މުލީގެ އެއާޕޯޓް، ރައީސް ޑރ. މުއިއްޒު ހުޅުއްވައިދެއްވަނީ: އެ ރަށުގައި މިއަދު ވަނީ ރީޖަނަލް ހޮސްޕިޓަލުގެ ބިންގާ ވެސް އަޅުއްވައިދެއްވާފައި. -- ފޮޓޯ | ރައީސް
20 މެއި 2025 - 15:10
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މުލީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުލީ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.
މުލީގައި އަޅަން ހަވާލުކޮށްފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ ހަތަރު ފުލޯގެ އިމާރާތެއްގަ އެވެ.
މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.
މި ރަށު ހޮސްޕިޓަލުގެ އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމީ، މިހާރު ހުރި އިމާރާތް ގިނަ ދުވަސްވެ، ވަރަށް ބޮޑަށް ބާވެފައި ހުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައިޙާން
20 May 2025
ޕްރޮޖެކްޓް ޙަވާލުކުރިތާ އަހަރާކާއި މަހެއްފުރުނު ދުވަހު ޢަމަލީ މަސައްކަތް ފެށުމުން އެކިޔާ ސްޕީޑް އެބަފެނެއެވެ. ޢަމަލާއި ބަހާއި ދިމާވާވަރުވެސް އެބަ ސާބިތުވެއެވެ. މަނިކުފާނަށް މަރުޙަބާއެވެ. އަދި ވެރިކަން ނިމުމުގެ ކުރިން މަސައްކަތްދާގޮތް ބަލަން ވަޑައިގަންނަވަން ވާނެއެވެ. ޕްރޮޖެކްޓް ނިންމަން އިތުރުދައުރެއްދޭން ރައްޔިތުންމިތިބީ ކެތްމަދުވެފައެވެ. ހުރިހާ ބޭފުޅުންވެސް އަތްޖެއްސެވުމަށް ދަންނަވަން.
އަހަރުފަހުން
20 May 2025
ލިޔުމުގައި އޮތީ މަސައްކަތް ހަވާލުކުރީ މިދިޔައަހަރުގެ އޭޕްރީލު މަހުގައޭ. އެހެންވީމާ، އަމަލީ މަސައްކަތް ތިފެށުނީ 1 އަހަރުން.
ފައިސާ
20 May 2025
ޝަމްމު ތަވެސް ހަމަ ހެދިފައޭ ދޯ؟ ކާކާ ކޯންޗެއްދީމަތަ ހަވާލުކުރީ. އަތްކާއްތާނެ ވޮއްގަޑެއް ނެތަސް ޓެބުގަ އިގިލިޖައްސައިގެން އިގިލިކުރިން ތިކަން ވަންޏާވާނެ.