ސްކޫލުތަކަށް އެހީ ދިނުމުގެ އެގްރިމެންޓުގައި ސޮއިކުރެއްވުމަށްފަހު ކައުންސިލާއި ސްކޫލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ކައުންސިލް
04 ޖޫން 2025 - 14:46
ހދ. ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް އެރަށު ސިޓީ ކައުންސިލުން 100،000ރ. މިއަދު ހަދިޔާކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ "ސްކޫލު ގްރާންޓް" އަށް ހުޅުވާލި ފުރުސަތުގައި ސްކޫލުތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައި ހިމެނޭ ކަންކަން ހާސިލްކުރަން ކޮންމެ ސްކޫލަކަށް 100،000ރ. ލިބޭނެ ކަމަށެވެ.
ކުޅުދުއްފުށީގައި ހިންގާ ތިން ސްކޫލަކީ؛
- އަފީފުއްދީން ސްކޫލު
- ޖަލާލުއްދީން ސްކޫލު
- ހދ. އަތޮޅު ތައުލީމީ މަރުކަޒު
އެ ގްރާންޓުގެ ދަށުން މިދިޔަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 100،000ރ. ހަދިޔާކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ ސްކޫލަށް ހާއްސަކޮށްގެން ގްރާންޓު ތައާރަފްކުރީ އެ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށާއި ވަސީލަތްތައް ތަރައްގީ ކުރުމާއި ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމަށާއި ޕީޓީއޭއިން ސްކޫލުގެ ތަރައްގީއަށް ފަންޑު ހޯދަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ދިނުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުންގެއުނދުން
05 June 2025
ކުރާނެ ކަންކަން ނޭގުނީމީ ފައިސާ ބަހަނީ އެކިތަންތަނަށް.
މަހާރަދުން
05 June 2025
ކައުންސިލު ތަކުގެ ބަޖެޓުގަ މިވަރަށް ބަހާނެ ފައިސާ ދީފަ ހުންނައިރުގަވެސް ބައެއް ރައްރށުގެ ކައުންސިލުން މި ސލާންޖަހަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވަން....މި ކައުންސިލު ތައް ުަވާލާފަ ތަން ކޮޅެއް ތަހުޒީބީ އުސޫލަކުން ސަތޭކަ މީހުން އުޅޭ ރަށްރަށް މެނޭޖު ކުރުމުން ނޫނީ ގައުމެއް އުފެއްދުން ތެރިއެއް ނުވާނެ...
ކައުންސިލެކޯ
04 June 2025
އައްޑޫ ސިޓީކައުންސިލުން އައްޑޫ ފަނާކުރަމުން އެބަދޭ. މޭޔަރު ކެމްޕެއިންގައި.