ރައުދު: އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި
26 މެއި 2025 - 12:48
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރައުދު މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަސް ދުވަހަށް ބަންދުގަ އެވެ. އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރުކޮށް ދޫކޮށްލި އެވެ. ދޫކޮށްލި ދުވަހު އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރި އެވެ.
ފުލުހުން ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށެވެ.
ރައުދު ދޫކޮށްލީ އޭނާ ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ތާވަލުކޮށްފައި އޮއްވަ އެވެ. ނަމަވެސް، އޭނާ ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފް މައްސަލަ އަނބުރާ ގެންދިޔަ އެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1818
26 May 2025
މި މައްސަލަ ހާދަ ސްޕީޑް އަވަހޭ!
ބިންބި ސަހަރު
26 May 2025
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮންނާނީ އެހެން ބަޔަކު ނުވަތަ މީހަކު އެކަން ކުރިނަމައެއްނުން، އެހެންނޫނީ ޔުމްނު އަމިއްލައަށް ވެއްޓުނީތަ ރައުދު ބައިވެރިވާން، ތިހާ ވާނުވާ ނޭގޭގޮތަށް ދައުވާކުރަން ފޮނުވީމާ ކިހިނެއްބާ ކަމެއް ސާބިތު ކުރާނީ،
ޕަޓޭލް
26 May 2025
ވައި ރައުދު ...؟؟؟؟؟؟
ސުމީ
26 May 2025
ރައުދު އެކަނިތަ ކުއްވެރިވަނީ؟؟؟؟؟؟
ނެޕޮޓިޒަމް
26 May 2025
ރައުދުގެ ކޯޓު އަމުރުތަކާ އޭނާގެ މައްޗަށް ކުރާ ދައުވާގެ ތަފުސީލު ފުލުހުން ސިއްރު ކުރަނީ ކީއްވެ؟ ފޭކް ސުލިޕް ފޮނުވައިން ކައި އެއްޗިސް ގަތް މީހާގެ ނިޔަފަތި ހުރި ގޮތައް ދާން ދެން އެމައުލޫމާތު ނޫސް ތަކަށް ފުލުހުން ދީފި.
ހަސަންރަހާ
26 May 2025
ތަހުގީގު ކުރިއަށްދާ މައްސަލައެއްގާ ދައުވާ ކުރަނީ ކިހިނެއް؟
ދޮހޮއްތުބެ
26 May 2025
ރައުދު މައްޗައް ސާބިތުކުރަން ތިޔަ ފޮނުވި 2 ކަންތައް މަސްތުވުން ޖިންސީ މަސްލަހަތު. ޔުމްނުމައްޗައްވެސް ކުރަން ޖެހޭ. ވަކި ބަޔަކު ނިކުމެ އަޑުގަދަ ކޮއްލީމާ އަނެކާގެ ހައްގު ގެއްލޭ ކަމައް ވަންޏާ ތިޔައީ އިންސާފެއް ނޫން.
ނާޑުވާ
26 May 2025
ވަކި ބަޔަކު އަޑުގަދަ ކޮށްގެން ކުރާނަމަ ކޮބާ ދެންތިބި 6 މީހުން. ކަށަވަރުވާ ކަމަކީ ތީގެން މައްސަލައެއް ރައުދުގެ މައްޗަށްވެސް ސާބިތު ނުވާނެކަން. މިއީ ސަރުކާރުން ކުޅުވާ ކުޅިގަނޑެއް.
ބާކީ ނުކުރޭ
26 May 2025
ޔޫރިން ސާމްޕަލް ދިނުމަށް ދެކޮޅުހެދި މީހުންގެ މައްޗައްވެސް ދައުވާކުރަން ޖެހޭ.
އިސްމާލި
26 May 2025
ދެން އަވަސް އަރުވާލައިގެން ހުރިހާ ގަލެއް ނުފޮރުޅާ ޕީޖީ އަށް ފޮނުވައިގެން ދައުވާކޮއް ކޯޓަށް ދާއިރަށް ބުނާނެ ކާފީ ހެކި ނެތޭ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވޭ. ދެން މައްސަލަ ބޭރު. އެ ހިސާބުން ދެވަނަ ފަހަރަށް ދައުވާއެއް ނުކުރެވޭނެ. ހަތަރެސްކަން ހަމަ. މި އުޅެނީ "ނުފޮރޮޅާ އެންމެ ގަލެއްވެސް ނުބާއްވާނެ" ކަމަށް ބުނި، މި ރާއްޖޭގެ އެންމެ ހައި ޕްރޮފައިލް ކޭސް ވެސް ވީނުވީއެއް ނޭނގިގެން.
ށަވިޔަނި
26 May 2025
އެހީތެރިވެ ނުދިނުމުގެ އަދަބެއް އޮވޭތަ؟ މަސްތުވާ ތަކެތި ބޭނުން ކުރުމެއް ނޫން ދެއްތޯ؟ މަސްތުގެ ހާލަތުގައި ހުރުން.