އެފްއޭއެމް ކޮންގްރެސްގައި ކްލަބްތަކުން ވޯޓް ދެނީ އާ އަސާސީ ގަވާއިދު ކޮންގްރެސްގައި މިއަދު ވަނީ ފާސް ކޮށްފަ --- ފޮޓޯ: އެފްއޭއެމް
27 ޖޫން 2025 - 17:41
އެފްއޭއެމްގެ ކޮންގްރެސް އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އެ އެސޯސިއޭޝަންގެ އާ އަސާސީ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.
މީރުމާ ހޮޓެލްގައި ކުރިއަށް ގެންދާ ކޮންގްރެސްގައި ހުރިހާ ކްލަބަކުން އަސާސީ ގަވާއިދަށް ރުހުން ދިނެވެ.
ކޮންގްރެސްގައި ވޯޓް ދެވޭ 23 ކްލަބްގެ ތެރެއިން 21 ކްލަބް ކޮންގްރެސް އަށް ހާޒިރުވި އެވެ. ކޮންގްރެސްގައި ބައިވެރި ނުވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން ދެ މަންދޫބުން ހިމެނޭ ގޮތަށް 23 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރި އެވެ.
ގަވާއިދުގެ ހުރިހާ މާއްދާތަކަށް ވޯޓަށް އެހީ އެއްކޮށެވެ.
އަސާސީ ގަވާއިދަށް ގެނައި އެންމެ ބަދަލަކީ ޒޯން އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމެވެ.
ކުރީގެ ގަވާއިދުގައި އޮތީ އެފްއޭއެމްގެ މެންބަރު ކްލަބްތަކަކީ ފުރަތަމަ ޑިވިޝަނުން 8 ކްލަބް އަދި ދެވަނަ ޑިވިޝަނުން 10 ކްލަބް ކަމަށެވެ.
މިހާރުގެ އަސާސީ ގަވާއިދުގައި އެއްވަނަ ޑިވިޝަނުގެ ކްލްބްތަކުގެ އަދަދަކީ 10 އެކެވެ. ދެވަަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 13 އެވެ.
- އެއްވަނަ ޑިވިޝަނުގެ 10 ކްލަބް - ދެ ވަނަ ޑިވިޝަނުގެ 13 ކްލަބް
ކުރީގެ ގަވާއިދުން އެފްއޭއެމްގެ މެންބަރުންގެ ތެރޭގައި "ނުވަ ޒޯން" ހިމެނާފައި ވެއެވެ. ޒޯންކަމަށް ބުނެ އެ ފުރުސަތު އެފްއޭއެމުން ދިނީ ތިންވަނަ ޑިވިޝަނުގެ އެއް ކްލަބަށެވެ. މިއަދު ބޭއްވި ކޮންގްރެސްގައި ވެސް އެ ފުރުސަތު ދިނީ ސީބީއެލްއަށެވެ.
އެކަމަކު އަންނަ މަހު ބާއްވާ ކޮންގްރެސްގައި އެ ޓީމަށް އެ ފުރުސަތެއް ނުދޭނެ އެވެ. މިއަދަށް ފަހު ބާއްވާ ކޮންގްރެސްގައި ތަންސީލު ކުރަނީ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކްލަބްތައް އެކަންޏެވެ.
އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމާ އެކު މަދުވެގެން ފަސް ކްލަބްގެ ތާއީދު ލިޔުން ހުށަހަޅަން ޖެހޭނެ އެވެ. ތެރެއިން ފުރަތަމަ ޑިވިޝަނުން ތާއީދު ސިޓީ ހޯދަން ޖެހޭނީ ތިން ކްލަބްުން ކަމަށް ކުރީގެ އަސާސީ ގަވާއިދުގައި ވެއެވެ. އެކަމަކު ކޮންގްރެސްގެ މެންބަރުން މިއަދު ފާސް ކުރި އަސާސީ ގަވާއިދުގައި ވަނީ ފަސް ކްލަބްގެ ތެރެއިން ފުރަތަމަ ޑިވިޝަނުން މަދުވެގެން ދެ ކްލަބްގެ ތާއީދު ސިޓީ ހުށަހަޅާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާރިދޯޅި
27 June 2025
ހެހެ، ތިހެން އަދި އޮވޭ "ގައުމީ" ޓެނިސް ގުރޫޕެއްވެސް. ރާއްޖޭ އެހެން އެއްވެސް ރަށެއްގަ ޓެނިސްކޯޓުގަނޑެއްނެތް.
ދަގަތްފާނު
27 June 2025
ތިހުންނަނީ ދައުލަތުގެ ފައިސާ ޕަކަޅާކުރަން ކ.މާލޭތެރޭ ކަންމަތިން މީހުން އެއްކޮށްގެން ރަށުތެރޭ ހަދާފަ ހުންނަ ގުރޫޕުގުރޫޕު. ތިކަހަލަ ގޭސްގަނޑުތެރެއަށް އެހެން ރަށްރަށުމީހުން ކާރިނުވުން ރަނގަޅީ.
އޮނަރަބްލް އަފީފު ދީދީ
27 June 2025
އާބާދީގެ 3 ބައިކުޅާ ދެ ބައި ރައްޔިތުންނަށް ޤައުމީއްޔަވަންތަ ފުރުސަތާއި ހަމަހަމަކަމާއި މިނިވަންކަން ފޯރުކޮށްނުދީ "އެއްބައިވަންތަ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ ބައެކޭ ކިޔައިގެން" މީހުން ވާވައްދަން އުޅުނެއް ކަމަކު 21 ވަނަ ޤަރުނުގައި އެވާހަކަ ތައް ޤަބޫލު ކުރާނެ ބަޔަކު ނުވާނެ. މާލޭ ސަރުކާރު ވެރިން "ރާއްޖެތެރޭ މީހުންނޭ ނުކިޔަންވެގެން "އަތޮޅު ތެރޭ ރައްޔިތުންނޭ" ކިއުންފަދަ ބަދަލެއް ތިޔަ އަސާސީ ޤަވާއިދަށްވެސް ތިގެންނަނީ. މުޅިން އޮޅުވާލުން.
އޮނަރަބްލް އަފީފު ދީދީ
27 June 2025
ދިވެހި ޤައުމީޓީމް ވާދަ ކުރަންޖެހެނީ ސާކްގެ ޤައުމު ތަކާއި، އިންޑިޔާގައި އޮންނަނީ ދިއްލީ ލީގެއްނޫން. އަދި އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަންގެ އިންތިޙާބް ތަކުގައި ވޯޓް ދިނުމުގެ ޙައްޤު އޮންނަނީ ހަމަ އެކަނި ވެރިކަންކުރާ ރަށުގެ އަވަށްތަކަށާއި ދާދާއިންގެ ޓީމް ތަކަކަށްވެސް ނޫން. ކ.މާލޭ މީހުން ކިތަންމެ ބޭނުން ނުވިޔަސް މިއަދު އެ ބަދަލު ނުގެނައި ކަމަށް ވިޔަސް ޒަމާނީ ބަދަލު ގެންނާން އަދި މަޖުބޫރު ވާނެ. މަޖުބޫރުވެގެން ބަދަލު ގެންނައިރު ފުޓްބޯޅަ މުޅިން ފުޑޭނެ.
އޮނަރަބްލް އަފީފު ދީދީ
27 June 2025
ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަކުގެ ކްލަބްތަކަށް ފުރުސަތުނުދީ ކ.މާލޭގެ މިފަދަ އެސޯސިއޭޝަންތަކުގެ އަސާސީޤަވާއިދުގައި ހަމަހަމަކަމާއިއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ރަށެއްގެ ކުލަބްތަކަށް ވާދަކުރުމުގެ ފުރުސަތު ދީފައިނުވާނަމަ، އެފަދަ ފަރާތްތަކާއި ދެކޮޅަށް ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީފަދަ އާބާދީބޮޑު ރަށްރަށުން ފިޔަވަޅު އަޅާ ހުރިހާ ދަނޑުތަކެއް ކައުންސިލްގެ ބާރުގެދަށަށް ގެނެސް އެފްއޭއަށް އެއްބާރުލުން ނުދޭނެކަން އިޢުލާން ކުރޭ.