އެ އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުގެ ސްކްރީންޝޮޓެއް.
15 މެއި 2025 - 13:38
ހުޅުމާލޭގައި ތުއްތު ކުއްޖަކު އުރައިގެން މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، ތިން މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކު އުރައިގެން ހުޅުމާލެ ނިރޮޅުމަގުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 9:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާތު ކޮނޑުހުޅު ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މަގު ހުރަސްކުރި އަންހެން މީހާގެ ވާތު އުޅަނބޮށި މަށައިގެން ގޮސްފައިވޭ. އަދި ކުޑަކުއްޖާ ބޯ ދުޅަވެފައިވޭ،" ފުލުހުން ބުންޏެވެ.
އަނިޔާވި ކުޑަކުއްޖާއަކީ އެއް އަހަރާއި 8 މަހުގެ ކުއްޖެކެވެ.
ފުލުހުން ބުނީ އެ ތިން މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުއްޖާ އުރައިގެން އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް، މަގުން ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހެ އެވެ. ސައިކަލުގެ ކުރީ ފުރޮޅު ޖެހެނީ އަންހެން މީހާގެ ފައިގަ އެވެ. އެއާ އެކު، އަންހެން މީހާ ވެއްޓި، އޭނާ އުރައިގެން ހުރި ކުއްޖާގެ ބޯ ބިންމަތީގައި ޖެހެ އެވެ. އަދި ސައިކަލު ދުއްވަން އިން ފިރިހެން މީހާ ވިއްސައިގެން ދާތަން ވެސް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަންތިބޭ
15 May 2025
ސުކޫލުތަކުގައި މިހާރު ކިޔަވަމުންދާ ކުދިންނަށް މިކަހަލަ ކަންކަމާބެހޭ "މާއްދާއެއް" ކިޔަވައިދެން އެބަޖެހޭ ހަމައެއާއެކު ، އެއްގަމު އުޅަދުގެ ޕްރެކްޓިކަލް ޓެސްޓް ދިނުމުގައި ޓްރާންސްޕޯޓުން މިހާރުހަދާފަ އޮންނަ " އަމާ ބުނީމާ ފަރަށްދާ " އުސޫލު ބަދަލުކުރަންޖެހޭ ..
ކޮރަލް
15 May 2025
އެކްސިޑެންޓް ތައް ވ ވ ވ ހިނަ އެވެ. ހިސާބު ތައް ހުރީ ފުލުހުން އަތުގަ އެވެ. ނޫސްވެރީންނަށް މައުލޫމާތު ނުދޭތީ ނޫސްތަކުގަ ނުޖަހަނީ އެވެ. އެކސްިޑެންތޤތައް ވީމަ ތަހުގީގު ކޮށް ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރަން ވީ އެވެ. އަޢްމުން ގެ ފަރާޓުން ހެދޭ ގޯސް އާއްމުންނަށް ހިއްސާ ކުރަން ވީ އެވެ. ތަހުގީގު ކޮށްފައިލް ތައް ފޮރުވަން ވީކީ ނޫނެވެ. އިންސާފް ހޯދަ ދޭން މަސައްކަތް ކުރަން ވީ އެވެ.
ސސސފ
15 May 2025
ފުލުހުންގެ ޒިންމާދާރުކަން ކުޑަވީމަ ސޮސައިޓީ މިހާރު ބައްޓަންވަމުންމިދަނީ އެމީހަކުޖެހުނުގޮތަކަށް ދުއްވާއެއްޗިހި ދުއްވުމާއި ޕާކުކުރުން. ޕާކިން ޒޯންގައި ޖާގަ އޮންނައިރުވެސް މިހާރު ޕާކިންއަށްޖަހާލަނީ ޒޯން އިންނަފަޅިނޫން އަނެއްފަޅީގައި. މިޤައުމު މިހާރުމިދަނީ ފަހަތަށް.! ދިވެހިން ތަރަށްޤީކިޔަނީ ހަމައެކަނި ކޮންކުރީޓަށް!
އާދަނު33
15 May 2025
އެކްސިޑެންޓް ހިނގީ ކަފިހި ހުރަސް މަތިން ކަމެއް ނުވަތަ ނޫން ކަމެއް މިލިޔުން ކިޔާނިމިނުއިރުވެސް ނޭންގުނެވެ.
ހަސަންކަލޯބެއްޔާ
15 May 2025
މިހާދިސާގައި އަނިޔާވި މީހުނަށް ހާއްސޮކޮށް ތުއްތުކުއްޖާއަށް އަވަސްސިފާއެއް ދެއްވާށި. މަގުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދުއްވާމީހުން އަދި ހިގާމީހުންވެސް ވިސްނަންޖެހޭ. ވިސްނުމެއް ފަރުވާލެއްނެތި ދުއްވައިގެން ނުވާނެ. ހަމަ އެގޮތަށް މަގު ހުރަސްކުރަންވެސް ދެފަރާތަށް ބަލާ ވިސްނައިގެން ހުރަސް ކުުރުން ބުއްދިވެރި. ބައެއްފަހަރު ހުރަސްކުރަން އޮންނަ ރޮގުބަރި އެއީ ތިމާގެ ހަތިޔާރެއްކަމަށް ވިސްނި ބެލުމެއްނެތި ކުއްލިއަކަށް ހިގައިގަނޭ. އެއީގޯހެއް!
މިއައު
15 May 2025
ޕޮލިހުންނަށް މައްސަލައަކަށް ވާނީ ޖެހިއްޖެޔާ އެކަނި. މުޅި ހުޅުމާލެ ބަލާބަ ބުރިޖުން ފެށިގެން. ހުސް ފުރާނައަށް ނުރައްކާ ވާ ފަދަ ޓްރެފިކް ވަޔޮލޭޝަންސް. ވެދާނެ އެކަން ކުރަނީ ރޯޔަލް ކަންމަތީ ކުދިން ވީމަ ކަމަށްވެސް. އެހެންވީމަ ނުފެންނާނެތާ.
ފަހި
15 May 2025
ބަލަންވާވަރަށް ނުބަލާ ހުރަސްކުރުން ގޯސް ފަޅުރަށެއް ނަމަ އޯކޭވާނެ ތިޔަގޮތަށް
ކޮމިޔުޓަރ އަދި ޕެޑަސްޓްރިއަން
15 May 2025
ޒިބްރާ ކޮރޮސިންގ އިން ހުރަސް ނުކުރެއޭ ކިޔާފައި ކޮމެންޓްކުރާއިރު މަޖީމަގު އޮލިންޕަހުގެ ހުޅަނގަށް އޮންނަ ކްރޮސިންގ ކައިރީ ހަމަ އެކަނި އެ ކްރޮސިންކައިރީ ވިއްސަކަށް މިނިޓް މަޑުކޮށްލަ ބަލަ! ދުއްވާ އެއްޗެތި ހުސްވެ ނުވަތަ މަދުވެލާއިރަށް ޒިބްރާ ކްރޮސިންމަތިން ހުރަސް ކޮށްކޮށްކޮށް ހުއްޓާ ކުރިމަތިންނާ ފުރަގަހުން ބާރު ސްޕީޑްގައި އެހެރަ ދުއްވާ ޚާއްސަކޮށް ސައިކަލު ދެކިބަލަ! ބަލައެއް ނުލާނެ! ވަރަށް ފާހަގަކުރެވޭ މިހާރު ބަންގާޅީންނާއި އެކި ޑެލިވަރީގައި އުޅޭ ބޭރު މީހުން! ދެން ހުޅުމާލޭ ބްރިޖްއަކީ އަނެއްކަންތައް! 4 ފުރޮޅުލީ، ޚާއްސަކޮށް ޕްރައިވެޓް ކާރު ކިހިނެތް އެހެރަ ބަލާ ނުލާ 2 ފުރޮޅުލީ އެއްޗެތީ ލޭނުތަކަށް އަރާއިރު! މޭގަނޑު ހީވަނީ އަނގަޔަށް އަތުވެދާނެހެން!
ގަވާއިދުތައް
15 May 2025
ރާއްޖޭގައި މަގު ހުރަސްކިރުމަށް ދުވާރު ހެދުމަކީ ބޭކާރުކަމެއް. ނިރޮޅުމަގުގައިވެސް މީހުން މަގު ހުރަސްކިރަނީ ހަމަ ޖެހުނު ދިމާލަކުން. 5 ފޫޓް ދުރުގައި ދުވާރު އޮތަސް ހަމަ ހުރިދިމާކުން މަގު ހުރަސްކޮށްލާ ސަގާފަތެއް އޮންނަނީ.
ކަފިހުރަސް
15 May 2025
މަގުހުރަސްކުރާތަނަކުން ހުރަސްކުރަން މަޑުކޮށްގެން ގިނައިރުހުންނަން ޖެހުނަސް ދުއްވާ ގިނަމީހުން ބޭނުމެއްމނުވޭ ހުރަސްކުރާމީހާއަށް ޖާގަދޭކަށް، އަދި ކަފިހުރަސް މަތިން ހުރަސްކުރާއިރު މީހާގެ ދެފަރާތުން ވެސް ވޫސް.. ވޫސް..... ލާފަ ދާނެ!! ދުއްވާމީހުން އެބަޖެހޭ މަގުހުރަސްކުރާމީހުންނަށް ޖާގަދޭން، އަދި ހުރަސްކުރާމީހުންވެސް ބަލަންޖެހޭނެ...