01 ޖޫން 2025 - 15:09
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި 2022 ވަނަ އަހަރުން ފެށިގެން ދިވެހި ބަސް ކިޔަވައިދެމުން އަންނައިރު މިދިޔަ މަހުގެ 14 ވަނަ ދުވަސް ހާއްސަ އެވެ. އެތަނުގައި މިހާރު ދިވެހި ކިޔަވަމުން އަންނަ 22 ދަރިވަރުން ދިވެހި ހެދުމުގައި ތިބެ ދިވެހި ބަހާއި ސަގާފަތަށް އޮތް ލޯބި ދައްކާލި އެވެ.
އެކި ބަސްތަކަށް ހާއްސަކޮށްގެން ހަރަކާތްތައް ބާއްވާ އެ ޔުނިވަސިޓީގައި އޭޝިއާ-އެފްރިކާގެ ތީމަށް ހާއްސަކޮށްގެން ބޭއްވި ހަފުލާގައި އޭޝިއަން ސްޓަޑީޒްގެ ދަރިވަރުން ދިވެހިވަންތަކޮށް ފެނުމުގެ ފަހަތުގައި ހުރީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށް، އޭޝިއަން ސްޓަޑީޒްގެ ފެކަލްޓީގައި ލެކްޗަރާއަކަށް އުޅޭ ޗައިނާގެ ޝޫ ފަންގުފަންގް އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެ ފެކަލްޓީން ހިންގާ އެއް އަހަރުގެ ކޯހުގައި ތިން ގައުމެއްގެ ބަސް އިހުތިޔާރު ކުރެވޭނެ އެވެ. އޭގެ ތެރެއިން 22 ޒުވާނަކު އަންނަނީ ދިވެހި ބަހުން ލިޔެ، ވާހަކަ ދައްކަން ދަސްކުރަމުން ކަމަށް އޭނާ ބުންޏެވެ.
My book has been published as the first textbook of spoken Dhivehi in China. Hopefully more Chinese will get to understand this beautiful language. Appreciate to all my Maldivian friends who have helped me during the writing of this book. pic.twitter.com/DmnEWG3hyn
— Fang fang (@Fangfang21_) January 5, 2024
ފެކަލްޓީން އެންމެ ފަހުން ބޭއްވި ގާލާ ނައިޓްގައި އޭޝިއާގެ އެކި ގައުމުތަކުގެ ސަގާފަތް ދައްކާލުމުގެ ފުރުސަތު އޮތް ނަމަވެސް އެ ދަރިވަރުން ބޭނުންވީ ދިވެހިވަންތަކަން ދައްކާލާށެވެ.
"ރާއްޖެއިން އެނބުރި ދިޔައިރު ގެންދިޔަ ގައުމީ ހެދުންތައް އެއީ،" ފަންގުފަންގު ބުންޏެވެ.
"ޓައިޑްސް އޮފް ރެޒޮނަންސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އަންހެން ކުދިން ތިބީ ބޯވަޅު އެޅި ރަތް ލިބާހުގައި، ފައްޓަރުބައި އަޅައިގެންނެވެ. ފިރިހެން ކުދިން ބޭނުންކުރީ ހުދު ގަމީހާއި ފޭއްޔެވެ.
ފަންގުފަންގު، ގައުމީ ހެދުން ލައިގެން ހުރި އޭނާގެ ދަރިވަރަކާއެކު ފޮޓޯއެއް ނަގަނީ.
"ދިވެހި ބަސް އަދި ދިވެހި ސަގާފަތަށް އެ ޒުވާނުން ވަރަށް ބޮޑަށް ޝައުގުވެރިވޭ،" ފަންގުފަންގު ބުންޏެވެ.
ފަންގުފަންގު ވަނީ ދިވެހި ދަސްކޮށްދިނުމަށް ޗައިނާ ބަސް ހިމެނޭގޮތަށް ފޮތެއް ވެސް ނެރެފަ އެވެ. އޭނާ އުންމީދުކުރަނީ "ރީތި ދިވެހި ބަސް" ގިނަ ދިވެހިންނަށް އެނގި ދަސްވާނެ ވަސީލަތަކަށް އޭނާގެ ފޮތްތައް ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުހިހިޖބޖ
02 June 2025
ވަރަށް ރީތި ޗައިނާ ކުދިން ދިވެހި ލިބާސް ލީމަ.
އާދަން ނަސީރު
01 June 2025
ބަލަ ތީ ގައުމިއްޔަތު ވުޒާރާއިން ކުރާކަމެއްް.މައުލޫމާތަށް މިދަންނަވާލީ.
ހަސަނު
01 June 2025
ޗައިނާ މީހުން ދިވެހި ބަސް ކިޔަވަނީ ކީއްވެބާ؟
ޏާއްކޮ
01 June 2025
ހުރިހާ ކުރިއަރާފަވާ ގައުމުތަކުގަ ކުރާ ކަމެއް. ޔުނިވާސިޓީ ލެވެލްގަ އެކިއެކި ބަސްތަކާ ސަގާފަތްތަކާ ކަލްޗާތައް ދިރާސާކޮށް ކިޔެވުން. ހިއުމަނިޓީސްގަ ކިޔަވާނެ. ޗައިނާ ކުދިން ކިޔެވީމަ ވަކި ގޯސްތަ؟
އެއީ
02 June 2025
ކަލެއާ އަނގަތަޅަންވެގެން
ދިވެހިބަސް
01 June 2025
ދުވަސްކޮޅަކުން ޗައިނާއިން ދިވެހިބަސްކިޔަވާދޭ ޓީޗަރުން ރާއްޖެގެންނަން ނުޖެހިއްޖެއްޔާ ކިތަންމެހާވެސްރަނގަޅު!
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
01 June 2025
"ޗައިނާ ގައި ދިވެހި ބަސް ކިޔަވާ ކުދިން'" މިއީ ރަނގަޅު ގޮތަކީ.
ހިތާމަވެރި
01 June 2025
މީސްމީހުންގެ ނަންމަތީގަ ނޫނަސް ކޮމެންޓުކުރެވިދާނެ.
ކައްޒާބެ
01 June 2025
ހަމަ ދަސްކުރަންވި ހުރިހާ ބަހެއްވެސް،އެމީހެއްގެ ކެޕޭސިޓީ އާއި ކޭޕެބިލިޓީ ހުރިވަރަކުން.،.، މަރުހަބާ
ޗަކޮއި
02 June 2025
100
އަލީ ބަލީ
01 June 2025
ޗައިނާ ގައި ދިވެހިބަސް ކިޔަވައި ދެނީއެވެ. އުފާވެރި ހަބަރެކެވެ. މަލިކު ގެ ސްކޫލް ތަކުގައި ދިވެހި ބަސް ( މަހަލް ބަސް ) ކިޔަވައި ނުދޭން އިންޑިއާ ސަރުކާރުން ނިންމުމުން މަލިކުގެ ރައްޔިތުން މުޒާހަރާ ކުރަނީ އެވެ. ހިތާމަވެރި ހަބަރެކެވެ. ޗައިނާ އައި އިންޑިއާ ގެ ތަފާތަކީ މި އީއެވެ.