ރައީސް އޮފީހުގެ ތަރުޖަމާން ހީނާ: ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
19 ޖޫން 2025 - 23:21
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ވިދާޅުވެ، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށާއި ޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ތަނެއް ހަމަޖެއްސުމުގެ ކަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ހޯމަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ދިއުމަށް ފައްޔާޒު "އެކްސް" ގައި ދައުވަތު ދެއްވި އެވެ.
އޭނާގެ އެ ދައުވަތާ އެކު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެއްކެވީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަނެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މީގެ ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މިދިޔަ މޭ ދެ ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީން ވަނީ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނު ސަރަހައްދާއި މާލޭގެ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖު ސަރަަހައްދު އަދި އުސްފަސްގަނޑެވެ.
އެ ތަންތަން ފާހަގަކޮށް، ހީނާ ވިދާޅުވީ ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
"އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ،" ސަރުކާރުގެ ތަރުޖަމާނު ހީނާގެ "އެކްސް" ޕޯސްޓުގައި ވެ އެވެ.
އެމްޑީޕީގެ އަހަރީ ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށް ވާއިރު، ކުރީގެ ރައީސް އަދި އެ ޕާޓީގެ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ އަރައިރުންގަނޑުތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަން އެ ޕާޓީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1818
21 June 2025
އާސަންދައިން އަމިއްލައަށް ބޭސްފަރުވާކޮށް ނިކަމެތި ރައްޔިތުން ހާލުގައި ޖައްސާފައި “ކޮސް ގޮވަނީ”!
އަސްލީ
20 June 2025
ހުއްދަ ނުނަގާ އެއްވާ ތަންތަން ހުރީ. ރަސްމިއްޔާތު ބޭއްވޭނީ އެކަމަށް ހުއްދަ ނަގައިގެން. ހީނާ އެދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަ.
ޢަހު
20 June 2025
ކޮބާ ނަޝީދަށް ދިން ބޮމުގެ ޙަމަލާ މިހިސާބުން މިއެނގުނީ ނިމުނީ ތަޙުގީގުވެސް ނިމުނީ ޙަމަލާގެ އަމާޒުވެސް ފިލީ ސްހަރޯ
ާްިލ
20 June 2025
ދިވެހިރާއްޖޭ ގެ ވެރިކަމުގެ ނިޒާމު އެބަޖޭ ބަދަލުވާން. އެހެން ނޫނީ ނެއް މިގައުމު ރަނގަޅު ވާކަށް
ޢަހުމަދު1
20 June 2025
ހަޔާތް ކުޑަކަން
ކަނބިލި
20 June 2025
އުސޫލުން ބޭރުން ކަންކަން ހިންގުމަކީ އެމްޑީޕީ އުޅޭގޮތް. ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެބުމަކީ ދެރަކަމެއްކަމަށް ބަލަނީ. މިވެރިންނަކީ ގައުމަށް ހެޔޮއެދިގެން އުޅޭ ބަޔަކަށްވުރެ ބޭނުމަކަށް ވަނީ އަވަސްގޮތަކުން ވެރިކަން ދަމައިގަތުން. ތަނުގައި ހަމަނުޖެހުން އުފައްދައި އިޖުތިމާއީ ފޭރާން ވީދައި ގައުމުގެ ބައިތުލްމާލުން އަމިއްލަ ޖީބުތައް ފުރާލުން އަމާޒަކީ. މިހުރިހާ ކަމެއްވެސް ކުރަނީ ރައްޔިތުންގެ ނަމުގައި. ޑިމޮކްރަސީއާއި ހެޔޮ ވެރިކަމުގެ ނަމުގައ
އެހެނަސް
20 June 2025
ތަނެއް އަސްލު ނުލިބިގެނެއް ނޫން އެއުޅެނީކީ. ނުލިބުނޭ ކިޔައިގެން މީހުން ގިނަ ވޭތޯ
ޙަޑަ
20 June 2025
މާލެ ވަށައިގެންވާ ސަރަހައްދު ދިންނަމަ
މަ ބުނީ
20 June 2025
އަޅުންނަށް އެއްވެވޭނީ ސާހިބުންނާއި ސާހިބު ކަމަނާއިން ދެންކެވި ތަނަކަށެވެ ! މާދަމާވެސް ވެރިކަށް ގެންލުނީމަ ޤާނޫނެއް ގަވައިދެން ނުފެންނާނެ ކުޑަމިނުން ރިވެތިއަޙްލާގުގެ ސިފައެއްވެސް ނުފެންނާނެ މާލެ ވެސް އެއްވަށް ލުޑަވާނެ މިއީ ކުރިންވެސް ފެނިފައިވާ މައްޒަރު !
އެހެނަސް
20 June 2025
މިވަރައް އެއްވެ އުޅުމުގެ މިނިވަންކަން ދިން ސަރުކާރެއް ނާދޭ އަދި ދިގު 30 އަހަރުގެ ވެރިކަމާ އޭގެ ފަހުން އައި ވެރިކަންތަކައް ބަލާފަ
މުލޭ
20 June 2025
މުލިއާގޭގެ ހަނދާންތައް އެ މީހުންގެ ހިތްތަކުން ނެތިގެން ނުދާނެ. ވަރަށް ނާޗަރަންގީ ކުޅެލިތަނެއް އެއީ. ފެބުރުވަރީ ހަތެއްގައި ނެރުނު ތަކެތިން ވެސް އެކަން އެނގޭނެ.
މަކޮސް
20 June 2025
7/2/12ގެ ބަޣާވާތްތެރިން އެތަނަށް ވެއްދި އެއޗެހި ބަޣާވާތް ކާމިޔާބުވީމަ ވެއްދި އަތްތަކުން އެހުރި ތާކުން ނެރުނީ މިއީ ދައުލަތުގެ މާލިއްޔަތު ކަޅާކޮށްލި ހަޑިމުޑުދާރު ޢަމަލެއް
ބޯ މީހުން
20 June 2025
އެހެންވީ އިރުން ބޯން ޖެހޭނޭ ބޮވެން ޖެހޭނޭ ބުނެގެން ވެސް ނުވާނެ