ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ހދ. އަތޮޅަށް ފުރާވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ
27 ޖޫން 2025 - 15:26
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރުކުރަން އިއްޔެ ފަށައިފި އެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށް ކުރައްވާ މި ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގް ކޮމިޓީ އާއި މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމްކުރުމާއި ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ ނައިބު ޑެޕިއުޓީ ލީޑަރު އަދި މި ސަރުކާރުގެ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ޕީއެންސީގެ ހަރަކާތްތައް ފުޅާކުރުމަށް ޕާޓީގެ މެމްބަރުންނާ މަޝްވަރާކުރައްވައިފަ އެވެ.
ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން އިއްޔެ ނ. ވެލިދޫގައި ތިބި އެ ޕާޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.
އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންގެ ޓީމުތައް މިއަދު ވަނީ އއ. ތޮއްޑުއަށް ވެސް ވަޑައިގެންފަ އެވެ. އަދި މިއަދުން ފެށިގެން ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެ އެވެ.
ލޯކަލް ކައުންސިލު އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ މާޗު މަހު އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން ފެށިއިރު، އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ އެ އިންތިހާބުގައި ވެސް އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށެވެ.
ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ފަރާތުން މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން ވިސްނަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމާއި ކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމބަރުން2
02 July 2025
ތިޔަ ޕާޓީތަކުން ކުރިމަތި ނުލުމަށާއި އަމިއްލަގޮތުން ކުރިމަތުލުމަށް ގޮވާލަން . ކައުންސިލްތަކުގަ ތިބެންވާނީ މިނިވޒން މީހުން
ޢަރުތަ
04 July 2025
އަމިއްލަ ގޮތުން ކުރިމަތިލަނީ ގިނަފަހަރަށް "ލާހޫރޭ" އޭގެން މީހަކު ހޮވުނަސް ފިސާރި އަވަހަށް ވިކޭނެ، މިހާތަނަށް ފެނިފަ އޮތީ ބޮޑުމަންޒަރު މިބުނި ގޮތަށް، އެއްވެސް އަގެއްނެތް ތިމީހުންގެ، އެހެންވެގެން "ލާހޫރޭ" ބުނަން ޖެހުނީ.
ލާމަ ސީލު
28 June 2025
ދެން ތަންތަނުން ހޮވައިގެން މީހުން ނުގެންގޮސް ޕާޓީގެ ލީޑަރސިޕް ވީމަ މީހުން ދަންނަ ބަޔަކު ފޮނުވަންވީނު؟ ތި އީ ކޮންތާކުން ނެރުނު ބައެއް؟ އަނެއްހެން ޕާޓީމީހުން ދަންނަ ބަޔަކު ތިތާކުނެތް
ޢަރުތަ
04 July 2025
މީހުން ދަންނަ ބަޔަކު ނުތިބޭނެތާ، ވެރިކަމަށް އައީ ޕާޓީގެ ރެޖިސްޓަރީ ކިތައް މީހުން ތިބެގެންބާ! އޭގެންވެސް ރެކޯޑެއް ހަދާފަ އޮތް ޕާޓީއެއްތިޔާ، 2024 ނިމެން ވާއިރަށް އެއްލައްކަ މީހުން ޕާޓީގެ ރަޖިސްޓަރީގަ ތިބޭނެ ވާހަކަ ޕްރޮފެސަރު ބުނީ، އެކަމަކު ދިޔައީ ޗޮކުން.
މޯޑްއޭސީ
28 June 2025
މަަމްދޫހަށް ކުރެވޭނެ ކެމްޕޭނެއްނެތް. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ބޭނުްންހާ ގޮތެއް ނެހެދޭނެ. މޯޑް ހުންނާނީ އޭސީކަމުގައި. ހުރިހާ ކައުންސިލްތަކުގެ އިތުބާރު އޭނާއަށް އެބައޮތް. މަމްދޫހުގެ ގޮޑި މިހާރު ވޯޓެއް ނެގިއަސް ގެއްލޭެނެ.
އ އަހްމަދު
28 June 2025
ރައްޔިތުންކައިރިއަށްގޮސް ކީކޭބާމިމީހުންކިޔާނީ އަނެއްކާވެސް ދިގުހުވަފެނެއްގެވާހަކަދައްކައިގެން ރައްޔިތުންގެ ބޯކެވޭތޯބަލާނީ ދެން ކޮންމެރަށަކަށް ކަޑަބަސްދާއެއްގެންގޮސް ކަޑަޖެހުންނޫންކަމެއްނޯންނާނެ
ބުރަތޭރީ
28 June 2025
ކިތަންމެ ވަރަކަށް މެމްބަރުން ރަށްރަށަށް ދަތުރު އެޅިޔަސް، ވޯޓު އިތުރުވާނެ ކަމަކަށް ނުބެލެވޭ. އެއީ މެމްބަރުންގެ އެއްވެސް އުރަތްޕެއްނެތުމާއި ކަމެއްކުރަން ނޭންގޭތީ. ރައްޔިތުންގެ އުދާސްތަކަށް ހައްލުހޯދައިދިނުމުގައި އެއްވެސް އަލިމަގެއްހޯދަންނޭންގޭތީ. ސަރުކާރުން ހުރިހާ ވިޔަފާރިތަކަށްވަދެ، ޢާންމު ރައްޔިތުންގެ ކުދި ވިޔަފާރިތަށް ހަލާކުކުރަމުންދާތީ. އައިނު ވިއްކުމާ، ބޭސްވިއްކުމާ، ކާށީ ވިއްކުމާ، ބަރަބޯ ތަރުކާރީ ވިއްކުމާ، މިއީ ހުސް ސަރުކާރުގެ ވިޔަފާރިމިހާރު
ހަސަންދި
28 June 2025
ކޮންކަމެއް ކުރެވިގެން މި މީހުން މި ތެޅެނީ؟ އަދާ ހަމައަށް ރައްޔިތަކު އުއްމީދު ކުރި އެއްވެސް ކަމެއް މި ސަރުކާރަކަށް ކުރެވިފައެއް ނެތް. ދެން ކޮން ވޯޓެއް ހޯދަން މި މީހުން މި މީހުން މި ތެޅެނި؟
ގެދޮރޭ
28 June 2025
މި ސަރުކާރުން ކޮށްދިން ރަނގަޅު ހަމައެކަނި ކަމަށް ފެނުނީ މީހުންބުނާވާހަކަ ތަކާ ޙަވާލާދީ، ޙައްޖުވެރިންނަށް ދިން ޚިދުމަތްތައް. ދެންއޮތީ ވައްކަން ކުރުން. ޙައްޖުގެ އިންތިޒާމްތަކުގެ ތެރެއިން ވައްކަން ނުކުރާނެއެކޭވެސް ބުނާކަށް ނުކެރޭނެ. އެހެން ނަމަވެސް ޙައްޖާޖީން ގެ ވާހަކަަކުން ނަމަ ޚިދުމަތްތައް ވަރަށް ރަނގަޅު. ކައުންސިލް އިންތިޚާބު މިފަހަރު ޕީ.އެން.ސީ އަށް ދާނީ ޗޮކުން އިންޝާ ﷲ.ރައީސް ނަޝީދު ބޭނުންވަނީ.5 މިލިއަން ބަޖެޓްކޮށް މުސާރަ ބޮޑުކޮށްނުދީ އެ އުޅެނީ
ހޮޓްކިންގ
28 June 2025
ހުސްއަނގަތަޅާތަން ފެންނަނީ ބޭނުންވި ތަރައްގީ ސުމެއް.
ޓިކޭޓޫ
28 June 2025
މިކަމާހެދި ގައުމީ އެއާލައިން ދުވަހުކުވެސް ކުރިނާރަނީ
ޕ އެސް ސީ
27 June 2025
ފެނަކަ ރޯޑް އެމްޓީސީސީ ވެމްކޯ މިކުންފުނިތަލުގެ މުޢައްޒަފުންގެ ވޯޓުން އެކަނިވެސް ތިކަންނިމޭމެ.