މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
15 ޖޫން 2025 - 13:55
މިދިޔަ އޭޕްރީލް މަހުގެ 18 ގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިދިޔަ މަހުގެ 22 ގައި ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ ފަރުވާ އަށް މެލޭޝިއާއަށް ގެންގޮސްފައިވާ ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް، އާއިލާގެ އެއްބާރުލުން ލިބުމާ އެކު ފަށަން ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ. ފުލުހުން އޭރު ބުނިގޮތުގައި ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ވެސް ދެ ފުލުހަކު އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި އެކަމަކު އާއިލާގެ އެއްބާރުލުން ނުލިބުމުން ބަޔާން ނުނެގޭ ކަމަށެވެ.
އެހެންވެ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާ އެކު ބަޔާން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ބުންޏެވެ.
އެ މައްސަލާގައި "މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް ޔުމްނުގެ ބަޔާން ނުނެގޭ ކަމަށެވެ.
ޔުމްނުއާ ގުޅޭ ގޮތުން އާއިލާއިން ފުލުހުންނަށް މައުލޫމާތު ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ޔުމްނު ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތައް ވެސް އާއިލާ އިން ކިޔައިދީފައި ވެ އެވެ.
ޓިކްޓޮކުގައި ފަންޑުރައިޒިން އިވެންޓެއް ކުރިއަށް ގެންގޮސްގެން ފައިސާ ހަމަކޮށް، ފަރުވާ އަށް އޭނާ މެލޭޝިއާ އަަށް ގެންދިޔަ ފަހުން ވެސް އާއިލާ އިން އައީ ޔުމްނުގެ ސިއްހީ ހާލަތު ސޯޝަލް މީޑިއާގައި ކިޔައިދެމުންނެވެ. މިދިޔަ މަހުގެ ކުރީކޮޅު އާއިލާ އިން ބުނެފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާދެމުން އަޔަސް މަޑުމަޑުން ޔުމްނުގެ ހާލު އަންނަނީ ރަނގަޅު ވަމުންނެެވެ.
އެކަމަކު، މިހާރު ޔުމްނުގެ މައުލޫމާތެއް އާއިލާ އިން ވެސް ކުރިން ހާމަކުރި ގޮތަކަށް ނުކުރެ އެވެ.
މީގެ ކުރިން ރާއްޖެ ޓީވީ އާއި ޗެނަލް 13 އަށް ދިން އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުނީ، ޔުމްނުއާ އެކު އުޅުނު ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
އެ ރޭ ޔުމްނު ވެއްޓުނީ ވެސް އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން އޭނާ ދޭ ކަމަށް ވެސް ދައްތަ ބުނެފައިވެ އެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" އެ އިންޓަވިއުގައި އޭނާ ބުންޏެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު، މެލޭޝިއާއަށް ގެންދިއުމާ ހަމައަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، އެކި ފަހަރު މަތިން އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރުމަށް ފަހު މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެ މައްސަލާގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލާގައި އިތުރު ބައެއްގެ ވަނަވަރު އާންމުކުރިޔަސް އެއިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ފުރުން މަނާކޮށް އެމީހުންގެ ފޯނު ހިފެހެއްޓި އެވެ.
ރިޔާސީ ކޮމިޝަނެއް ހަދައިގެން އެ ކޮމިޝަނުން ވެސް އަންނަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙް،މަދު
17 June 2025
ތިޔަކަމުގަ ބޮޑު ޕޮލިސް ކަމަޝަނަރަކު އިސްތިއުފާ ދޭނީ ވަރަށް ކަންތައްތަކެއް ހުރީމަ ކަމަށް ލަފާކުރެވެނީ
ކޮރަލް
15 June 2025
ޔުމްނު ގެ ބަޔާން ނެގިއަސް ނުނެގިއަސް ރައުދު ވަނީ ދޫކޮށްލާފަ އެވެ. ބަންދު ހުރި މުއްދަތު ކެނޑީމަ ހުކުމް ކުރިއަސް ދޫކޮށްލަން ޖެހޭކަމަށް ވެ އެވެ.
ދޮންކަރާ
16 June 2025
ރައުދު ދޫކޮށްލާފައި އެހެރީ އޭނަ ޔުމްނު ވައްޓާލިކަމުގެ ހެއްކެއް ނެތީމަ. ހެކި ލިބިއްޖިއްޔާ އަދިވެސް ދައުވާ ކުރެވޭނެ. ތިކަމުގެ ބައިވެރި އެންމެން ފްރީ ކޮށް އަދިވެސް ޕާޓީކުރަން ދޫކޮށްފައި ނަމަކަށް މީހާކު ބަހައްޓަން ރައުދު ބަންދުގައި ބެހެއްޓުމަކުން އިންސާފު ހޯދަދެވުނުކަމަކަށް ނުވާނެ.
އަހަރެމެން
15 June 2025
އަހަރުމެންގެ ޓެކްސް ފައިސާއިން ހުރިހާ ހިދުމަތެއް ހޯދައިގެން އެއްބާރުލުން ނުދޭން ލަދެއް ނުގަނޭތަ؟
ވައްސަލާމް
15 June 2025
ކޮންމެބަޔަކު ތިމައްސަލަ ބަލަންއުޅުނުނަމަވެސް ތިކަމެއް ނުބެލޭނެ. ތިކަންތިއޮތީ އެއްމަހާއި ހަދުވަހުގެ ޙުކުމަކުން ފުލުތިކިޖެހި ނިމިފަ. ރާއްޖޭގެ ފުލުހުންގެބަސް ގަބޫލުނުކުރެވޭވަރަށް އެކިކަންކަމާގުޅޭގޮތުން ދޮގުހަދައިފި. އެމީހުން ޙަރަކާތްތެރިވެ ޚަބަރެއްވާނީ ކަމަކާއިގުޅޭގޮތުން ރިިޕޯޓަރުން ސުވާލުކުރުމުން. މެލޭޝިޔާގެ ފުލުހުންނާއިގުޅިގެން ސުވާލުކުރާވާހަކީ ދެއްކިދަޅައެއް. ދެންފެންނާނީ ބަޔާންނެރޭތަން. ކުރާނެސުވާލު ދިނުމުންނޫނީ ނޫސްވެރިންނާއި ބައްދަލެއްނުކުރާނެ
ބަބޫ
15 June 2025
ދެކޮޅު ހެދީމަ ތިކަމުގެ ހަގީގަތް ވަރަށް ސާފް
ޖެންޒީސް
15 June 2025
ޔުމްނު އާއިލާ އިން އަދިވެސް އިންސާފޭ ކިޔާފަ އަޑު އުފުލަން ވާނެ. ލަދުން ބޯ ހަލާކު
ދުރުމި
15 June 2025
އިސްލާމީ ޝަރީއަތުގައި ހެކިބަސް ދޭމީހާވެސް ބުއްދި ސަލާމަތުން ހުރުން އެއީ ލާޒިމް ކަމެެއް އެކަމަކު އެރޭ އެމީހުން ތިބީ މަސްތުވެގެން ދުނިޔެ ރަންވެފައި ދެން އެރޭ ދިމާވި ކަންކަމުގެ ބަޔާން ނަގައިގެން ކަންހިގި ގޮތުގެ ހަގީގަތެއް ހާމަވާނެތަ؟
ޕަރު
15 June 2025
ފުލުހުން ނުނަގަން އުޅޭ އެއްޗެއް ނުނެގޭނެ ބުރޯ
ދޮހޮއްތުބެ
15 June 2025
ތިވަރު މީހަކައް އަހަރެމެންގެ ޓެކްސްފައިސާ ބޭނުން ނުކުރޭ...
6565666
15 June 2025
ޖަލުގައި ހުއްޓަސް އަނިޔާ ލިބިއްޖެއްޔާ އެއީ ވަކި މައްސަލައެއް. އެކަން ބެލެން ވާނެ. މީގެ ކުށްވެރިއަކީ މިގައުމުގެސަުރކާރުހިގައިވެން ތިިބި ސިޔާސީ ވ.. އެއްޗެއް އެތެރެ އެބަކުރެވޭ ފަޓާސް އެތެރެ ނުކުރެވުނަސް. އަިދ ޕާާޓީވެސް ކުރެވޭ. ޕޮލުިހުން ހުއްޓުވާ ރެއިޑް ޖަހަން އުޅުނަސް އެބަ ހުއްޓޫވާ. ޕޮލިހުްން އެއްވެސް ސިޔާސީ ނުފޫޒެއް ނެތީމާ ކަން ކުރާގޮތ ްފެންނާނެ އެނަރުސް ކުއްޖާ މާރޑަކޭސް. އިން ސޯލްވް ކުރިގޮތްވެސް.
މުލޭ
15 June 2025
ފަޓާސް ގަންނާނެ މީބަކު ނެތް. ދެން ކީއްކުރަން ފަޓާސް އެތެރެކުރަންވީ.