02 ޖޫން 2025 - 18:00
ކުއްލި ފަރުވާގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗުން އިސްނަގައިގެން ބޭއްވި ފެއާގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް ހުޅުމާލޭ ރުއްގަނޑު އެކެއްގައި ބޭއްވި "ވޯލްޑް އިމަޖެންސީ މެޑިސިން ޑޭ، ފަން ފެއާ" ގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވި އެވެ. އެ ފެއާގައި ޓްރީ ޓޮޕްގެ ސްޓޯލުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އެކި ހަރަކާތްތައް ބޭއްވި އެވެ. އޭގެ ތެރޭގައި ފަސްޓް އެއިޑާއި ސީޕީއާރު ފަރުވާއާ ބެހޭ މުހިއްމު މައުލޫމާތު ދިނުމުގެ އިތުރުން ކުޑަކުދިންނަށް އަލްޓްރާސައުންޑް ސްކޭން ކޮށްގެން ހަށިގަނޑުގެ އެތެރެ ދައްކައި ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސްޓޯލުން ވަނީ އެކި ބާވަތުގެ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާ އާލާތްތަކާ ބެހޭ މައުލޫމާތު ވެސް ދީފަ އެވެ. އަދި ކުއްލި ހާލަތުތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވެސް ދިނެވެ.
އެފަދަ އެކި ހަރަކާތްތައް މެދުވެރިކޮށް ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy