އިންޓަކޮންޓިނެންޓަލް ރިސޯޓުގެ ވޯޓަ ވިލާއެއްގައި ޕޫލްގައި މީހަކު -- ފޮޓޯ: އިންޓަކޮންޓިނެންޓަލް
07 ޖޫން 2025 - 16:10
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު އެއްކޮށް ބުކްކޮށްލެވޭ ގޮތަށް ހާއްސަ އަގުތަކެއް އިއުލާނުކޮށްފި އެވެ.
ރ. އަތޮޅުގައި ހަދާފައިވާ އެ ރިސޯޓުގައި 81 ވިލާ ހުރެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 35 މިނިޓުން ދެވޭ، އެ ރިސޯޓުގައި ބީޗު ވިލާތަކާއި ލެގޫން އަދި އޯވާ ވޯޓާ ވިލާތައް ހިމެނެ އެވެ. އެ ވިލާތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭއިރު ޕްރައިވެޓް ޓެރަހެއްގެ އިތުރުން ޕޫލެއް ވެސް އޮވެ އެވެ.
އިންޓަކޮންޓިނެންޓަލް ރިސޯޓުގެ ޕޫލް އޭރިއާ. އެ ރިސޯޓުގައި 81 ވިލާ ހުރޭ -- ފޮޓޯ: އިންޓަކޮންޓިނެންޓަލް
ސެޕްޓެމްބަރު، 2019 ގައި ހުޅުވި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އާންމުކޮށްފައިވާ ބްރޯޝާގައިވާ ގޮތުން އަގުތައް ކަނޑައަޅާފައިވަނީ އެކި ސީޒަންތަކަށް އަދި ހުށަހަޅާ "ބައިއައުޓް" ޕްލޭނެއްގެ ދަށުން އަގު ކަނޑައަޅާ ގޮތަށެވެ.
އޭގައިވާ ގޮތުން އެންމެ ދަށް އަގަކަށް އޮތީ ލޯ ސީޒަންގައި ތިން ރެޔަށް ނަމަ [ރެޔަކަށް] 1،412،000 ޑޮލަރަށް އަދި ހައި ސީޒަންގައި ނަމަ 1،950،000 ޑޮލަރަށް ރިސޯޓް ނެގޭ ގޮތަށެވެ. އަގުތަކަށް ބަލާއިރު އެންމެ ބޮޑުކޮށް އޮތީ ހައި ސީޒަންގައި ހަތް ރެޔަށް ނަގާ ނަމަ 3،318،000 ޑޮލަރަށެވެ.
މިއީ އެކި ގައުމުތަކުގައި ރިސޯޓުތަކާއި ހޮޓާތައް ތަރައްގީކުރާ ކުންފުންޏެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ގްރޫޕްގެ ރިސޯޓެކެވެ.
އިންޓަކޮންޓިނެންޓަލް ވޯޓަ ވިލާ އޭރިއާ. އެ ރިސޯޓުގެ ވިލާތައް ވިއްކަން ވަނީ ނިންމާފައި -- ފޮޓޯ: އިންޓަކޮންޓިނެންޓަލް
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު އޮންނަނީ ހަނިފަރު ބޭއާ މާދުރު ނޫން ހިސާބެއްގައި ކަމަށް ވާތީ ޗުއްޓީ ހޭދަކުރަންދާ ޓޫރިސްޓުންނަށް މިޔަރާއި މަޑިތަކާ އެކު ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ރިސޯޓުން ވަނީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމަޑިތަކަށް ހިމާޔަތް ދިނުމަށް މަންތާ ޓްރަސްޓާ އެކު ޕާޓްނާޝިޕް ވެސް ހަދައިފަ އެވެ.
އިންޓަކޮންޓިނެންޓަލްގެ އިތުރުން އެހެން ބައެއް ރިސޯޓުތަކުން ވެސް މަހުޖަނުންނަށް ދިގު މުއްދަތަށް ވިލާތައް އަންނަނީ ވިއްކަމުންނެވެ. އެގޮތުން ރ. އަތޮޅުގައި ހިންގާ ޖޯލި ބީއިން އިން "އައިލެންޑް ހޯމްސް" ތައާރަފްކޮށް ވިލާތައް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ވިއްކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަފެންއަގު
09 June 2025
(1،412،000/3)/81 = 5843 ޑޮލަރު ވިލާޔަކަށް ރެޔަކު. ތިޔަށްވުރެ ފެންވަރު ރަނގަޅު ހޮޓާ މާ އަގު ހެކޮށް ރާއްޖޭން ލިބޭ
މިސްޓަރ ބީކޫ
08 June 2025
1.5 މިލިއަން ޑޮލަރއަށް ތިތަންގަނެގެން އަންނާނީ ތިތަނުގަ އެޑްމިޓްވާން ބޭނުންވާމީހަކު. އެހެންނޫނީ އަހަރަކު މަހެއްހާދުވަހު މަޑުކޮށްލަން ތިތަންގަނެފަ އަދި ބެލެހެއްޓުމަށް ކޮންމެމަހަކު 5 ހާސް ޑޮލަރ ދޭނީ މޮޔައެއް.
މުލޭ
08 June 2025
ތިއީ ހަމަ ހީވާ ގޮތް. އެއް ނަސަދުވަހޔ ހުރެފައި އެގާރަ މަސްދުވަހު އެހެން މީހުންނަށް ވިއްކައިގެން އިތުރު 1.5 މިލިއަން ނުވަތަ އިތުރަށް ވެސް ހޯދާނެ.
ަސަމްސިއްޔާ
08 June 2025
ބޭރުމީހުންނަށްވެސް ގަނެވޭތަ؟؟ ވިސާއަށް ވަނީ ކިހިނެތް؟؟ ރިސޯޓުގެ ލީސީން ހަމަވީމަ ވަނީ ކިހިނެތް؟؟
ހާޖީބެ
07 June 2025
މީ ފަހު ޒަމާން. އެގޮތް ހުއްދަ ކުރާ ބަޔަކު ނައިސް ނުދާނެ.
ފިދާޔާ
07 June 2025
ކިތަންމެ ރުޅިއަޔަސްހެޔޮ! އަންހެނާނެ މޫނާ ދެއަތްތިލަ ފިޔަވާ ހުރިހާތަނަކީ އޮރިޔާން!! ދެން ހުރޭ ރުޅިއައިސް ރަތްވެފަ!
ލަސް
07 June 2025
ކިތަންމެ ކޮމެންޓް ކުރިޔަސް،، ފޭކް ވާހަކަ ވާނީ ފޭކް ވާހަކަޔަށް.
އޮރިޔާން
07 June 2025
ބޮޑެތި ނޫސްތަކުގައި ވެސް އޮރިޔާން ފޮޓޯ ޖެހުން އޯކޭ ވީތަ؟
ޢަޅި އަލީ
07 June 2025
ކޮބާ އޭގަ އޮރިޔާން ފޮޓޯ! ކަލޯއަށް އަންހެނެއްގެ ފޮޓޭއެއް ވިއްޔާ އޮރިޔާން/ ފޮޓޯގަވެސް މޫނުބުރުގާ އަޅުވަން ވީ
11111111
07 June 2025
ހާދަ އެހެން ގޮތަކަށް ތިފެންނަނީ!!!
ޗަނާޗަން
07 June 2025
ރީތި ކުއްޖެއް ވިއްޔާ އޯކޭ އެއްނު؟
އައިނު އަޅާބަލަ
07 June 2025
"އޮރިޔާން'ގެ ނަމުގައި ކޮމެންޓުކުރި މީހާގެ ވަހުޝީކަން ހިސާބަށްވުރެ ބޮޑީ އަސްލު، ގައިމު އެހެންޏާފަހެ އެންމެ ފުރަތަމަވެސް މީނާއަށް އަޅައިގަތީ ބޭރު އަންހެނެއްގެ ފޮޓޯއެއް. އެ ދެން ވީ ދިމާކުރަން. ހެދުން އަޅައިގެން އިން މީހެއް އިނީ ފޮޓޯގައި. ތިހާ ދީނީ ހަރުކަށި ފިކުރަކަށް މި ރާއްޖޭގައި ޖާގައެއް ނެތް. ބޭޅާ އަފްގާނިސްތާނުގެ ހޮހޮޅައަކަށް ނައްޓާލާ. އިންޓަނެޓުވެސް ބޭނުންކުރުން ހުއްޓާލާ.
ލޮލްބެ665667
07 June 2025
"ޢަޅި އަލީ" އަންހެނާގެ ޢައުރައަކީ؟؟
އައިނު
07 June 2025
"އައިނު އަޅާބަލަ" ކަހަލަ ކޮމެެންޓު ކުރާ މީހުނާ ހެދި މިރާއްޖެ ހަލާކުވެގެން މިދަނީ. މެދުމިނުގެ ފިކުރުގެ ނަމުގަ އިސްލާމް ދީން ނެތިގެން މިދަނީ.
ފަސްދޭތެރެބަކަރިކޮށި
07 June 2025
މިވިލާތަކުގެ އަގު 1 މިލިއަންޑޮލަރު. ގުއިވަޅުން ފެންވަރާބަޔަކު އަހުރެމެންނީ. އަތިރިމަތީތިބެ ތިރަށުބޭރަށް ބެލުން ފިޔަވާ ކުރެވޭނެއިތުރުކަމެއްނެތް.
ނުފޯރާ ފޮތި
07 June 2025
ފެންވަރުން އުޅެބަލަ. އެންމެ އަގުބޮޑު އެއްޗިއްސާ ތިޔަ އަޅާކިޔަނީ ފުރަތަމަވެސް. ގުއިވަޅުން އަރައިގަނެގެން ދެން ހުރި ކަންކަމާ އުޅެންވާނީ. އަސާސީ ކަންކަމަށް އިސްކަންދީ. ނޫނީ މަރުވާއިރުވެސް ބޮޑު ދަރަންޏެއް ބޮލުއަޅައިގެން އެއިން ސަަލާމަތް ނުވެގެން އުޅެންޖެހޭނީ.