03 ޖޫން 2025 - 22:00
މިދިޔަ އަހަރު އެމްއޭސީއެލްއަށް ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
އޮޑިޓް ރިޕޯޓުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ. އެއީ ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއޭސީއެލްއަށް 2023 ވަނަ އަަހަރު ފައިދާގެ ގޮތުގައި ލިބުނީ 903 މިލިއަން ރުފިޔާ އެވެ.
އެ ކުންފުންޏަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ލިބުނު އިރު އާމްދަނީ ވެސް ވަނީ 11 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 8.5 ބިލިއަން ރުފިޔާގެ ފައިދާ އެއް ލިބުނެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުނިން މިދިޔަ އަހަރު ހިންގުމުގެ ހަރަދާއި އޮފީހުގެ ހަރަދަށް 7.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 900 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެމި
04 June 2025
ތިއެއްބިލިއަންގެ ބޮޑުލޯނެއް ސަރުަކާރަށްދިނެއްނުން އެހެންވީމަ ނެތެއްނު އަސްލުފައިދާއެއް
ޢޮޕަރޭޓަ
04 June 2025
ޙަތަރުހާސް މުވައްޒަފުން މިތާ އުޅޭއިިރު " މުވައްޒަފުން ކާން ދާން " ހުންނަނީ އެންމެ ކެންޓީނެއް. ޢަގު އެހާބޮޑު. ޢަނެއްކާ މިތާގަ އުޅޭ ސީނިއަރ ސްޕަވައިޒަރުން ބޮލަށް ލައިގެން އުޅެނީ ނޭޕާލުމީހުން. ކަމެއް ކުރާކަމަށްވަނީ ވެސް އެމީހުން. ދިވެހިން ނުލިބެނީކީ ވެސް ނޫން.
ހާސަރު
04 June 2025
ތިވަރު މާމަދު ނޫންތޯ؟ މާލެއިން 3 ރުފިޔާއަށް ވިއްކާ ބޮނަކުއާ ކުޑަފެންފުޅިއެއް އެއަރޕޯޓް ޑިޕަރޗަރ އިން ގަންނަންލިބެނީ 30.84 އަށް! ތިރީސް ރުފިޔާ ކުޑަފެންފުޅިއެއް!
ޯއިލާ
04 June 2025
ޢެހާ ލާރި ލިބޭއިރުވެސް މަލަމަތި އޮންނަނީ ގޮނޑެއްހެން. ބަހުގަ ދާއިރު މާލެއާ ހުޅުމާލޭގެ މަލަމަތި އެހާ ސާފު އެކަމު އެއާޕޯޓު އަރިމަތިން ފެންނަނީ ހުސް ކުނި.
ބަޑިތަކުރު
04 June 2025
ބޮޑުފައިދާއެއްވީއިރު ދަރަނި އެއަށްވުރެ ބޮޑުވާހަކަ އެބަދެކެވެއެވެ. އަހަރެއްގެ ފައިދާއަށްވުރެ ބޮޑު މަޝްރޫޢެއް ހިންގަން ނަގާ ދަރަނި ބޮޑުވެދާނެކަމަށް ގަބޫލުކުރެވެއެވެ. މިގޮތަށް އާމްދަނީ ލިބޭނެ ކަންކަމަށާއި އިސްރާފްވާ ފައިސާ މަދުކުރުމަށް ލޯނުނަގައިގެން ބޮޑެތި އޮފީސް އިމާރާތްތައް ސަރުކާރުން ނާޅަނީ ކީއްވެބާވައޭ ހިތަށްއަރައެވެ. މީސްމީހުންގެ ގޭގެއިން ބޮޑުއަގުގައި ކުއްޔަށްތަންތަން ހިފުމުން އޭގެފައިދާ ލިބޭމީހުން ހަމަގިނައީ ނޫންބާވައެވެ.
ފޮނިބައިސާ
04 June 2025
ތިމީހުންނަށް ބޮޑު ފައިދާވީ ރާއްޖެ އަންނަ އަދި ފުރާ އެންމެންގެ ޓިކެޓް އަގުބޮޑުކޮށްްލީމަ އަދި އެހެނިހެން ޚިދުމަތްތަކުން އަގުބޮޑުކޮށްލީމަ. އެކަމަކު ޓޫރިސްޓުން އަންނަވަރު އެހެން އަހަރުތަކާ ބަލާއިރު މާބޮޑަށްވެސް ދަށަށްދިޔައީމަ މުޅިދަޢުލަތައް ނިސްބަތުންވީ ބޮޑުގެއްލުން...
އުދުހޭ
03 June 2025
މިވަރުގެ ފައިދާވާ ކުންފުންޏެއް އަންނި ދައުރުގަ ބޭރު ބަޔަކަށް ދޫކޮށްލީ. ޖުހާވެސް ނުކުރާނެ ކަންކަން.
އަހާލީ
04 June 2025
ދެން އެވަރަށް ފައިދާ ވެގެން ރައްޔިތު މީހާއަށް އިތުރު ހެވެއް ވޭތަ؟ ކުރިން ލިބުނު ބޭސްގުޅަވެސް މިހާރު ނުލިބިގެން މިއުޅެނީ
ޒައިކް13
04 June 2025
1 ބިލިޔަން ފައިދާ 13 ބިލިޔަން ދަރަނި..
ޖީއެމްއާރު
04 June 2025
އަހަރުމެން ތިބިނަމަ، އާ ރަންވޭއަކާ އާ ޓާމިނަލެއް ލިބި، ސަރުކާރަށް އެއްވެސް ދަރަންޏެއް ނެތި ތިޔަ އަދަދަށްވުރެ އިތުރަށް ފައިސާލިބުނީސް. އެއްބިލިއަން ރުފިޔާގެ ފައިދާ އަޅާ ބާލިދީތަށް ވިއްސާރަވެއްޖެއްޔާ މިހާރުވެސް ފެންނާނެ.
އަހުމަދު އަތީގު
04 June 2025
ނޭގޭ ވާހަކަ ނުދައްކާ ހުރުން ބުއްދިވެރި
އޮނަރަބްލް އަފީފު ދީދީ
03 June 2025
އިންޓަރނޭޝަނަލް ޓާމިނަލްގެ އިތުރުން "ނިކަމެތި ދިވެހި މީހާ ތިރަށުގައި ހުރެފައި އޭނާގެ ރަށަށް ދިއުމަށް" ރަނުގެ އަގުގައި ޓިކެޓް ގަނެގެން މޯލްޑިވިއަން ތިން 4 ފަހަރަށް ޑިލޭ ވެގެން ކަޅު ސައި ތައްޓެއް ނުވަތަ 500މލ ގެ ފެންފުޅިއެއް ގަންނަން ޖެހެނީވެސް އެއަރޕޯޓް ޑޮމެސްޓިކް ޓާމިނަލްގައި ހުންނަ Minor Food Group ގެ އައުޓްލެޓް ތަކުން. އަނެއްކާ މިފަދަ ތަންތަނުންގައި ބަހައްޓާފައި ހުންނަނީވެސް ބޭރުގެ ބޭންކް ތަކުގެ POS މެޝިންތައް މިއީތޯ ފައިދާ ގުނާ ގޮތަކީ؟'
އަހުމަދު އަތީގު
04 June 2025
ބޭފުޅާގެ ފެން ވަރެއް ނޫންކަން ނޭގޭ މަތިން ދަތުރު ކުރުމަކީ. އަޒުމް ބޯޓުގަ ދޭ
ސަޅި އިގޭ.
04 June 2025
އަފިފު މިއީ ހަމަ ގަދަ މީހެއް. މުޅިންވެސް ކޮމެންޓް ތަކުގައި ހުންނަނީ ހަޤީގަތް ހާމަ ކޮށްފަ. ތިބުނާހެން ކުޑަ ފެންފުޅިއެއްވެސް މިތަނުން ލިބެނީ 25 ރުފިޔާ އަށް.
އޮނަރަބްލް އަފީފު ދީދީ
03 June 2025
ދިވެހި ޒުވާނުންނަށް ވަޒީފާ ނުލިބިގެން ރަނގަޅަށް ކިޔަވައިގެން ތިބި ކުދިންވެސް VAMCO ކުނި ލޮރީ ތަކަށް ކުނި ޖަމާކޮށް ދިނުމަށް ޑަސްބިން އުފުލަން ތިބިއިރު ރާއްޖެއަށް އަންނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަން އަދި އެމީހާއަށް އެއްޗެހި ވިއްކަން ޑިއުޓީ ފުރީ ޝޮޕް ތަކާއި، ޑިޕާޗާރ ޓާނިނަލްގެ ކެފޭ ރެސްޓޮރާންޓް ފަދަ ރަނގަޅު މުސާރަ ލިބޭ ހުރިހާ ވަޒީފާތަކެއްގައިވެސް ތިބީ ބިދޭސިން. ދިވެހި އުފެއްދުން ވިއްކަންވެސް ތިބެނީ ޗައިނާ ޕިލިޕިންސް ކުދިން. މިއީތޯ ފައިދާއަކީ؟!
މަބުނީ
04 June 2025
އެއީ ދިވެހިންގެ ކަންނެތްކަން. ފަސާދަކުރަންއެކަނި އެނގެނީ
ހުޅުލޭ ބޮޑު މީހާ
03 June 2025
ނަގާފަ ވާ ލޯނު ތަކައް ކިހާ ވަރެއް ދައްކަނީ.
ދަރަނި
04 June 2025
13 ބިލިޔަން ރުފުޔާ ޖުމްލަ ދަރަނި.. ރިޕޯޓް އެއްކޮށްކިޔާލީމަ އެނގުނީ