ޑްރަގާއެކު ރ. އިނގުރައިދޫ އިން ހައްޔަރުކުރި ދަފްތަރު ނަމްބަރު 2689، އަލީ ޝަރީފް--
16 ޖޫން 2025 - 14:19
ޑްރަގް މައްސަލައެއްގައި ރ.އިނގުރައިދޫ އިން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 2689، އަލީ ޝަރީފެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ރަށު ތެރޭގައި ޑްރަގް ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އިނގުރައިދޫގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ބަންދާމެދު ގޮތެއް ނިންމުނަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާފިޒް ރަސާދު
17 June 2025
މީނަ ހާދަ ވައްތަރޭ މާލޭގަ ޑައިވިން ޑެސްކް ކިޔާ ޑައިވްޝޮޕް ހިންގި އަލީޔާ.
އަދާރ މޯލްޑިވްސް
16 June 2025
ބޮލުގައި ޖައްސާފައި ހުރި ކުލައިން ބުނެވޭނީ ވަރަށް ހައިޓެކް ގޮލައެކޭ.
ބަތްކައްކާ
16 June 2025
އާނ ފޮޓޯއާއެކީ ނޫހުގަޖަހާ ވަރުގަދަ ހުކުމެއްވެސް ކުރާތި. ޓަނުން އެތެރެކޮށް ވިޔަފާރިކުރާމީހުން ތިބީ ފިނިކޮޓަރިތަކުގަ ގަނޑުވަރުތެރ
ރާއްޖެ
16 June 2025
މިއީ އެންމެ ސީނިއަރ ބެޗް.
ކުރުސީ އޮރިޖިނަލް
16 June 2025
މީ ހާދަ ބޮޑެތި ކޭސް ތަކޭ ދޯ ތި ފޮޓޯ ޖަހާފަ ތިލަނީ؟؟؟ ކޮބާތަ އަސްލު ފުޅާދާއިރާގައި ޑުރަގުގެ ވިޔަފާރި ކުރާ މީހުންތައް ކޮބާތަ؟
ދޮންކަރާ
17 June 2025
ފޮޓޯ ނުޖާހާވީ ސަބަބެއް އެބައޮތްތަ؟ ބޮޑެތި އެންމެ ހައްޔަރު ކޮށްފަ އެމީހުންހުގެ ފޮޓޯޖަހާފަ ނޫނީ އެހެންމީހުންގެ ފޮޓޯ ނުޖެހުމުގެ އުސޫލެއް އޮންނަނީތޯ؟
ސަނަމް
16 June 2025
އަހަރުމެން ހީކުރީ ޒުވަން ޖޯށުގައި ކިކުގައި އުޅޭކުދިން ކުރާކަމެއްކަމެއް. މިގައުމުގައި ވަކިއުމުރެއްނުން. އެންމެ ފަހުން އެކުޅިގަޑު ކުޅެން މުސްކުޅިންވެސް...ސާބަހޭ ބޭބޭ
ގަނޑިއަ
16 June 2025
ލޮލް އިސްރަށްވެހިން މިއުޅެނީ މުޅިން އެހެން ދުނިޔެއެއްގައި.