އައްޑޫ ހިތަދު އަށް މިއަދު ހެނދުނު ބޯކޮށް ވާރޭ ވެހި، ވައިގަދަ.
08 ޖޫން 2025 - 08:40
ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސް ކަމަށާއި މިއަދުގެ ކުރިއަށް އޮތް ގަޑިތަކުގައި ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
އެހެންވެ، އެ އިދާރާ އިން ވަނީ މިއަދުގެ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 11:30 ވަންދެން ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ.
އެ ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ.
ރޭގެ ދަންވަރުން ފެށިގެން އައްޑު އަށް ވަރަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަ އެވެ.
މެޓުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ހުޅުމީދު އަށެވެ. އިއްޔެގެ ހެނދުނު 8 އިން މިއަދުގެ ހެނދުނު 8 އަށް ހުޅުމީދު އަށް 36.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ އެ އިދާރާ އިން ބުނިގޮތުގައި އައްޑޫ ގަމަށް 24.1 މިލިމީޓަރުގެ ވާރޭ އެވެ. އައްޑޫގެ ވެރިރަށް ހިތަދު އަށް ވެހުނީ 11.2 މިލިމީޓަރުގެ ވާރޭ އެވެ.
ކ. ދިއްފުއްޓަށް 2.0 މިލިމީޓަރު، އދ. މާމިގިއްޔަށް 5.0 މިލިމީޓަރު އަދި ފުވައްމުލަކަށް 4.0 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެއްސޯ ހުތާ
09 June 2025
ފަޅުރަށެއްގެ ފޮޓޮއެއްތަ؟ ސިޓީއެއްގެ ކުލަވަރެއް ނުފެނޭ.
ނުދަންނަ މާލިމީ
08 June 2025
އައްޑޫގަ ވެރި ރަށެއް އޮންނީ އައްޑޫ އަކީ ވަކި ގައުމެއްތަ؟ އައްޑޫ އަކީ ބައި ސިޓީ އެކޭ ކިޔާ އަޑު އިވެނީ
ބޯބުރާންތި
08 June 2025
އަތޮޅުގެ ނިސްބަތުން ބަލާނަމަ ހިތަދޫ އަކީ ވެރިރަށޭ ބުނެވިދާނެ. މިހާރުގެ ލާމަރުކަޒީ ގާނޫނުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއް ހިމެނޭހެން އައްޑޫސިޓީއޭ ކިޔަސް އިދާރީ ހިންގުމުގެ މައިގަނޑާއި ވިޔަފާރިއާއި އެނޫންވެސް އެހެން ރަށްރަށުގަ ނެތް އެތައްކަމެއް ހިތަދޫގަ އެބައޮތް. ސިޓީގެ އެންމެންވެސް ކޮންމެކަމެއްގަވެސް އަންނަންޖެހެނީ ހިތަދޫއަށް. ވެރިރަށޭ ބުނެވެނީ މިހެންވެ
ސިޓީ އުރަ
08 June 2025
ބައިސިޓީ ނޫންތަނަކީ ކޮބާ؟ މުގައްދަސް މާލެސިޓީތަ؟ އެސިޓީގަވެސް ހަތަރު ފަސްގަޑީއިރު ކަރަންޓެއް ނުހުރޭ. ވާރޭފޮދެއް ވެހިލާއިރަށް މަގުތަކުގަ ފެންބޮޑުވެ މަގުމައްޗަށް މީހަކަށް ނުނިކުމެވި ސަރުކާރު ބަންދުކޮށް ސްކޫލްތައް ބަންދުކުރަން ނުޖެހޭ ފަހަރެއް ނާދޭ. އެހެންވީމަ ބައިސީޓިއަށްވުރެ ދަށް. އެހެންނު؟؟!
ލަސް
08 June 2025
ކަލޭގެ ނަމާއި ކަލޭގެ ފެންވަރާއި ވަަރަށް ގުޅޭ