ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ބައިވެރިވަނީ.--
13 މެއި 2025 - 18:38
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު އިސްވެ ހުރެ، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ވެސް ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ލިބިފައި ވަނީ މާޗް 20 ވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު މައްސަލަ ބަލަން ފެށި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރެއިޑް އޮޕަރޭޝަން ހިންގީ މާޗް 12 ވަނަ ދުވަހު ކަމަށެވެ.
މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހިންގި އެ ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށް އަޒްމަތު ވިދާޅުވި އެވެ.
ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކަކު އަތުން ފެނުނު ފައިސާ އޭގެ އަނެއް ދުވަހުގެ ރޭ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއަށްފަހު ސައްހަ ނޫން ސިޓީއެއް ހަދައި އެ ސިޓީއާ ގުޅިގެން ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެން ބިދޭސީ މީހާ ދޫކޮށްލި ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި ސިޓީ އިމިގްރޭޝަނަށް ލިބުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސިޓީއާ ހަވާލާދީ ބިދޭސީ ފަރާތް ދޫކޮށްލުމުގެ މަސައްކަތް އާޖެންޓް ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދިޔުމަށް އޭރުގެ ކޮންޓްރޯލާ ޖެނެރަޕް ޝަމްއާން އެންޑޯޒްކޮށް، ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާފައިވޭ،" އަޒްމަތު ވިދާޅުވި އެވެ.
"އަދި ސްޕޮންސަރުގެ ނަމުގައި ހުށަހަޅާފައިވާ ސިޓީގައި ބިދޭސީ މީހާއާ ހަވާލުވުމަށް ދާނެކަމަށް ބަޔާންކޮށްފައިވާ ފޯނު ނަމްބަރަށް ގުޅުމުން އޭނާއާ ހަވާލުވުމަށް ބިދޭސީ މީހާއާ ހަވާލުވީ ސަހެޝަން [ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔަ އިމިގްރޭޝަން ތިން މުވައްޒަފުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަހްމަދަށް ބޮޑު ބޭބެ ކިޔާ މީހެއް]."
އެ ބިދޭސީ މީހާ ދޫކޮށްލުމަށް ހުށަހެޅި ސިޓިއަކީ އެ ބިދޭސީ މީހާ ގެނައި ސްޕޮންސަރު މީހާގެ ފަރާތުން ހުށަހެޅި ސިޓީއެއް ނޫންކަމަށާއި ސްޕޮންސަރަކަށް ނޭނގި އުފައްދާފައިވާ ސައްހަ ނޫން ލިޔުމެއްކަން ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ރެއިޑް އޮޕަރޭޝަނަކީ އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހިންގާފައިވާ ރެއިޑެއް ކަމަށް ވެސް އަޒްމަތް ވިދާޅުވި އެވެ.
"އެ ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެފަދަ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އޮންނަ ރިސްކް މެނޭޖްމެންޓް ސިސްޓަމް އަދި އެންފޯސްމެންޓް އެންޑް ކޮމްޕްލެއިންސްއިން އުފައްދާ ޓާސްކް ފޯސްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ނޫން. މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މަސްއޫލިއްޔަތު ލިބިފައިވާ މުވައްޒަފުންތަކެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
އެ ރެއިޑު ކުރިއަށް ގެންދިޔައީ ޝަމްއާނާއެކު ހައްޔަރުކުރި އިބްރާހިމް އަހްމަދާއި އަހްމަދު ލައްސާނުގެ އިތުރުން މުހައްމަދު އަލްސަން އިސްމާއީލް ކަމަށް ފުލުހުން ބުންޏެވެ. އެއީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި މިހާތަނަށް ހަ މީހުން ހައްުޔަރު ކޮށްފައިވެ އެވެ. އެއީ އިމިގްރޭޝަންގެ ފަސް މުވައްޒަފުންނާއި ބިދޭސީއެކެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މައްސަލަ މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯބަލް
14 May 2025
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނޭގެނީތޯ ހުރިހާ ލިޔެކިޔުން ހަމައަށް ހުއްޓަސް ބިދޭސީންނަށް ގަވާއިދާ ޚިލާފަށް މަސައްކަތް ކުރެވިދާނެކަން، މިސާލަކަށް ބުނާނަމަ، ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެސްފަ ހުންނަ ލޭބަރވެސް ހަމައަށް ވިސާފީ ދައްކަންޏާ އޭނާގެ ހުރިހާ ލިޔެކިޔުން ހަމަވާނެ، ނަމަވެސް އޭނައަށް ގެސްޓްހައުސްއެއް ނުހިންގޭނެ ގަވާއިދާ އެއްގޮތަށް، ފުލުހުން ލިޔެކިޔުން ހަމައަށް ހުރި މީހުން ހައްޔަރުކުރިއޭ ބުނީމަ ހީވޭ މިހާރު ހަމަ ރަގަޅަށްވެސް ފްރޭމްކުރީހެން،
ދުވާފަރު ދަންޑެހެލު
13 May 2025
ޝަމްއާންނެއްނެތް ދުވާފަރު ރެެއިޑްގައެއް، ދުވާފަރު ރެއިޑްގަ ވެސް ހަމަ ބަރާބަރަށް ލިޔެކިއުން ހުރި ހުރިހާ ފީއެއްދައްކާފަހުރި މީހުންވެސް ބަންދުކުރި، އަދިވެސް ދޫނުކޮށްލާ، އާދައިގެ ރައްޔިތުމީހާ ސިޔާސީ ގޮތުން ބާރުވެރިކަމެއް ނެތްމީހާ އަށް ބޭނުންގޮތެެެއް، މިގަމުގަ ގަވަދާހިލާފަށް ބޮޑެތި ވިޔާފަރި ކުރާ ބިދޭސީން އަދިވެސް ހަމަޖެހިލާފަ ބޭނުންގޮތަށް އެެއުޅެނި،
އޮނަރަބްލް އަފީފު ދީދީ
13 May 2025
އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް އުޅޭ ބިދޭސިންގެތެރެއިން %90 އަކީ ބަންގާޅު މީހުން. އެހެން ކަމުން އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ އަދި ލަންކާ ނޫން އެހެން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތް ހަދާކަށް އަދިވެސް ނުވޭތޯ؟
އޮނަރަބްލް އަފީފު ދީދީ
13 May 2025
ބަންގްލަދޭޝް އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް އެޑްވާންސް ވީސާނެތި ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ޤައުމަކަށް ނުދެވޭއިރު ސާކް ޤައުމުތައްކަމަށްވާ އިންޑިޔާ، ސްރީލަންކާ، ޕާކިސްތާން، އަފުޤާނިސްތާނު ފަދަ ޤައުމުތަކަށްވެސް ނުދެވޭ. އެކަމަކު އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ބަންގްލަދޭޝް އެތައްހާސް މީހުން ރާއްޖޭގައިއުޅެ އަދި ރާއްޖޭގެ ޤާނޫނާއިޙިލާފު ޖަރީމާތައް ހިންގަމުންދާއިރުވެސް މިމީހުނަށް ރާއްޖެނާދެވޭގޮތް ހަދާންނޫޅެނީ މިކަމުގައި ކޮންފައިދާއެއް އޮތީމަތޯ؟!
ކާންބޯން
13 May 2025
މިހާރުގައި ކޮމެންޓްކުރުން ފިޔަވައި، އަފީފްދީދީ އަތުންފައިން އެއްވެސް އިތުރު ކަމެއް ކުރައްވަންތޯއެވެ؟
ކ އަތޮޅު މާލެ
14 May 2025
@ކާންބޯން އަފީފް ދީދީ އަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިނގިރޭސިވިލާތުން މުސާރައަކާއި އިނާޔަތް ލިބިލައްވާ.
ކަޅުހުއްތު
13 May 2025
އަހަރެންގެ ފުރެންޑެއް - ބިދޭސީ މީހާ ދޫނުކުރެވޭނެކަމައް އިމިގްރޭޝަނުން ސިޓީދީފަ އޮއްވާ ބަންދުގާ ހުރި ބޮންދުގެ ރައްޓެހި ބޮންދެއްބުނީ ފަސްދޮޅަސް ހާސް ދީފިކަމައްވަންޏާ ނެރެވޭނެކަމައް. އަދި އެރޭ އޭނާ ނެރުނު. މި ސިޓީތައް ޓުވީޓުވެސް ކުރިން އޭރު އަޅާވެސް ނުލި.
ގަޯ ޕާލު
13 May 2025
ޔުނީފޯރމުގައި އުޅޭ ސަރުކާރުގެ މަގާމުގައި ތިބޭ މީހުން މިހުރިހާ ހަޑިއެއް ގުޅިގެން ކުރަނީ؟ ހަސީނާ ދައްތަ ވެސް ހުރީ މިކަމާއި ކޮސްވެފައި