ބޯކޮށް ވާރޭވެހި ފ. ނިލަންދޫގައި ފެން ބޮޑުވެފައި -
17 މެއި 2025 - 16:30
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.
މެޓުން މިއަދު ބުނީ، ކުރިއަށް އޮތް ތިން ދުވަހު ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
އެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އެ އަތޮޅުތަކަށް ހުޅަނގު މޫސުން ލަހުން ފެށުމުންނެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި، އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.
ނިމިދިޔަ ހަފްތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބޭ..
19 May 2025
ރައްކާވެ ތިބިއްޔާ ދަތުރެވެ.. މެޓް އޮފީހުން އެދޭ ލަފާކުރާ ގޮތަށް ބަލައިގެން ރައްކާނުވެ ހުރެ ގެެއްލުމެއް ލިބިގެން އެމިހުންނަކަށް ދެރައެއް ނުވާނެ..
ލ.އަތޮޅު
18 May 2025
ދޭތެރެއަކުން ވިލާގަނޑެއް އައިއްސަ ވާރޭފޮދެއް ވެހިދާނެ.. އަނެއްހެން ވިއްސާރައެއްނޫން.. ކޮޅިގަނޑުގަ ގަދަވާނީ އެހެންނޫނީ ނޯރމަލް....މެޓްއޮފީހުން ތިވާހަކައެއްކިޔާތާ މިވީ 4 ދުވަސް ނަމަވެސް މިކޮޅުގެ މޫސުން އަދިވެސް ނޯރމަލް.... ފެނޭ ފަރާތްފަރާތުން ގަދަ ކޮޅިގަނޑު...
ވެންގަބޯ
17 May 2025
ގުދުރަތީ ގޮތުން ވާކަންކަން ލަފާކޮށްފައި ވެސް ބުނުން ރަނގަޅު ކަމެއްނޫން އެއްވެސް މީހަކަށް ނޭނގޭނެ ވާންހުނަ ކަންތައްތަކެއްގެ ނޭނގޭނެއެވެ ތިތަނުން ބުނާ އެއްޗަކާ ދިމައެއްނުވޭ ކަލޭމެން ބުނާދުވަ ނުފުރާ ހުރެފަަ ފުރާތަނުން މިލައިގަންނަނީ ކޮޅިގަނޑެއްގައި ގުދުރަތީ ކަންކަން ނޭނގޭނެއެވެ ކަލޯމެންނަކަށް .!!!!!
މުލޭ
17 May 2025
ހުޅަނގު މޫސުން މެދުކެނޑިފައި އަނެއްކާ އަންނަނީތަ. މެޓު އޮފީހުން ބުނާގޮތުން ދޭހަވަނީ ވިއްސާރަ ނުވަންޏާ ހުޅަނގު މޫސުމަކަށް ނުވާކަން. ހުޅަނގު މޫސުމަކީ ތިންހަތަރު ދުވަހަށް އަންނަ މޫސުމަކަށް ވަނީ. ވަރަށް ގިނަ ހުޅަނގު މޫސުން އަހަރު ތެރޭގައި އަންނާނެތާ އެހެންވީމަ.
މެޓް
17 May 2025
ތިހެން މިދިޔަ ހަފްތާވެސް ވިއްސާރަވާނެ ކަމަށް ބުނެގެން އޮފީހުން ޗުއްޓީ ނަގައިގެން މިހުރީ ގޭކައިރި މަގުމަތީ ވެލިބަސްތާ ޖަހަން ތައްޔާރުވެގެން.