ރާއްޖޭގެ ރަށެއް. ހަލާލު ޓޫރިޒަމަށް ހަ ރަށެއް ވަނީ ކަނޑައަޅާފައި. -- ފޮޓޯ: މިހާރު
29 ޖޫން 2025 - 19:32
ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ހަ ރަށެއް ކަނޑައަޅައި އޭގެތެރެއިން ފަސް ރަށަކަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނުގައި ހަލާލު ޓޫރިޒަމަށް ހުޅުވާލީ، ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓަކަށެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފަ އެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެ އަށް ބިޑަށް ހުޅުވާލާނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިމުމުން ކަމަށެވެ. އެތަނަށް ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓް އުޅެނީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) ގަ އެވެ. އެންމެ ބޮޑު އަގެއް އިނީ ހދ. މަކުނުދޫ ފަރުގެ ބައަކަށެވެ. އެތަނުގެ އަގު 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)އަށް އަރަ އެވެ. އެތަނަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.
- ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު: 392،000 ޑޮލަރު (6 މިލިއަން ރުފިޔާ)
- ހދ. މަކުނުދޫ ފަރު: 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)
- ށ.ފުށިފަރު: 234،000 ޑޮލަރު (3.6 މިލިއަން ރުފިޔާ)
- ތ. މާގުޅި: 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ)
- ލ.ފޮނަގާދޫ: 588،000 (9.1 މިލިއަން ރުފިޔާ)
ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އެފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެއްޗެވެ.
އިސްލާމް ދީނާ ގުޅޭ ފަދަ ތަންތަން ރަށު ތެރޭގައި ހުންނަން ޖެހޭ ކަމަށާއި އެގޮތުން މިސްކިތް ފަދަ ތަންތަން ވެސް ހަދަންވާނީ، އެ ރަށުގެ އެންމެ އައިކޮނިކް ބިލްޑިންތަކުގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ޓޫރިސްޓުންނަށާއި ސްޓާފުންނަށް ހާއްސަ ދެ މިސްކިތް ހުންނަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ހަލާލް ސެޓިފިކޭޝަން ވެސް ހޯދަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަށަފަރު ރައްޔިތުން
01 July 2025
ހއ. ވަށަފަރު ރައްޔިތުން އެރަށު ފަޅުތެރޭގައި އޮންނަ ހއ. ބީނާފުށްޓާއި ހއ. ކަނޑާލިފިނޮޅު ހއ. ވަށަފަރުގެ އިހުތިސޯސްގައި ހިމަނައިދިނުމަށް އެދި އެދި ތިއްބައި ހއ. ވަށަފަރަށް ނިސްބަތްވާ ރައީސުލް ޖުމުހޫރިއްޔާ އެ ދެރަށް ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ކަނޑައެޅި ރައްތަކުގެ ތެރޭގައި ހިމެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
މައުލާނާ
01 July 2025
މިހާރު ގެސްޓް ހައުސް ހަދާފަ ހުރި ރަށްތަކުގަ ރަލާ އޫރުމަސް ނުވިއްކާ އަދި ހަލާކު އެއްޗެހި ކާންދެނީ. ރިސޯޓްތަކުން ދޭ ގިނަ ހިދުމަތް ވެސް ލިބޭ . ހަލާލު ޓޫރިޒަމް ގެ ނަމުގަ ތިއުޅެނީ ބައެއްގެ ޖީބް ފުރާލަން. ބަލަން ތިބެމާ. ދުވަސްކޮޅެއް ފަހުން ތިތަން ހިންގާނީ އެހެންވެސް ރިސޯޓްތައް ހިންގާގޮތަށް.ނޫނީ ރިސޯޓް ނުހަދާ ބަޔަކަށް ވިއްކާލާނީ.
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
01 July 2025
ޑރ. މުއިއްޒުގެ ވެރިކަމުގައި އިޤްތިޞާދު ހަމައަކަށް އަޅުވައި، ގައުމަށް ގިނަގުނަ ކުރިއެރުން ގެންނަމުން މިދަނީ. މިއީ ފަނާކުރަނިވި އެމްޑީޕީއަކަށް ކެތްވާނެ ކަމެއް ނޫން. ދެވަނަ ދައުރަކަށްވެސް މުއިއްޒުވަރުގެ ކެންޑިޑޭޓެއް އަދި ހަމަ ފެންނާކަށް ނެތް. ބާރަށް ކުރިއަށް ޕީއެންސީ... ޑރ. މުއިއްޒު ވަރުގެ ކުޅަދާނަ ވެރިއެއް އަދި ނާދޭ...
ޙޫރީ1
01 July 2025
މިއޮށް ހުރިހާ ދުވަހު ރައްޔިތުންނަށް މި ކާންދެނީ ޙަރާމް ޓޫރިޒަމްއިން ދޯ.
ެއރެރެއެރެއރއެ
01 July 2025
ދިވެހިރާއްޖޭގެ ކޮންމެ ރިސޯޓަކީވެސް މީގެ ރިސޯޓަކަށް ވާންޖެހޭ. އެހެންނޫނަސް ހުރިހާ ލާރިއެއް އޮތީވެސް އަރަބިން އަތުގައި. ޔޫރަޕް ދަނީ ފަގީރުވަމުން. ދެން ޔޫރަޕް ކުދިންވެސް އެދަނީ ކްލީން ލިވިންއަށް ޚާއްސަކޮށް ގްރެޓާމެން. ނޯ ޑްރިންކިނ ނޯ ސްމޯކިންގ. ހުރިހާ ރިސޯޓެއް ހަލާލު ކޮށް ރައްޔިތުންނަށް ހިއްސާވެސް ވިއްކަންވީ.
ކަބީލާ24
01 July 2025
އެހެންވީމާ ސައްތައިން ސައްތަ މުސްލިމުންކަމަށް ވަކާލާތު ކުރާ ދިވެހިން މިއޮއްހުރިހާ ދުވަހު މިކުރީ ކުރަނީ ހަރާމް ޓޫރިޒަމަށްދޯ؟ ދިވެހިންނަކީ ހާދަ މުނާފިގު ބަޔެކޭ. މުސްލިމުންކަމަށް ދައުވާކުރާ ކާފަރުން!
ފިނރުޓޭ
01 July 2025
މި ބުނީ ހަލާލު ޓުއަރިމްގެ ރަށް ތަކަށް އަންނަ ޓުއަރިސްޓުންނަކީ މިހުންނާ ހަލާލު ގޮތުގަ އިނދެގެން އުޅޭ މީހުން ތޯ ނުވަނަ ހަމަ މަޖާ ކޮށްލަ އަންނަ ބަޔެއްތޯވެސް ބަލަަން ޖެހޭނެ ކަމަށް ދެކެނީަަަަަަަަަަަަަަަަަަ! ދޮގެއްތަ އަލެ މި ބުނީ!
ފަހުމީ މުހައްމަދު
30 June 2025
ބަރާބަރު. ޓޫރިޒަމް ކުރިނާރާ ހުރި އަތޮޅު ތަކަށް ޓާގެޓްކޮށް އިގްތިސާދު ފުޅާކުރަންވީ. އޭރަށް އެ އަތޮޅު ތަކުގެ ރައްޔިތުންގެ ޖީބް ތިޔާގިވާނީ
އާދިލް ސަލީމް
30 June 2025
ޓޫރިޒަމް ފައްކާ ވެގެން މިދަނީ މުޅި ގައުމަށް.
އޮނަރަބްލް އަފީފު ދީދީ
30 June 2025
މިގޮތުން ހަނިމާދުއާއި ގޭން އެއަރޕޯޓް ހިންގަން ފަށައިގަތުމަށްޓަކާ ޗައިނާ އެގްޒިމް ބޭންކު ފަދަ މާލީއިދާރާއަކުން ލޯނުހޯދައިގެން ދައުލަތް ޒިންމާވާގޮތަށް ލޯނުނަގައިގެން އިންފްލައިޓް ކޭޓަރިންގ ހިދުމަތާއި، ކޮންވެންޝަނަލް ހޯލާއި އަދި ޑިޕާޗާރ ބިޒިނަސް ލައުންޖް ހިދުމަތާއިއެކު ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް އައްޑޫ އެއަރޕޯޓްގައި ތަރައްޤީކޮށް މިކަންކުރަން ފެއްޓިދާނެ. މިއީ ނުކުރެވޭނެ ކަމެއްނޫން.
މަނަސް
30 June 2025
އަފީފު މީ ހިޔާލީ ދުނިޔެއެއްގަ އުދުހޭ ބޭފުޅެއް !