ރައުދު ބަންދުގައި މަހެއްހާ ދުވަސް ހޭދަކޮށްފައި ވާތީ ދެން ކުށް ސާބިތު ވިޔަސް ތަންފީޒުކުރަން އޮންނާނީ ހަފްތާއެއްހާ ދުވަހުގެ ހުކުމެއް
ހައްވާ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް
10 ޖޫން 2025 - 09:30
ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލާގައި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުވާކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު އެވެެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދު މިހާރުވެސް ވަނީ މަހެއްހާ ދުވަހު ބަންދުގައި ހުރެފަ އެވެ. އެހެންވެ ދެން ކުށް ސާބިތުވިޔަސް ތަންފީޒުކުރަން އޮންނަނީ ހަފްތާއެއްހާ ދުވަހެވެ.
ޕީޖީ އޮފީހުން ބުނީ ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.
އެ އޮފީހުން ބުނީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކީ އޭނާ ކުށްވެރިވުން ނޫން ކަމަށާއި ދައުވާ ކޯޓަށް ހުށަހަޅަނީ މައްސަލާގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލައި ދައުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހުރި ކަމަށް ޕީޖީއަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމަށް ވެސް ބުންޏެެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކޮށް ފުލުހުން، އޭނާގެ މައްޗަށް ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމެވެ.
ރައުދު ހައްޔަރު ކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ މަހުގެ 22 ގައި އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖެހިޔަސް އެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލީ އެވެ.
އޭނާ ބަންދުން ދޫކޮށްލަން އެދުނީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
އެކަމަކު އެ މައްސަލާގައި ހައްޔަރުކުރީ ރައުދު އެކަންޏެވެ. އަދި ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވެ އެވެ. އެކަމަކު އެ އެންމެންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމްނާޒް މުހައްމަދު
11 June 2025
ޔުމްނު މެން ކުޅުނު ޑްރާމާއެއް. އޭނަ ނޫޅޭ ބަޔާން ދޭކަށްވެސް. މި ވާގޮތް ވަރަށް ސާފެއްނު؟
އ އަހްމަދު
11 June 2025
މިއީ ޑރ މުނައްވަރުގެ ކޮމިޝަނުން ކުރެއްވިތަހްގީގުން ސާބިތުވާވަރުތޯ ގައިމު ފުލުހުންބުނި އެސޮރު ޑްރަގްބޭނުންކުރިވާހަކަވެސް މަސްތުގެހާލަތުގަހުރީމަ އެއްވެސްކަމެއް ސާބިތުނުކުރެވުނޯތޯ
ޒިމާލް
11 June 2025
ރައުދުއަށް ފާގަތި މުސްތަޤްބަލެއް ދެއްވާފާންދޭވެ. އާމީން
ސިފަތުﷲ ހަސީބް
11 June 2025
ގާނޫން އޮންނަ ގޮތުން ކުރެވޭނީ މަސްދުވަހުގެ ހުކުމް އަންނަ ދައުވާއެއް. ހަމަ ބުނެލީ
ޛއނއ އ
10 June 2025
އަލަށް ކަނޑައެޅި ޕީޖީގެ ފުރަތަމަ ޓެސްޓުން ފޭލިވީ. މާކުރިން ކޯޓުއަމުރަށް ބަންދު ކޮށްފައިވަނިކޮށް އަމުރު އިސްތިއުނާފު ނުކޮށް ފުލުހުންނަށް އެންގީ ދޫކުރަން. ފަހުން މީޑިޔާތަކަށް ފަޅާއެރީމަ ބުނަނީ އަސްލު ހުކުމަށްވުރެ އިތުރުވާނެތީއޭ. މީނަޔަށް އަސްލު ޙުކުންކުރަންއެބަޖެހޭ ރައްޔިތުން މަގުތަކަށްނުކުމެ މަގުތައް ފުރާލަން
ޒާން ބަނީ
10 June 2025
ކޮބާހޭ ޔުމުނުގެ ބަޔާން..ޔުމުނު ބަޔާން ނުދެނީ ކީވެ؟ ކޮބާ ބަޔާން ކޮބާ ބަޔާން ޔުމުނުގެ ގޯހެއް އުޅޭތީ ބަޔާން ނުދެނީ
އިހްސާސް
10 June 2025
ކޮބާ މަސްތުގެ ދައުވާ؟ކޮބާ ބަދުއަޚްލާޤީ އަމަލުތައް ހިންގުމުގެ ދައުވާ؟ގައިމު އެއީ ދެމަފިރިންނެއްނޫން. އެގޮއްޔެ ވައްޓާލި ކަމަށް ބެލެވޭއިރު އެބަޔަކު ރައުދަށް ނޭންގޭބާ؟
ރާއްޖެ
11 June 2025
“ވައްޓާލި” ކަމަށް ބެލެވުނީ ކިހިނެއްތޯ؟ ޔުމްނު އެހެން ބުނިތަ؟
އަންދާ ގާނޫނު
10 June 2025
ވަކި އާއިލާ އެއްގެ މީހެއްވީމަ
އެދުރު 1
10 June 2025
ހަމަ މޑޕ ގެ އިންސާފު މިގައުމުގައި މި އޮތީ . އަދީބުގެ 800 އަހަރުގެ އަދަބެއް ދެވެން އޮއްވައި ފައިވް ސްޓާރ ގެ އަމިއްލަ އެޕާޓުމެންޓުގައި ދެތިން މަހުގެ ގޭބަންދު ކޮށްލި . އާލަމްގިރި މައްސަލާގައި ވެސް ކޮއކޯ ފުޅަށް ހުކުމް އިއްވީ ނަމަކަށް.
އިންސާފަކީ
10 June 2025
ކޮބާ ޔުމުނު، އަދި އެހެން މީހުން! ރައުދު އެކަންޔަށް ދައުވާކުރުން ރަނގަޅެއްނޫން؟