ޝެއިހް ފަރީދު: އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރަން ވަނީ ނިންމާފައި
11 ޖޫން 2025 - 11:11
މެލޭޝިއާގައި އަވަހާރަވި ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް، ޝެއިހް މަސައްކަތް ކުރައްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާއިން ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް އެ ގައުމަށް ވަޑައިގަތް ފަރީދު އެއާޕޯޓް ތެރެއަށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއްފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ހިދުމަތް ޖަމިއްޔާއިން ބުނީ ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން ނިންމާފައިވަނީ ބަންގްލަދޭޝްގައި ކަމަށެވެ. އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު މިހާޜު އެ ޖަމިއްޔާއިން ވަނީ ހުޅުވާލައިފަ އެވެ.
އެ ޖަމިއްޔާއިން ބުނީ މިސްކިތުގެ ޖާގައިގެ އަދަދަކީ 455 މީހުން ކަމަށެވެ. އަދި ބޮޑުމިނުގައި 250 ސްކޮއާ މީޓަރު ހުންނަ އެ މިސްކިތައް ހަރަދުވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައިވަނީ 760،000ރ. އެވެ.
އުމުރުން 53 އަހަރުގެ ފަރީދުގެ ހަށިގަނޑު ވަޅުލަން ނިންމާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެފައި ވަނީ އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.
ޝެއިހް ފަރީދު މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާ ކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކްބެރީ
11 June 2025
މިހާރު މިދަނީ ކަންދެއްކުމާ ދިމާލަށް.
އަލިބެ...
11 June 2025
ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ސަދަޤާތާއި އެހީތެރިވުން ފެށެންޖެހެނީ ޢާއިލާއާއި ހިސާބުންނެވެ. އެއަށްފަހު އެބައެއްގެ މުޖުތަމަޢަށެވެ. އެހެނަސް އެހީދޭ ފަރާތްތަކުން އެހީނަގަނީ މުޅިންވެސް ބުޑިސްޓު ޤައުމުތަކުގައި ކޮންމެވެސް ކަމެއް ކުރުމުގެ ނަމުގައެވެ. އެބޭފުޅުންގެ ޢާއިލާއާއި ގާތްތިމާގެ މީހުން ބިޒްނަސްކުލާހުގައި އަބަދު ދެކޮޅަށް ދަތުރުކުރާގޮތުން ހައިރާންވެއެވެ. ހަމަ ހުސްއޮޅުވާލުމާއި މަކަރެވެ.