ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންގެ ބައްދަލުވުމެއްގައި--
17 މެއި 2025 - 22:17
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އެކަން މިނިސްޓްރީން އިއުލާން ކުރީ މިއަދު އެވެ.
އެ ބަދަލާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯތިތަކުގެ ރެޖިސްޓްރީ ހެދުމަށް ދަތިވެފައި ވަނީ ކުރިން ރަޖިސްޓްރީ ދީފައިވާ މީހުންނަށް ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވާތީ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ހޯދައިދިނުން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފަ އެވެ. މާތްالله ގެ އިރާދަފުޅާއެކު މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފެށޭނެ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅިފަޅު އާ ލޭންޑް ޔޫޒް ޕްލޭން--
ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
"މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
ދެވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ޕްލޭނުގައި، ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާ ނަމަވެސް އެ ގޯތިތައް ދޫކުރަނީ ކިހާ ހިސާބަކުން ކަމެއް ނޭނގެ އެވެ.
އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ވެސް ހިމެނެ އެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމެނެ އެވެ. ނަމަވެސް އެ ޕްލޭންގައި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިތުރުން
18 May 2025
ދެން ޕާރޓީ ސަޕޯޓަރުން ނޫންވީމަ ނުހައްގުން ކަޓުވާލި މީހުންނަށް އޮތީ ކޮންގޮތެއް
ގުދުގުދާބެއްޔާ
18 May 2025
ތިޔަ ތަނުން ގޯތި ދީ ނިމިގެން ވީ އެންމެ އަވަހަކަށް ހުޅުމާލެ ފޭސް 3 ކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކުރުމަށް ވަރަށް އާދޭހާއެކު ދަންނަވަން! ވަރަށް ދިގު އިންތިޒާރެއްގަ މިތިބީ!
ނައުފަލް މުހައްމަދު
18 May 2025
ގޯތިވެސް މިދެނީ ހަމަ ބިން ހިއްކާފަ. ކަޑުން ނުދޭނެ މިސަރުކާރުން. ގޯތި ހަދަން ފައިސާ ލޯންގެ ގޮތުގައި ދޭނެ
މަގާމެއް ހޯދަން މިސަޅިދެއްތޮ؟
18 May 2025
މިސާރުކާރުން ނޫނީ ކަމެއް ކުރަން އެނގުނު ވެރިޔަކު ނެތް، ދެން މީގެކުރިން މިއެރީ ރައީސުންތަ ؟؟؟
ފައުޒޫންް
18 May 2025
މި ގައުމަށް ބޭނުންވަނީ އިހްލާސްތެރި ރައްޔިތުންގެ އަޑުއަހާނެ ވެރިޔެއް. މިކަން މިމަހު ވެގެން ދިއުން އެއީ އަޚުގަނޑަށް ލިބޭނެ ބޮޑު އުފަލެއް.
ރައުޝަންް
18 May 2025
ގޯތީ ދޭތީ ދެން މިކަމާ ބަޔަކު ހިންހަމަ ނުޖެހިގެން މިއުޅެނީ ކީތްވެތަ. މި މީހުންނަށް ނޯވޭ ސަލާމަތެއް. ނުދިނަސް އެހާވަރު ދިނަސް އެހާވަރު.
އިޒްޔާންް
18 May 2025
މިއީ ރައްޔިތުންގެ ރައީސް. އެމަނިކުފާނުގެ ބަހާ އަމަލާ ދިމާވާނެ. އިނދިކޮޅު ފަރާތްތަކަށް ހަޖަމްނުވެގެން މިއުޅެނީ މިފަދަ ކަންކަން.
އަސް
18 May 2025
ވަރަށް ބޮޑަށް ބަހާ އަމަލާ ދިމާ ވާނެ، ތެދު ނޫން ބަހެއް ބުނަން ވެއްޖިއްޔާ ހޭނެތޭނެ.
ޓިނު
18 May 2025
ލޯނެއްދޭނެމީހަކުނުވީތަ.ބިންހިއްކަން
ހަސަންރަހާ
18 May 2025
'ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ'. މިއީ ރަނގަޅު ވާހަކައެއް ނޫނެވެ. ގޯތި ތައް ދީފައިވަނީ ބޮސްކާލިސް އަށް ހިއްކަން ހަވާލުކޮށް ހިއްކަމުން ދިޔަ ސަރަހައްދުންނެވެ. މިސަރުކާރު އައުމަށްފަހު ޕޯޓު ތިލަފުށްތައް ބަދަލުކޮށް އިތުރު ގޯތިތަކެއް ބަދަލު ކުރީއެވެ. އެކަމަކު އެ ފުން ސަރަހައްދު ހިއްކާނެ ފައިސާއެއް ނެތެވެ.
ލލލލލ
18 May 2025
ކުރީ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު ހިއްކި ސަރަހައްދާ ކަނޑުގެ ސަރަހައްދުން އަދި ގިރާވަރު ފަޅުގެ ފުން ފަޅުން ދިން ގޯތި ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިންސާފުވަނީ ގެއްލިފައި. ގޯތި ލިބުމުގެ ޝަރުތުގައިވެސް އިންސާފެއް ނެތް. އަދި ގޯތި ހަވާލު ކުރުމުގައިވެސް އިންސާފެއްނެތް. ހުޅުމާލެ އިން ގޯތި ލިބުނު މީހުން މިހާރު ގޯތި ހަދައިގެންނާ ނުހަދާ ކުއްޔަށް ދީގެން ފައިސާނަގާއިރު، ގިރާވަރުފޅުގެ މީހުންނަށް ގޯތި ލިބޭނެ ދުވަހެއް ނޭނގެ. އަދުލުވެރިކަން ގެއްލިފަ.
ބޭއިންސާފު
18 May 2025
ހެޔޮނުވާނެ. ބަޔަކުމީހުން ލަސްވެގެންއުޅުނަސް ތިގޮތަށްނުދީ ކުރީގެ ޕްލޭނަށް ރުޖޫއަވުމަށްގޮވާލަން.