ކަސްޓަމްސް އިން މިރޭ އަތުލައިގަތް މަސްތުވާތަކެއްޗާ އެކު އެތަނުގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ކަސްޓަމްސް
10 ޖޫން 2025 - 23:57
ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 18 ކިލޯގެ ޑްރަސް ކަސްޓަމްސްގެ ހާއްސަ އޮޕަރޭޝަނެއްގައި މިރޭ އަތުލައިގެންފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށެވެ.
ކަސްޓަމްސް އިން މިރޭ އަތުލައިގަތް މަސްތުވާތަކެތި. -- ފޮޓޯ: ކަސްޓަމްސް
"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުންނެވެ.
ކަސްޓަމްސް އިން މިރޭ މަސްތުވާތަކެތ އަތުލައިގަތް އޮޕަރޭޝަންގައި ބައެއް ތަކެތި ފާސްކުރަނީ. -- ފޮޓޯ: ކަސްޓަމްސް
އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓްގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އަދި އެ އެއްޗެހި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގެތެރޭގައި ފޮރުވައިފަ އެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައިހުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައި. މިތަކެތި އަތުލެވިފައިވަނީ ކަސްޓަމްސްއިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަން އެއްގަައި.
— Maldives Customs Service (@CustomsMv) June 10, 2025
ބާވަތް: ކެނަބިނޮއިޑްސް
ބަރުދަން: 18.62 ކިލޯ pic.twitter.com/AEzHOTDKiu
ކަސްޓަމްސް އިން ބުނި ގޮތުގައި އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުން އަތުލައިގަތް މި ތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ޖުމްލަ ބަރުދަން 18.62 ކިލޯއަށް އަރާ ކަމަށް ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ ބަޔަކާ ބެހޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލާ ފާރިޝް އަލީ
11 June 2025
މިހެން މި ޝިޕްމަންޓް ހުއްޓުނީތީވެެ ރަގަޅު! އެކަމަކު ބައެއް ޝިޕްމަންޓް ތައް ނުހުއްޓި ވަންނަ ކަން އެގެނި ހައްދަވައިގެން އެއްވެސް ވަޒީފާ ނުވަތަ ދުވަހުން ކުރިއަރާފައިވާ ބިޒްނަސް އެއް ނެތް މިހުން ފްލެޓް ގަތުމާ، ޔޮޓު ގަތުމާ އަގުބޮޑު ކާރުތައް ގެންގުޅޭ މިންގަޑުން ހާމަވޭ! ލާރި ލިބޭގޮތް ބުނެ ނުދޭ މީހުން ފަހަތުން ގޮސް މުދާ ކޮންފިސްކޭޓް ކުރަން ދަށައިފިއްޔާ މިފަދަ އިންޕޯޓް ހުއްޓުވޭނެ ކަމެއް!
ކަސަމަ
11 June 2025
މިކަންތައް ކުރި މީހުން ނުވަތަ ކުންފުނި ކޮބާ.. އެ މީހުންގެ ފޮޓޯ ޖެހުމެއް ނެތް؟
ޢަލީ ކުރުސީ
11 June 2025
"ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ." އަމިއްލަ ވިސްނުމާއި އިސްނެގުމުން އެއްވެސް ކަމެއް ކުރަން އެނގޭ ބަޔަކު ތިބި ސަރުކާރެއްނޫން. ކޮންމެ ކަމެއް ރައީސް އިރުޝާދުދެއްވައިގެން މިކުރަން ޖެހެނީ! ތެލެސީމިޔާ ސެންޓަރުގެ ފިލްޓަރުގަނޑެއްވެސް އެމަނިކުފާނުންގެ އަންގަވައިގެން ބަދަލުވަނީ!
ކުރުރޭ
11 June 2025
ކަނޑުގައި އަޅާލި ރޮނގެއްތީ،ރައްޔިތުން ނަށް ދަޅަ ދަށްކަން،އަދި ލޮލިގައި އަދުން އަޅުވަން ކުރާ ކަންކަންތީ،
އިބުރާ
11 June 2025
މިނިސްޓަރުވެސް މިކުރައްވާ ކަމަކީ މިއީ ކިހައި މާލީ ފައިދާހުރި ވިޔަފާރިއެއްކަން ހާމަ ކުރަން މީގެ މަގުމަތީ އަގު ސޭޓުންނަށް ހާމަކޮށްދެނީ. ކީއްތަ ވާނީ އެންމެ ފަހަރަކުވެސް މިކުށް ސާބިތުވެއްޖެ ނަމަ ލިބޭނެ އަދަބުގެ ވާހަކަ ލިޔުނިއްޔާ. ވެދާނެ އަދަބު ލިބުމަށްވުރެ މިނިސްޓަރަށް މުހިއްމީ އެތިކޮޅު ވިއްކާލާފަ ލާރިކޮށްލު ހޯދުންކަމަށް ވެސް. އެހެން ނަމަހީ އިސްތިހާރު ކުރުމުގެ ބަދަލުގައި އަދަބުގެ ބޮޑު ކަމޭ ކިޔައިގެން ބިރު ދައްކާނީ.
މަފާޒް ސަލީމް
11 June 2025
އެމްޑީޕީއިން އޭރުބުނި ގައިމު މިވެރިކަން އައިއްސިނަމަ ހަކުރު ގިނަވާނެޔޭ. އެޔާ އިދިކޮޅަށް މިދަނީ. ހުއްޓުވާތަން ފެންނަނީ.
ހަކުރު
11 June 2025
މުޅިން އެއްބަސް! މިހާރު އެ ތަކެތި ނުވެސް ފެނޭ! ނުވެސް ގެނޭ! ގެންނަ މީހުންވެސް މަދުވެއްޖެ! ގެންނަ މީހުން ޖެހިލުންވާކަންވެސް އެއްމެނަށް ޔަގީން!
ނިމްޝާދު
11 June 2025
މަސްތުވާތަކެތި ހައްލު ކުރާނެ މި ސަރުކާރުން.އެކަން ފެނިގެން މިދަނީ.
ދސސދަ
11 June 2025
ގެނައި މީހުންގެ މައުލޫމާތު ހާމަ ނުކުރާ ނަމަ ތިފަދަ ޚަބަރުން ތިކަން ކުރާ މީހުންނަށް ލިބޭނީ ހިއްވަރު
އިރުޝާދު ދެއްވި
11 June 2025
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށޭ ނުބުނެ އަނގައިން ބުނުންވެސް މިބޭފުޅުންނަށް މަނާ. މައުމޫނުދައުރުގަ ޖަލްސާތަކުގަ އެމަނިކުފާނުގެ ނަން ވިދާޅުނުވުމުން ވަޒީފާވެސް ގެއްލި ޖަލަށް ދާންޖެހުނުމީހުންވެސް މަދެއްނޫން. އެހެންވީމާ ރަނގަޅުކަމެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް. ގޯސްވެއްޖިއްޔާ އެމަނިކުފާނަށް ރޭކާވެސް ލައިފަނެތްކަމެއް.
ވޮޗްމޭން
11 June 2025
ރައީސްގެ އިރުޝާދު ލިބިގެން ނަމަވެސް މިއެތެރެކުރި ބަޔަކު ހާމަކުރެވެން ނެތްތޯ؟ އިރުޝާދާއި ލަފާފުޅު ނުލިބެނީތޯ އަދި؟
އިބުރާ
11 June 2025
ރައީސް އިރުޝާދު ދެއްވީ އެއްޗެއް އަތުލައިގަނެވިއްޖެ ނަމަ ތިމަން މަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރި ކަމެކޭ ބުނަން. ރައީސެއް ވިދާޅެއްނުވޭ ދެން ހައްދަވަންވީ ގޮތެއް. ނަން ހާމަ ކުރުމާމެދު ރައީސްގެ އިރުޝާދަކަށް މި މަޑުކުރަނީ މިހާރު.