މާލެއިން ފުރައިގެން ދޯންޏެއް ދަނީ، ގަޑިއަކު 19 މޭލާއި 24 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑު ވަރަށް ގަދަވާނެ -- ފޮޓޯ: ނިޝަން އަލީ | މިހާރު
12 މެއި 2025 - 13:34
މުޅި ރާއްޖެ އަށް މިއަދު ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައި ވަނީ އިއްޔެ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވިއްސާރަ ކުރާނެ ކަމަށާއި އަދި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިއްސާރަވެ، ކަނޑުތައް ގަދަވާނެތީ މެޓުން ވަނީ މުޅި ރާއްޖެއަށް މިއަދު މެންދުރު 1:15 އިން އިރުއޮއްސި 6:15 އަށް ވައިޓް އެލާޓް ނެރެފަ އެވެ.
ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަނޑިއަ
12 May 2025
ދިވެހި މެޓުން ތިކުރާ ފޯކަސްޓެއް މިހާރަކަށް އައިސް ދިމަލެއް ނުވޭ، ގަދައަށް ވިއްސާރަ ކުރާނޭ ބުނާ ދުވަސްދުވަހު މާކަ ބޮޑުވަރެއް ނުވޭ. އަނެއްކާ ފޯކާސްޓްތައް ސިޔާސީ ވީބާ؟