ވިޔަފާރި / ރައްޔިތުންގެ މަޖިލިސް

ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި ސަރުކާރުތަކުގެ އިހުމާލު އެބައޮތް: އޮޑިޓް އޮފީސް

އޮޑިޓާ ޖެނެރަލް އޮފީހުގެ އިސްވެރިންނާއި މާލިއްޔަތު ކޮމިޓީން ބައްދަލު ކުރައްވަނީ -- ފޮޓޯ: މަޖިލީސް

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދޭންޖެހުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އިއްޔެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ސަރުކާރުން އެއްބަސްވުންތައް އުވާލާއިރު އެކަން ގިނަ ފަހަރަށް ކޮށްފައި ހުރީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށެވެ.

"އެއްބަސްވުންތައް އުވާލާއިރު އޭގެ ޓާމްސްތަކާއި ފޮލޯ ކުރަންޖެހޭ އިޖުރާއަތްތައް ފޮލޯ ނުކުރެވި، ނޫނީ ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގެ އިހުމާލުވުމުގެ ކަންތައްތައް އެބަ އާދޭ. އެހެންވީމަ އެކަންތައްތައް ވެސް އަޅުގަނޑުމެންގެ ރިޕޯޓުގައި އެފަރާތްތައް، އިހުމާލުވި ފަރާތްތައް އިހުމާލުވުމުގެ ސަބަބުން ދައުލަތަށް ލިބޭތީ އެ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް ރިކުއެސްޓް ކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގެ އިހުމާލުގެ އިތުރުން ބަދަލު ހޯދަން އެދޭ ކުންފުނިތަކުން ވެސް އޯވަ ކްލެއިމް ނުވަތަ ލިބެންޖެހޭ އަދަދަށް ވުރެ އިތުރަށް ބަދަލު ހޯދަން ހުށަހަޅާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވެސް ވިދާޅުވީ، ބަދަލު ހޯދުމުގައި ބައެއް ފަހަރު ފޯޖް ޑޮކިއުމެންޓް ކަމަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށަހަޅައިގެން ބަދަލު ހޯދާފައިވާ މައްސަލަތައް ވެސް ފާހަގަކުރެވޭ ކަމަށެވެ.

"އޭގައި އަޅުގަނޑުމެން ބޭންކްތަކުންނާއި އިދާރާތަކުން އޭގެ އަސްލު ޑޮކިއުމެންޓްތަކާއި ސޮއިކުރި ކަމަށް ބުނާ މީހުންނާއި އެމީހުންގެ ބަހެއް ވެސް ހޯދައިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިހާރު ވެސް މަސައްކަތް ކުރާ ހަތަރު ރިޕޯޓެއްގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދުތަކެއް ހުށަހަޅާފައި ހުރީ ކްލެއިމް ކުރަން،" އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ އަމިއްލަ ފަރާތަކަށް މަސައްކަތެއް ހަވާލުކޮށް އެ ކަމަށް ފައިސާ ނުދީ ހުރިނަމަ، އެ ފައިސާއެއް ދައުލަތުން ދޭން ޖެހޭނެ ކަމަށާއި އިންސާފުވެރި ބަދަލެއް ވެސް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ނާޖާއިޒް ގޮތުގައި ބަދަލުތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކުރަން ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ނުވަތަ އެގްރީމެންޓްތައް ހަދާއިރު ވެސް އެފަދަ ކަންކަމަށް ފަހި ނުވާނެ ގޮތަކަށް ކަންކަން ރޭވުން މުހިއްމު ކަމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިން 17 މައްސަލައެއް އޮޑިޓް ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމެޓީގެ އެންގުމަކަށް އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން ރަށްރަށާއި ފަޅުތައް ދީފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. އޮޑިޓް އޮފީހުން ބުނީ، އެކަމާ ގުޅޭ އޮޑިޓް ރިޕޯޓު އަންނަ އޮގަސްޓް މަހުގެ ތެރޭގައި އާންމު ކުރާނެ ކަމަށެވެ. އެ އޮޑިޓްގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އޮޑިޓް އޮފީހުން ބަލާ މައްސަލަތަކުން ދައުލަތުން ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ އަދަދު ހަ ބިލިއަން ރުފިޔާއަށް އަރަ އެވެ.

އިއްޔެ އެ އޮފީހުން އާންމުކުރި ދައުލަތުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލު ދިނުމާ ގުޅޭ ރިޕޯޓުގައި ވެސް ވަނީ އެ ކުންފުންޏަށް ދޭންޖެހޭ ބަދަލަށް ވުރެ އިތުރަށް 23 މިލިއަން ރުފިޔާ ދައުލަތުން ދީފައިވާ ކަމަށް ބުނެފަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުމޭކު

25 June 2025

ތިއީ ވަރަށްކުރިއްސުރެ ހިންގަމުން އަންނަ ސްކޭމެއް. އަނެއްކޮޅުން ފަސޭހައިން ހުއްޓުވޭނެ ސްކޭމެއްވެސްނޫން. ސަރުކާރުން ހިންގާ ސްކޭމެއްވީމަ. އަދި އެހެން ސްކޭމެއްވެސް އެބައޮތް. ސަރުކާރު ކުންފުނިތަކުން އަމިއްލަ ކުންފުނިތައް ލައްވާ މިލިއަނުން މަސައްކަތްކުރުވުމަށްފަހު ލާރިނުދެނީ. ދެން އެމީހުން ޖީއެސްޓީ ނުދެއްކީމާ މީރާ މެދުވެރިކޮށް ބްލެކްލިސްޓްކޮށް ކަޓުދޭމީހުނަށް ޕްރޮޖެކްޓް ދެނީ. މިއީ އަލަށް ސަރުކާރުން ފަށައިގެންއުޅެ ސްކޭމެއް.

The name is already taken The name is available. Register?

ބޮޑަށް

25 June 2025

އޮޑިޓަރ ޖެނެރަލް ވަކިކުރަން އުޅޭހެން ހީވީމސ ވަޒީފާގައި ކުރެވޭތޯ ބަލަން ކުރީ ސަރުކާރަށް އެއްޗެހި ކިޔަނީ ހެން ހީވަނި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454