ރައީސް އޮފީސް ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި ހެދި ނޫސްވެރިންގެ ފެންޑާ ރަސްމީކޮށް ހުޅުވުމަށް ފަހު ނޫސްވެރިން، ރައީސް އާއެކު ފޮޓޯއެއްގައި -- ފޮޓޯ: ރައީސް އޮފީސް
29 މެއި 2025 - 16:15
ރައީސް އޮފީހުގެ ކުރިމަތީގައި ހަދާފައިވާ "މީޑިއާ ފެންޑާ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
ނޫސްވެރިންނަށް ތިބެވޭ ގޮތަށް މީޑިއާ ފެންޑާގެ ނަމުގައި ތަނެއް ހަދާފައިވަނީ ރައީސް އޮފީހަށް ވަނުމަށް އާންމުކޮށް ބޭނުން ކުރާ ދެކުނު ފަރާތު ދޮރާށީގެ ކުރިމަތީގައި އޮތް ހުސްބިމުގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ތަން ހުޅުވުމުގެ މަގުސަދަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ މައުލޫމާތު ރަސްމީ ގަޑީގައި ނޫސްވެރިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
ރަސްމީ ގަޑީގައި އެކަނި ފެންޑާ ހުޅުވާފައި ހުރި ނަމަވެސް ނޫސްވެރިންގެ ބޭނުންވެއްޖެ ނަމަ ރަސްމީ މަސައްކަތު ދުވަހަކަށް ނުވިއެއް ކަމަކު 24 ގަޑިއިރު އެ ތަން ބޭނުން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީޑިއާ ފެންޑާ، ރައީސް ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ދަށުން ހިންގާ ފެންޑާ އަށް ވަދެވެނީ އެ ކަމަށް ހާއްސަ ހުއްދަ އޮންނަ ނޫސްވެރިންނަށް އެކަންޏެވެ. އެ ފާސް ދޫކުރަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ.
އެކަމަކު، މިއީ ގްރީން ޒޯން ކަމަށް ވާތީ ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް އެތަނަށް ހިނގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާލު
31 May 2025
އަސްވާޑު ހާދަ ފެނޭ އެބަ. ކޮބާތަ ޔޫތު އެވޯޑު 2024؟
އަބްޑޫޅް +
31 May 2025
ތިޔަ ފެންޑާ އިން ފެން ދަނީ، ޗަކަވަޅަށް ދޯ؟
ދުންދަނޑި
30 May 2025
ހަރަދުބޮޑުކޮށް މާކަރާޓީނުވެ ތިތާގަ ޖޯލިފައްޗެއް ބޭންދިއަސް ރަށުގެ ކާރިގޭގޭގަ އުޅޭ ނޫސްވެރިކަން ކުރާ މީހުނަށް ގޮސް ތިބެވިދާނެ. މާ ކަންތައްގަނޑު ބޮޑުކުރަނީ ތިޔާ.
އ އަހްމަދު
29 May 2025
މިކަމަށް ޓެކްސްފައިސާއިން ކިހާވަރެއްޚަރަދުވިތޯ؟
ގުދުގުދާބެއްޔާ
29 May 2025
މަހީކުރީ ފެންޑާ ގިޓައެއް އިސްތިހާރު ކުރީ ކަމަށް!
ހުރަވީ
29 May 2025
ބައްލަވަ! މިހާރުވެސް ތިޔަ ތިއްބެވީ މަޑުކުރުން މަނާތަނެއްގައި ފައިންޕުތައް ބަހައްޓަވައިގެންނޭ!
އަބްޑޫޅް +
31 May 2025
"ފައިންޕުތައް" އެއީ ކޮން އެއްޗެއް؟
ޔަގީނެއް ނޫން
29 May 2025
ތެދެއް ހަދާނެ އެކަކު ތިތާ ހުއްޓަސް އެވީ.
އެންމެން ހެޕީ
29 May 2025
ނޫސް ވެރިން ކުރާ ކަންތައް ކުޑަދޮރުން ބަލަން ތިޔަ އުޅެނީ
އަޒާން އައްޑޫ
29 May 2025
ތީދެން ކޮންކަމެއް.. މުޅިން ވެސް ކުރަނީ ތިކަހަލަ ތާކުންތާކު ނުޖެހޭ ކަންތައް. ތިތަނުން ނޫސްވެރިންނަށް ވާނެ ފައިދާ އެއް ލިބޭނެ އިތުރު މައުލޫމާތެއް ނިކަން ބުނެބަލަ. މިއުޅެނީ ސަރުކާރު އޮފީހަށް މައުލޫމާތު ހޯދަން ހުށަހަޅައިގެން ވެސް ނުލިބިގެން.
ލަޔަންސް އޮފް ސަރުބީ
29 May 2025
ބޯޅަދަނޑުގެ ސިޑިބަރިހެން މިތަން މިހެދީ ރައީސް އޮފީހަށް ވަދެ ނިކުންނަ މީހުން ބަލަން ނޫސްވެރިން ތިބުމަށްތޯ؟