ހައްވާ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް
13 ޖޫން 2025 - 19:19
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެއްކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އޭނާ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށް ފުލުހުން ބުންޏެވެ.
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނެ ވާހަކަ ދެއްކެވެން ފެށީ އާއިލާގެ ބަޔަކާ އެކު އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
މަސްތުވާތަކެތި ބޭނުންކުރިކަމުގެ ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް، އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައެއް ނުވެ އެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ނުކުރީ، އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތު ގޯސްވުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފައިވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ޖެހިގެން އައި ދުވަހު ފުލުހުން ނެގި އެވެ. އެ ސާމްޕަލުން އޭނާ ކެނެބިސްއަށް ޕޮޒިޓިވްވި ނަމަވެސް، އޭނާ އޭރު ހައްޔަރެއް ނުކުރެ އެވެ. އޭނާ ހައްޔަރުކުރީ އޭގެ ހަ ދުވަސް ފަހުންނެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކޮށް ފުލުހުން، އޭނާގެ މައްޗަށް ތުހުމަތުކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުން ހިފުމުގެ ކުރިކަމުގެ ތުހުމަތެވެ.
ރައުދު ހައްޔަރު ކުރުމަށްފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ މަހުގެ 22 ގައި އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖެހިޔަސް، އެ މުއްދަތު ހަމަވުމުން ފުލުހުން އަމިއްލައަށް އޭނާ ދޫކޮށްލީ އެވެ.
އޭނާ ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
14 June 2025
ކޮބާ މަސްތުގެ ދައުވާ؟ ކޮބާ ޖިންސީ ދައުވާ؟ ކީއްވެ މިހާތަފާތު ކުރަނީ ސަރުކާރުން؟ ދިމާއަށް ފެންނަން ހުރި ކަންކަން ފޮރުވަނީ ކީއްވެ؟
ސުންބުލި ރޯއި
14 June 2025
ވ ރީތި އަންހެން ކުއްޖެއްހެން ހީވާ ކުއްޖެއް މީ
ޑރ ވާންޗޯ
14 June 2025
ތިޔައަމުރު ދެމިފައޮތްތަނެއްގަ އޮވެދާނެ، އޭނަ ދާންވީމަދާނެ ތީމިސަރުކާރަށް ބަލަދުއަރާފަތިބި ގްރޫޕްތަކުގެ ބޭފުޅުން.
ޔަމީނު
14 June 2025
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ނަމަ ޔުމްނުގެ ހެކިބަހުން އެގޭނެތާ. ޔުމްނުގެ ހެކިބަސް ނުނެގެނީކީއްވެ، އޭނާގެ އާއލާ ހަމަ ބަޔާން ތައް ނެރޭ އިރު ފުލުހުން ވެސް ބަޔާން ނެގެން ވާނެ، އަދި އެބަޔާން އާމު ކުރަން ވާނެ. . ރައުދު ވެސް ޔުމްނައްވެސް ކުރި ކުޝައް އަދަބު ލިބެން ވާނެ.
ކުއްލި
14 June 2025
ތިހިރީ މަލިމައިގަހިފާ ހައްދުޖަހާފަ. ދެންފެންނާނީ ފުރިވާހަކައާއި ނޫސްބަޔާނެއް. ވަﷲ ޢަޢުޟަމް! ހުރިހައިކަމެއް އެނިމުނީ. އުފެއްދި ކޮމިޝަނުގެ އެއްވެސް ޚަބަރެއް ނުފެނޭ. އެތިބެނީ ރައްޔިތުންގެހަނދާނުން މިކަންފިލައިދާންދެނާއި އަނިޔާލިބުނު ޢާއިލާގެ ރުހުންލިބޭތޯބަލަން. ލިބޭއުޖޫރައެއް ނުވަތަ ޢިނާޔަތެއް ކައިކައިތިބެފަ ފެންނާނީ ބަޔާނެއްނެރޭތަން. މިއީ ޖަހާ ފޯލިފޯލި. ކުރިމަތީގައިހުރި އިންތިޚާބުތަކަށް ސަޕޯޓުހޯދަން އެކިވެރިކަމުގަކުރާނީ އެކިކަންތައް އެކިގޮތަށް.
ދޮންކަރާ
13 June 2025
މިސޮރަށް ހާދަވަރެއް އެބަ އަރުވާލައޭ ދޯ؟ އަބަދު ނޫސްތަކުގައިވެސް މީނަ.. އެކަމަކު މީގެ ވީޑިއޯތަކުން ފެންނަނީ މުޅިން އެހެންކަމެއް. މިމައްސަލާގައި ސަހަލު އެކަކުވެސްނެތް. ޔުމްނުވެސް އެވަރު. ތި ޕާޓި ކުރި އެންމެންވެސް އެވަރު.. އެކަމަކު މަޝްހޫރު މިވީ މިސޮރު.. ތިއޮތީ މުޅި އުމުރަށްވެސް ލައްގަނޑެއް ޖެހިފަ.
ޑރ ވާންޗޯ
13 June 2025
އެހެންވީމަ ޕިޖީއަށާ ފުލުހުންނަށާ ކޯޓަށްވެސް ކުރިންއެގިފަދޯ ތިއޮތީ ދައުވާކުރަންޖެހޭނެ ގޮތާ. ގިނަވެގެން ހުކުމް މަހަކަށްވުރެ ގިނަނުވާނެކަންވެސް، އެހެންވީމަތާ ޕޮލިހުން ބަންދުުއްދަތު ހުކުމަށްވުރެ ދިގުވެދާނެތީ ބިރުން ދޫކޮށްލަންޖެހޭނީ. އެހެންވީމަ އިޖުރާއަތުވެސް ތިއޮތީ ގުޅިގެން ފެޅިކަރައަކަށް ބަދަލުވެފަތާ؟.
ވޮޗްމޭން
13 June 2025
ތި ވާނީ އައިލާގެ ކުދިން ހިތް ހަމަ ޖައްސާލަ އުފާކޮށްލަން ރިޒޯޓަކަށް ދިޔައީކަމަށް. މަޗް ނީޑެޑް ވެކޭ.
ޞިލްމް
13 June 2025
ހުކުމްޖަހާ ހުކުމުގެ މުއްދަތުހަމަވެފަ ހުރި މީހަކު ދެން ފުރުން މަނާކުރުމެއް ނެތެއްނު.