްތާލަން ޖެހޭނީ މުއިއްޒު ވެސް އަދި އައްޑޫ އިހްސާން ވެސް މީފުރަ މާލޭގައި ހިނގި ކަމަކަށްވާތީވެ މިކަން ދުލެއް ނުދޭނެއޭ މިކަމާއި ހިފާ ޒުވާނުން އެއީ ޔަގީން ކަމެކޭ މިކަން ނިމޭއިރު ފެންލައިޓް މައްސަލަ ރީއްޗަށް ފަޅާ އަރާ ތަމެން އޮރިޔާން ވާނެއޭ އަދި ފެންލައިޓް ސަރުކާރު ޖެހޭނީ ކުޑަކަކޫ ޖަހަން މާލޭގައި މުޒާހަރާ ކުރާ ޒުވާނުންގެ ކުރިމަތީގައި ފެންލައިޓޭ މެން ޖެހޭނީ މަހަށްދާން
ޢެޑްމުންޑޯ
10 May 2025
ކޮންމެ 5 ދުވަހަކުން ތިބަންދު ޖެހުމުގެ ބަދަލުގައި 30 ދުވަސް ޖެހިއްޔާ ވާނީ ކީއްތަ
ހައްޖަ.
10 May 2025
މުއްދަތު ޖަހާލަ ޖަހާލާ ތިބޭ.ތިޔޮތީ އިންސާފު ލިބިފަ.ކޮބާ އެހެން ކުދިން .؟ އަބަދު މިދެކުދިންގެ ފޮޓޯ ދައްކަ ދައްކާ.
ކޮރަލް
10 May 2025
ތާރީހަށް ބަލާ އިރު ، ބަންދުގެ މުއްދަތު ޖެހުމަކީ މީހާ އަށް ރައްކާތެރިކަން ލިބިފަ މިނިވަން ވާ ކަމެކެވެ . ބޮޑެތި ބައެއް ކުއްވެރީން ވެސް މުއްދަތު ޖަހަމަން ޖަހަމުން ގޮސް މިނިވަން ވެ އެވެ . މިފަހަރު ވާ ގޮތެއް އެނގިދާނެ އެވެ .
ތަމެންދޯ
10 May 2025
ކުރީގައި 10 ދުވަސް މިހާރު 5 ދުވަސް ދެން 2 ދުވަސް ދެން ދޫކޮށްލާނީ އެއީ ފުލުހުން ގަންނަ ގަނޑަކީދޯ
އިނބަ
10 May 2025
ފުލުހުން ޖަހާ އެއްޗެއްތަ ބަންދަކީ؟