ކްރިމިނަލް ކޯޓު: 14 ރުފިޔާގެ ޗޮކްލެޓެއް ވަގަށް ނެގުމުން 15 ދުވަހަށް ވަނީ ބަންދަށް ކޮށްފައި
27 މެއި 2025 - 07:47
މާލޭގެ ރެޑްވޭވް ޕްލާޒާ އިން 14ރ. އަށް ދޭ ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިއްޔެ ރެޑްވޭވް ޕްލާޒާއިން ވައްކަން ކުރި މީހަކު އެތަނުގައި ހިފަހައްޓައި، ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. ފިހާރައިގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އޭނާ ވަނީ ފިހާރައަށް ވަދެ އެތަނުގެ ހަރަކުން 50 ގްރާމްގެ ޗޮކްލެޓެއް ނަގައި އެ ކާލައިގެން ކަރުދާސްގަނޑު ޖީބަށް ލައިފަ އެވެ.
ވަގަށް ނެގި ޗޮކްލެޓަކީ އެންމެ 14ރ. އަށް ދޭ އެއްޗެއް ކަމަށާއި އެކަމާ ގުޅިގެން އޭނާ ގިނަ ދުވަހަށް ބަންދު ނުކުރުމަށް ކޯޓުގައި އެ މީހާ އިއްޔެ އެދިފައިވެ އެވެ.
ނަމަވެސް، ކޯޓުން ބެލިއިރު އުމުރުން 37 އަހަރުގެ އެ މީހާއަކީ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. މި އަހަރުގެ ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެހެންވެ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ކަނޑައަޅައި، ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ދިނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1181
27 May 2025
"ރިހާކުރު ފުޅި ވަގަށް ނެގި މީހާ" ހައްހައްހާ!
ޕެސްޓީ
27 May 2025
ވެރިންގެ ވެރިކަން ތިން ބާރޯ ޖަލު ކުޑަމީ މަގޭ އިން ފާރޯ - ޗޮކުލެޓު ނެގި ސޮރު މިހާރު ކިޔާނީ އެލަވަ.
ޖަންގީ
27 May 2025
ކުރީގެ ނައިބު ރައީސް އަދީބު ބިލިއަން ރުފިޔާ ވައްކަން ކުރީމަވެސް ހުރީ މިނިވަންކޮށް!
ހަލާލު ގޮތުގައި ޗޮކްލެޓް ކައިބަލަ!
27 May 2025
ސައިކަލެއް ފޮހެލަ ދިނަސް ތިވަރުގެ ޗޮކްލެޓެއް ގަންނާނެ ފައިސާ ލިބޭނެ އެވެ.
އަހްމަދް
27 May 2025
ގާނޫނު އަރާ ހަމަކޮށްފަ މިއޮތީ...
އަޒްލީލު
27 May 2025
ޗޮކުލެޓާ ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ބަންދު ދިގުވެފަ ހުކުމް ވެސް ބޮޑު ގައުމެއް މީ މީހުން މަރާ މީހުންނާ، ދައުލަތުގެ ކުންފުނިތަކުން ވައްކަން ކުރާ ވެރިންނާ، ރައްޔިތުންގެ މާލިއްޔަތައް ހިޔާނަތްތެރި ވާ މީހުންނަށް ވުރެ. ސަދޫމް ވެސް ލަދުން އިސްޖަހާނެ މިތަނުގެ ތަންފީޒީ އިދާރާތަކާ ޖުޑީޝަރީގެ ފުރިހަމަ ކަމާ ނަޒާހަތްތެރިކަން ފެނިފަ
އުންސުރު
27 May 2025
އާދެ އާދެ. މިތަނުގަ ތަހުގީގުގައިވެސް މަތީ ބޭބޭފުޅުންނަ ގޭންގު ބޭފުޅުންގެ މައްސަލަތަކުގެ އުންސުރު ހަމައެއް ނުވާނެ
ތުނިޔަ
27 May 2025
ސަދޫމް ކީތްކުރަން! އިބިލީސްވެސް ކޮސްވެ ބްރާންތިވެފަ!
ރިއަލިޓި
27 May 2025
14 ރުފިޔާގެ ޗޮކްލެޓް ވަގަށް ނެގި މީހާ މައްސަލައިގައި ބުން ވެގެން ދިވެހިން މިތާ ކޮމެންޓު ކުރާ ވަރަށް ވުރެ ގިނައިން ދައުލަތުން މިލިއަނުން ބިލިއަނުން ޓައި އަޅައިގެން ތިބެ ވައްކަން ކުރާ މީހުން ދޫވެފަ ބޮޑެތި މަގާމުތަކުގައި ތިބޭތީ ކޮމެންޓެއް ނުކުރޭ. މިގައުމު ރަނގަޅު ނުވާނެ ކަން އެފެންނަނީ!!!
ބޮޓް 0.0
27 May 2025
އެއީ ސަރުކާރު ބޮޓުން ސިޔާސީން ހިންގާ ޖަރީމާއިން ފޯކަސް ދުއްވާލަން ކުރާ ކޮމެންޓު
ލަސް
27 May 2025
3 ބިލިއަން ރުފިޔާ ދައުލަތުން ވަގަށް ނެގި މީހުން ގޭގަ، ޔުރަޕްގަ.
ޑިޑީ.
27 May 2025
އާޗާ...ކޮންފަދަ ދިވެހިވަންތަ ނިންމެވުމެއް.
ޖިމީ ކާޓަރ
27 May 2025
ވަރަށް ބޮޑު އަނިޔާއެއްތީ.. 1 ރުފިޔާއަށްޓަކައި 25 ގަޑިިއިރު ޖަލުގައި ތިބާއްވަނީ.. މިލިއަނުން ވައްކަންކުރާ މީހަކަށް ތިރޭޓުން ޗާޖްކުރާނަމަ ހާދަ ދުވަހެއް ވާނެޔޭ..