އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު -- ފޮޓޯ: މިހާރު
05 ޖުލައި 2025 - 20:30
ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް އަބަދުވެސް ވަރަށް ގިނަ ކުންފުނިތަކުން އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ލިބެމުން އަންނަ ކަމަށާއި މިހާރު ފެންމަތިވެގެން އުޅޭ ދުބާއީގެ ޖެޓެކްސްގެ ޕްރޮޕޯސަލްއަކީ ވެސް އެފަދަ ޑޮކިއުމަންޓެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖެޓެކްސްއާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ޝަރީފުއާ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމަން. އަޅުގަނޑުމެން އެ ކަމަކާ ނޫޅެން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޕްރޮޕޯސަލް ލިބުމުން މަޝްވަރާ ކުރަންޖެހޭ ހާލަތުގައި އެކަން ކުރިޔަސް ގޮތެއް ނިންމަނީ މުޅި ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންނެވެ.
"އަޅުގަނޑުމެން ނޫޅެން އެކަން ކުރާކަށް،" ޖެޓެކްސްގެ ޕްރޮޕޯސަލާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެމްޑީ ވިދާޅުވި އެވެ.
ޖެޓެކްސް އިން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން:
- 25 އަހަރުގެ ތެރޭޭގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ.
- ވިއައިޕީ ޓާމިނަލްގެ ހިދުމަތްތައް ވިއްކައިގެން ދެ އަހަރުގެ ތެރޭގައި ޖެޓެކްސް އަށް ފައިދާއެއް ނެރެވޭނެ ކަމަށް ލަފާކުރޭ.
ޖެޓެކްސް އިން ލަފާކުރާ ގޮތުން ނަމަ ފަސް ވަނަ އަހަރުން ފެށިގެން 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ. އަދި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ގެ ފައިދާއެއް ނެރެވޭނެ.
މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހުށަހެޅި ކަމަށް ބުނާ އެ ޕްރޮޕޯސަލްގައިވާ ގޮތުން، ޖެޓެކްސް އިން އެމްއޭސީއެލް އަށް ގްރަންޑް ހޭންޑްލިން ހިދުމަތުގެ 55 ޕަސެންޓް ފައިދާ ހޯދައިދޭނެ އެވެ. އަދި އަހަރަކު މަދުވެގެން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ދޭނެ އެވެ.
ޖެޓެކްސް އިން ހިދުމަތްދޭ ބޯޓުތަކަށް ހާއްސަކޮށް ރޭމްޕް ޕާކިން އޭރިއާގެ ގޮތުގައި 10،000 އަކަފޫޓުގެ ޖާގައެއް ބޭނުންވާކަން ފާހަގަކޮށްފައިވާއިރު 25 އަހަރު ވަންދެން އޮންނާނީ ކޮންސެޝަނަލް އެގްރީމެންޓެއް ކަމުގައިވެސް ފާހަގަކޮށްފައި ވެ އެވެ.
އޭގެ ބަދަލުގައި ޖެޓެކްސް އިން އެންމެ ޒަމާނީ ފެންވަރުގެ ވީއައިޕީ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. ޖެޓެކްސްއިން ދޭނީ ކޮންސިއާޖް ސާވިސަސް އާއި ގްރައުންޑް ހޭންޑްލިންގެ އިތުރުން ވީއައިޕީ ފަސިންޖަރުންނަށް ދޭ ޖެހޭ ހުރިހާ ހިދުމަތެއް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންބެ
06 July 2025
ޔާނީމު ހާދަ ތެތްގަދައޭ، އޭނަ ނޫނީ އޮއްޓަރެއް ހުރި މީހަކު މިގައުމުގަ ވެރިކަމެއް ނުކުރޭ. ވިސްނުން ކޮށިވީމާ ކަންކަމުގެ ހެވެއް ގޮހެއް ނޭނގޭ
އަހުމަދު އިދުރީސް
06 July 2025
އިދިކޮޅުން ހަދަނީ ހުސް ދޮގު
ބަބޫ
06 July 2025
ރަނގަޅޭ ވީއައިޕީ ވިއްކާލާކަށް ނޫޅޭ. އެމީހުން އަމިއްލަ ވީއައިޕީއެއް އަޅައި ރާއްޖެ އަންނަ ހުރިހާ ޕްރައިވެޓް ޖެޓްތަކެއްގެ ކޮންޓްރޯލު ނެގުން. ޖެޓްތައް މެނޭޖްކުރުމަކީ އެއީ. ޕާކިންނާ ވީއައިޕީ ހެޏްޑްލިންގ. ދެން އެޔާޕޯޓް ވީއައިޕީއަށް މީހަކު ނުވަންނާނެ. އޭރުން ނުކިޔާނެ އަތުލުމެކޭ ކިޔާނީ ރިޕްލޭސް ކޮށްލުމޭ
ކިނާން
06 July 2025
ވެލާނާ އެއާޕޯޓް ނުނިންމާ އެމްޑީޕީ މީހުން މިއަދު ކޮން ފޮނެއް އަރުވާކަށް. އެތަނުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބޭނީ
އިންޑީޕެންޑެންޓް
06 July 2025
އަވަގުރާނަ ގޮއްވަންތައް ތިއުޅެނީ މަމެން ލައްވާ. ރަނގަޅޭ ވީއައިޕީ ވިއްކާލާކަށް ނޫޅޭ. އެމީހުން އަމިއްލަ ވީއައިޕީއެއް އަޅައި ރާއްޖެ އަންނަ ހުރިހާ ޕްރައިވެޓް ޖެޓްތަކެއްގެ ކޮންޓްރޯލު ނެގުން. ޖެޓްތައް މެނޭޖްކުރުމަކީ އެއީ. ޕާކިންނާ ވީއައިޕީ ހެޏްޑްލިންގ. ދެން އެޔާޕޯޓް ވީއައިޕީއަށް މީހަކު ނުވަންނާނެ. އޭރުން ނުކިޔާނެ އަތުލުމެކޭ ކިޔާނީ ރިޕްލޭސް ކޮށްލުމޭ
ސަބީލާ
06 July 2025
އަސްލު އުޅުނު. ބަސްޓް ވީމަ ކެންސަލްވީ.
ޝައުކަތް
06 July 2025
ރައީސް މުއިއްޒު ގައުމަށް ގެއްލުންވާފަދަ ކަމެއްކޮށްފާނެ ކަމަކަށް ގަބޫލެއްނުކުރެވޭ.. މީގެ ބޮޑަށް ފެނިގެންދަނީ ސިޔާސީ ކުލަޖެހިގެން އުޅޭ މަންޒަރު
އިސްމާލި
06 July 2025
ބޮޓް އެކައުންޓް ސްޕޮޓަޑް
މުހައްމަދު ފަސީހް
06 July 2025
ފެނިގެން މިދަނީ ގައުމުގެ ހައްގުގައި ހުރިހާ ކަމެއް މިސަރުކާރުން ކުރާނެ ކަމުގެ ހެކި. އެހެން ވެރިންނާ ހިލާފަށް ގައުމަށް ގެއްލުންވާނެހެން ޑީލްތައް ނަހަދާނެ ކަން.
ސަމަދު މުހައްމަދު
06 July 2025
ކަންކަމުގެ ހަގީގަތް މިދަނީ ފާޅުވަމުން. ޔާމިން ހަދާ މިކަހަލަ ދޮގު މުޅިންވެސް ފާޅުވެގެން މިދަނީ.
ސުފްޔާން
06 July 2025
ސުވާލެއް އެބައިން އެމްޑީޕީ މީހުންނަށް ކަލޭމެން ޕުރޮޖެކްޓު ހިންގުމުގެ ނަމުގަ އެމްއޯޔޫގަ ސޮއި ކުރީމަ އެވާނެތަ ޕުރޮޖެކްޓް ހިންގާ ކަމަކަށް. ހަމަ އެކަހަލަ ގޮތެއްވެގެން މިއުޅެނީ މިހާރުވެސް، ޕްރޮޕޯސަލް ފެނިގެން ފަޔަށް ހިނި އަރައިގެން ތިއުޅެނީ
ނަހްޔާން
06 July 2025
އެމީހުންނަށް ޕްރޮޖެކްޓް ދޭން ނޫޅޭނަމަ އެމީހުން ޕްރޮޕޯސަލްއެއް ހުށަހެޅިއަސް އެއާއި ގުޅޭ މަޝްވަރާކޮށް އެމްއޯޔޫ ހަދާކަށް ނުޖެހޭނެދޯ، ފުރަތަމަވެސް ތިމަންނަމެން ތިކަން ކުރަންބޭނުމެއްނެތޭ ބުނެ ޖަވާބުދިނީމަ ނިމުނީނު، ކޮންމެހެން މީހުންގެ ވަގުތު ދުއްވާލާކަށް މަޝްވަރާ ކުރާކަށްނުޖެހޭތާ، އަޑުއިވޭގޮތުން ބޯޑަށް ބަދަލުތަކެއްވެސް ގެންނަންޖެހުނު ތިޔަ ޕްރޮޖެކްޓަކާ ހެދި
މައުސޫމް
06 July 2025
އެމްޑީޕީ މީހުންނަށް ހީވާކަހަލަ އެމީހުން އެއާޕޯޓް ވިއްކާލީމަ އެހެންމީހުންވެސް އެކަން ކުރާނޭ.. ދެން ޔާމީނު އުޅެނީ މި ސަރުކާރުގެ އަގު ވައްޓާނެ ގޮތެއްނޭގިގެން