ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި ޓެސްޓުކުރަނީ. -- ފޮޓޯ: ކަސްޓަމްސް
24 ޖޫން 2025 - 09:25
ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގުގެ މައްސަލާގައި ތުހުމަތުވާ މީހަކު މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިމަހުގެ 10 ވަނަ ދުވަހު އެ ސާމާނު އަތުލައިގަތީ ބެންގަލޫރު މަގުން ގެނައި އެއާ ކާގޯ ޝިޕްމަންޓަކުންނެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިއޮއިޑްސް އަށް އެތަކެތި ވަނީ ޕޮޒިޓިވް ވެފަ އެވެ.
ގާތްގަނޑަކަށް 26 މިލިއަން ރުފިޔާގެ އެ ތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައިގައި އެންމެ ފުރަތަމަ ކަސްޓަމްސްއިން ހިފެހެެއްޓީ އެ ޝިޕްމަންޓާ ހަވާލުވާން ދިޔަ ބަންގްލަދޭޝް މީހާ އެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް އެ ބަންގްލަދޭޝް މީހާ އާއި އެތެރެކުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރި އެވެ.
އެކަމަކު އެމީހާ، ބަންދުން ދޫކޮށްލީ އޭނާ އަކީ އެ މަސްތުވާތަކެއްޗާ ގުޅުމެއް އޮތް މީހެއް ކަމަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އޭގެ ފަހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި މައްސަލައަކީ ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އެ ތަކެތި އެތެރެކުރި ކުންފުނި ވެސް ހާމައެއް ނުކުރި އެވެ.
ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި ފޮރުވާފައި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
24 June 2025
މީދެން ކިހާ ބޮޑު ކަމެއް! 18 ކިލޯގެ މަސްތުވާ އެއްޗިހި އެއަރ ކާގޯ ގެ ގޮތުގަ ގެނައި ޕްލާސްޓިކް މާތަކެއްތެރޭ ފޮރުވާފަ ހުރިކަމަށް ވަނީ. ބަލާ ދިޔަ ބޭރުމީހާ ދޫ ކޮށްލީ އޭނައާ ގުޅުމެއް އޮތްކަމަށް ނުފެންނާތީއޯ؟ އެކަމަކު މުދަލުގެ ކޮންސައިނީ އަކީ ކޮން ފަރާތެއްކަމެއް ކަސްޓަމްސް އިން ނުބުނޭ. ހައްތާ މިކިޔަނީ ޝައްކުވާ މީހަކު ނެތޯ؟ ދެން ރައްޔިތުން ހަވާލުވާންވީ ދޯ؟ ކޮންސައިނީ އެގެނިކޮށް ރައްޔިތުން ދެތިން ދުވަހުން ތިކަމުގެ އަޑި ހޯދާނެ. ހަވާލުކުރައްވަންވީ ނުން؟
މިއޮތީ ވާކަމެއް؟ އެ ގޮނޑި ކަންތަށް ގޮތަށް މިދަނީ؟
24 June 2025
ކިހާސަޅި، ނަންނުޖަހާ ހަވާލުވާނެ މީހަކު ނެތި މުދާ އާދޭތަ؟
ޑރ ވާންޗޯ
24 June 2025
ތުހުމަތުވާ މީހަކުނެތީކީނޫން، ބޮޑުކޮމްޕެނީއަކުން ތިވަރަށް ޑްރަގްގެނައިއިރު ކޮމްޕެނީގެ ބޮޑުމީހާޔަށް ނޭގިތިކަމެއްނުހިގާނެ.
ރަދީފްއޮފިޝަލް / ކަލްކީ އާވާޒް
24 June 2025
ދެންފަހެ އެތަކެތި އެންމެ ފަހުން ފުރި ގައުމުގެ އެއާޕޯޓަށް ފައި މަގުގަ ގޮސް އެބުނާ ގަސްމުށި ތަކުގެ ތެރެއަށް ވަނީކަމަށް އިތުބާރު ހުރި ޑްރަގްކީ ފަރާތްތަކުން ލަފާކުރި ހިނދު އެއީ އެއްވެސް ބައެއްގެ އެއްޗެއް ނޫން ކަމާއި އަދި އެއީ މިލްކްވެރިކަން ސާބިތު ނުވެ ހުރި އެއްޗެއް ކަމަށް ނިންމައި މިކަން ނިންމައި ފީމެވެ.ސަޅި ދޯ.މިދެން ކިހާ ދެރަކަމެއް ދޯ.ނިތަކެތީގެ ކޮންސައިނީ އަކީ ކޮންތަނެއް؟؟ ކާކު؟ މިވަތުން މިކަން ނުހޯދޭނަމަ ޔުނިފޯމް އަޅައިގެން ތިބެން ލަދު ގަނެބަލަ.
ޑެކްސްޓާ
24 June 2025
ތުހުމަތު ކުރެވޭ މީހަކުނެތިއްޔާ، ޒިންމާ ވާނެމީހަކު ހުންނާނެ. ކުންފުނީގެ ވެރިޔާ އޭގެ ދެހަފްތާ ކުރިން އިންޑިޔާއަށް ދިޔައީ ބެސްފަރުވާއައްތޯ
ބަބްސް
24 June 2025
އެންމެ ފަހުން އެތަށް ސަތޭކަ ކިލޯގެ މިޔަރު އުރަހަ ބޭރުކުރަން އުޅުނު ދެމަފިރިންގެ މައްސަލަވެސް އޮބިގެން ދިޔައީއެވެ. ހަމަ އެކަގޮތަށް މިކަންވެސް ނިމިގެން ދާނެއެވެ. އޯކޭ ވާނެއެވެ. މިއީ ދިވެހިރާއްޖެ އެވެ.
ޯޮއައިއޯ
24 June 2025
މިތަކެއްޗާއި ގުޅިގެން މީހަކު ހައްޔަރު ނުކުރެވޭނެ އެތަކެތި ފެނުމުން ފުލުހުންނަށް އެންގުމުގެ ބަދަލުގައި މިނިސްޓަރު އަންގައިގެން ކަސްޓަމުން އެތަކެތި ކަނޑާ ފޮޓޯ ނަގާ އާންމުކުރުމުން ކޮންޓްރޯލް ޑެލިވަރީ ޖައްސަން އޮތް ފުރުސަތު ގެއްލި މައްސަލަ ކުރިޔަށްގެންދެވޭނެ ގޮތްނުވެގެން އުޅެނީ
އަލިބެއް
24 June 2025
މީހަކު ހައްޔަރު ކުރެވޭނީ އެމައްސަލަ ފާހަގަ ވުމުން އަވަށް ފުލުހުންނާގުޅިގެން ކޮންޓްރޯލު ޑެލިވަރީ އޮޕަރޭޝަން އެއް ކުރިޔަށް ގެންގޮސްގެން، އޭގެ ބަދަލުގަ ހުރިހާ އެއްޗެއް ކަނޑާ މީޑިޔާ ގެނެސް މެޑެލް ޖެހޭތޯ އުޅުނީ، ޢާހިރު އެމީހުން އަނެއްކާވެސް އެހެން އެއްޗެއްގަ އިތުރު ޝިޕްމަންޓެއް ރާއްޖެ އެތެރެކުރާނެ. ދެއްކުންތެރިކަން ދޫކޮއްލާ އިޙްލާސްތެރި ނިޔަތެއްގަ ކޮންގެން ނޫނީ މަސްތުވާތަކެތި ނުހުއްޓުވޭނެ