13 މެއި 2025 - 22:37
ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ އެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 10:30 ހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.
"އެ މީހާގެ ކަނާއަތު އުޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވަނީ ވެފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެ އެވެ.
މިދިޔަ އަހަރު ވަނީ އދ. އަތޮޅުގައި ލޯންޗު ދެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެފަ އެވެ. އެތަނުން އެއް ހާދިސާއެއްގައި މަރުވީ އދ. އަތޮޅު ރިސޯޓެއް ކައިރީ މޫދަށް އެރި އުޅުނު ޓޫރިސްޓެކެވެ. އަދި އެ އަތޮޅުގެ ރަށެއް ކައިރީގައި މޫދަށް އެރި އުޅުނު އެހެން ބިދޭސީއަކު ވެސް ވަނީ ލޯންޗެއްގައި ޖެހި މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
14 May 2025
އެއްވެސް ކަމަކުން އިބުރަތެއް ހާސިލްނުވާމީހުން އެއީ ކޮންބައެއް. މޫދަކީ ރާއްޖޭގެ އަސްލު. މިތަން ތަރުތީބު ނުކުރުމުގެ ވިސްނުމެއްނެތް ރައްޔިތުންތަކެއް . އެކަމަކު ނޭނގޭ އެއްކަމެއްނޯންނާނެ. ދިފާއީ ބާރަށް ގެންނަންވީ ހަތިޔާރާ އޭގެ އަދަދުވެސް އެނގޭނެ.
ކޮރަލް
14 May 2025
ލަނޑާ ނެގުން އެންމެ އަގު ބޮޑު އެއް މަސައްކަތެވެ. މިހާރު އެކަމުގެ ތެރެއަށް ވެސް ބަންގްލަދޭޝް މީހުން ވަނީ އެވެ. ލަނޑާ ނަގަން ކޯޓާ އެއް ދޫ ނުކުރާނެ އެވެ. ކައުންސިލް ތަކުގެ މައްސަލަ އެކެވެ.
ޖައިސާމް
14 May 2025
ކޯޓާ ބަލެހެއްޓޭނެ ހަމައެކެނި ފަރާތަކީ ސަރުކާރު. އެއީ އެކްސްޕޯޓް ކޮންޓްރޯލްތައް ބޭނުން ކޮށްގެން. ލަނޑާ ނަގަނީ ހަމައެކެނި ކައުންސިލްތަކުގެ އިހުތިސާސް ތެރެއިންނެއް ނޫން. ދެނޯ؟
ބަނގާ
14 May 2025
ބަންގާލުއެއްނު .. ދެން އެމީހާނުން އެހެން އެއްވެސް ކަމެއް ކުށްވެރިއެއް ނުވާނެ
ސަހަރޯއޭ
14 May 2025
ތިބާގެ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީތީ ހިތާމަހުރި. ތިގޮތަށް ކަންކުރާ މީހުންގެ ސަބަބުން އަސްލު ތިބުނާ މައްސަލަތައްވެސް މިރާއްޖޭގަ ގިނަވީ. އެއީ ބައެއްގެ ނާޖާއިޒު ފަިއދާ ހޯދާފަ އެއްލާލަން މިޤައުމަށް އެތެރެކޮށްކޮށް ގިނަވި މައްސަލަ.
އެޑްމުންޑޯ
14 May 2025
ތިމީހާގެ އަތް އެއްކޮށްބުރިވެ ވަކިވީބާ ، ވަރަށް ފަހުންވެސް ގެމަނަފުށި ނެރުތެރެއިންވެސް މީހެއްގެ ގައިމަތިން ލޯންޗެއްގޮސްގެން އެމީހާ ޒަޚަމްވި ލެއް ބޮޑުކަމުން ވަގުތުން މަރުވީ ، މީގެ ގޯސްވަނީ ކޮންބައެއްކަމެއް ނޭގެ ، ލޯންޗް ދުއްވާމީހުންކަމެއް ، ފީނާ މީހުންކަމެއް ، ހަމަޔަގީނުން އެގޭކަމަކީ ނެރަކީ ވަދެނުކުމެހަދާ ތަނެއް ، އެތަނަށް ފީނުން އެއީ ނުރައްކަލެއްކަން ،
ހުސެން ސައީދު
14 May 2025
އުޅަނދު ވަދެ ނިކުމެ ހަދާ ތަނަކަށް ފީނުން މަނާ ވާންޖެހޭ.. ބުއްދި ގަބޫލް ކުރާ ގޮތް އެއީ.
ދިއްދޫމީހާ
14 May 2025
ރިސޯޓެއްގެ ނެރު ކައިރީ ފީނުމަކީވެސް މަނާކަމެއް ނޫންބާ؟
ޙަކީމް ތާb
13 May 2025
ސަލާމަތީ ފިޔަވަޅު އަޅަން ވާނެ ފީނާ ނަމަ. ފީނުމުގެ ކުރިން ބޮއި އަޅަން ނޫނީ ދިދަ ނެގިދާނެ.
ފާނަކޮށި
14 May 2025
ރިސޯރޓްއެއްގެ ނެރުކައިރީގައި ފީނުމަކީ މަނާކަމެއްނޫންތޯ...
22222
13 May 2025
ކޮން ޤާނޫނެއް ނެތިގެންތޯ މިކަހަލަ ހާދިސާތައް މިމެދުވެރިވަނީ. ހަޤީޤީ މައްސަލައަކީ ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުން.
ޢާދަނުބެ
13 May 2025
މިރާއްޖޭގައި ކޮންމެކަމެތްވެސް ކުރަނީ ބަޔަކު ފުރާނަ ދިޔައީމަ މިހާރު ލޯންޗު ދޯނި ފަހަރުގަ ހުންނަ ނިވިގޭސަން ލައިޓްތައް ހަރުކޮށްގެން މާލޭ ސަރަހައްދުގަ ދުއްވުމަކީ ވަރަށްނުރަޢްކާތެރި ކަމެއް މާލޭ ސަރަހައްދުގައި އަލިތައްގިނަކަމުން ދޯންޏެއް ލޯންޗެއް އެއްގަމުގަ ހުންނަލައިޓެއްވަކިވާ ވަރެތްނުވޭ އިންޓަނޭސަނަލް ގަވައިދުގެ ލައިޓުތަކުގެ އިތުރުން މާލޭ ސަރަހައްދު ތަކުގައި ދަތުރުކުރާ އުޅަދުފަހަރަށް ނޫކުލައިގެ ލައިޓެއް ހަރުކުރަންވީ އޭރުން ދުރުން އުޅަދު ފެންނާނެ
ބަބޫ
13 May 2025
ބޭރުމީހެއް ރާއްޖޭގެ ކަނޑުން މަސް ނަގައި ލާރި ހޯދުމުގެ ހުއްދަ ދިނީ ކާކު؟ ނެރު މައްޗަށް ފައިބާ އޮތީ ކާކު ބުނެގެން؟
ޖުމާނާއްތަ
14 May 2025
ދިވެެއްސަކަށް ވިޔަސް ނެރުމައްޗަށް ފައިބަންވާނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން.
އެފައިސާ މިފައިސާ
14 May 2025
ބަބޫ! ފުރަތަމަ ހަމްދާރުދީ ފާޅުކޮށްލާފަ ވެސް ތި ލާރިހޯދާ ވާހަކަ ދެއްކިދާނެ ނު؟ އިންސާނެއްގެ އަތޭ އެބުރިވީ.
ރަދީފްއޮފިޝަލް / ނެރު ކައިރީގަ ފީނުން ގޯސް
13 May 2025
އަވަސް ޝިފާއަކަށް އެދެން. ފުރަތަމަ ވެސް މިއޮތޯ ގޯސްވެފަ. 1)ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ