13 ޖޫން 2025 - 21:53
މާލޭގެ ފިހާރައެއް ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ އެތަނުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ މިއަދު ވައްކަންކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ފިހާރައިން ވައްކަންކޮށްފައި ވަނީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓާ އެތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށާއި އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، ވަގަށް ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ އެ ކުޑަ ފިހާރައަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަނެކެވެ. އެތަން ބަންދުކުރަނީ ހުކުރު ވަގުތަށް އެކަންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
14 June 2025
އަތޮޅު ރަށަކައް ނިސްބަތްވާމީހެއްނަމަ 5-2އަހަރާ ދެމެދުގެ މުއްދަތަކަށް މާލެ ނާދެވޭ ގޮތައް ރަށައް ޑީޕޯރޓް ކޮއްލާ ގަވައިދެއް ހަދަނިކޮއް މިކަން ހައްލުކުރެވިދާނެ!މާލޭ މީހެއް ވެއްޖެއްޔާ މާލެއިން ބޭރަށް ނުވެވޭގޮތައް! ރަށެއްގަ މާލޭމީހަކު މިގޮތައް ވައްކަން ކުރާނަމަ އެރަށަކައް އެމީހަކަށް ހަމަ އެމުއްދަތުގަ ނޭރޭގޮތައް ހަދަނިކޮއް ރަގަޅުވާނެ!
ކޒބ
14 June 2025
އަދުރޭ ނޫންވީމަ ވ.އުފާވޭ
ޑރ ވާންޗޯ
14 June 2025
40 ފަހަރު ހައްޔަރު ކުރެވިފަ 20 މައްސަލަ ސަރީއަތަށް ފޮނުވިފަތިބިމީހުން. އެކަމަކު ސަރުއީދާއިރާގެ ނަޒާހަތްތެރިކަމާ ޑިމޮކްރަސީގެ ބޮޑުކަމުން ކޮރަޕްސަންގެ ސްޕެލިންގްވެސް ނޭގޭތީ އެންމެން މާލެތެރެއަށް ދޫކުރެވިފަ.
ހަސަންދީ(ލ)
15 June 2025
ޝަރުއީދާއިރާގެ މައްސަލަ މިކަމުގަ ކުޑައީ، މައްސަލަބޮޑީ ރައްޔިތުންގެ މަޖިލީހާއި ފުލުހުންގެ. މިސާލަކަށް ދެއުޅި އެއްނުވާ މަދަނީ އިޖުރާއަތެއް ފާސްކޮށްލީ ކޯޓުތަކުން ފޮނުވި އިސްލާހުތައް ޑަސްބިނަށް ލާފަ، ދެން ކިތަންމެ ރީއްޗަށް ލިޔެފަ، ކިތަންމެ ގަރުނެއްވެފަ އޮތަސް ފުލުހުން އަމަލުކުރާގޮތުން ހީވާނީ ހަމަ އަލަށް ކަމެއްކުރާ އެމެޗާރއެއްހެން. މީ ހާލަތަކީ، އެނގޭނީ ހިތުހުރި އެއްޗެއް ނުގޮވާ ވިސްނާ ދިރާސާކުރާ މީހަކަށް.
ސަރުކަ
14 June 2025
މިކިޔާ ޕްރޮބުލަމް ސޯލްވިންގ ހުނަރުވެރިކަން މިމީހުންގެ ހުރިކަން އެބަ ސާބިތުވޭ.
ސާބަސް ތިކުރާހިއްވަރަށް
13 June 2025
ރާއްޖޭގެ ހިއުމަން ރައިޓްސްއިން ހިމާޔަތްކޮއްފަ ތިބިބަޔަކަށްވާތީ އެއްޗެއްބުނާކަށް ނެތިން
ކިމް ކާޑޭޝިއަން
13 June 2025
ނުރުހުންވި ލޯބީގެ ސީން އެއް؟