ހުޅުމާލެ 1 ގައި ހުންނަ ފްލެޓެއްގައި ރޯވި ހާދިސާގައި ގެއްލުންވެފައި.
13 ޖުލައި 2025 - 11:49
ހުޅުމާލެ 1ގެ ފްލެޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ފްލޯގެ ތިން ވަނަ އެޕާޓްމެންޓުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ބިދޭސީން ދިރިއުޅޭ އެތަނުގައި މީގެ ކުރިން ވެސް ދެ ފަހަރަށް ރޯވި ކަމަށެވެ. އެހެންވެ އެތަން އާންމުންނަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.
އެމްއެންޑީއެފުން ވެސް ބުނީ ރޯވި ތަނުގައި 11 ބިދޭސީއަކު ދިރިއުޅެމުންދާ ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައި ވާއިރު އެމްއެންޑީއެފުން ބުނީ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އެކަމަކު ދުމުގެ އަސަރުކޮށް، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ކުޑަދޮރުން އަލިފާންގަނޑު ބޭރަށް ވެސް ނުކުމެފައި ހުއްޓެވެ.
ހުޅުމާލެ 1 ގައި ހުންނަ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތުގެ ބޭރަށް ދުމުގެ އަސަރުކޮށް ގެއްލުން ވެފައި. -- ފޮޓޯ: މިހާރު
އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންކް ބެޑް ޖަހައި ގިނަ ބަޔަކަށް ނިދޭ ގޮތަށް ހަދާފައިވާ އެތަނުގައި ރޯވުމުގެ ގޮދަޑިތަކާއި އެތަނުގައި އެހެން ބައެއް ތަކެތި ވެސް ވަނީ އަނދައިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުއްޓެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފަ އެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު ތަން ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުލިދައްކާ މީހާ
14 July 2025
ފްލެޓް ދެނީ ބިދޭސީން އުޅޭން ކުއްޔަށް ދޭންތަ ނޫނީ ދިރިއުޅޭނެ ތަނެއް ނެތިގެން އުޅޭ މީހުން ދިރިއުޅޭންތަ؟
ބަޑިތަކުރު
14 July 2025
ތިންފަހަރަށް އަލިފާނުގެ ހާދިސާ ތަކުރާރުވާއިރު އެތާނގައި ދިރިއުޅެނީ ތަނުގެ ވެރިންނޫންކަން ފާޅުކަން ބޮޑުކޮށް އެންގެންއޮތްއިރު ވެސް މިހާތަނަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅި އޮތީކީއްވެބާވައެވެ. މިގައުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް މިހަދަނީ ވަކި ބަޔަކަށް ވަކިހާލަތެއްގައި ޢަމަލުކުރަން ނޫން ބާވައޭ ހީވާވަރުވެއެވެ.
ސައިބޯނި
14 July 2025
ސޯސަލް ހައުސިންގ ފްލެޓް ތަކުގައި ބިދޭސީންގެ ލޭބަރ ކުއާޓަރ ހެދިގެން ނުވާނެ, މިކަން އެޗް ޑީ ސީން ބަލަން އެބަ ޖެހޭ, ހުރިހާ ކަމެއް ގޯހުން ގޯހަށްދާން ދޫކޮށްލައިގެން ތިބުންމީ ވަރަށް ނުރައްކާތެރި ކަމެއް, ވަގުތު އޮވެ ފިޔަވަޅު އެޅުން އައުލާކަން ބޮޑީ،,
އައްމަޓީ
14 July 2025
އަދިނާޅާނެ، މީހަކު މަރުވީމަ ފިޔަވަޅުއަޅާނީ
ދޮން
13 July 2025
ކިހާދެރަކަމެއް ބޯހިޔާވެހިކަން ނެތިގެން ހޯދާފައި ހުރި ފުލެޓް މިހުންނަނީ ބަންގާޅީން ނަށް ކުއްޔަށް ދީފައި ، އެމީހުންނަކީ ދިވެހިންނާއި އެކު އުޅެވޭވަރު ބައެއްނޫން ސަރުކާރުން ތިފުލެޓް ވެރިޔާ އަތުން ތަން ނަގާ ، މިގޮތަށް ކުއްޔަށް ދީގެން އުޅޭ ހުރިތަނެއް ސަރުކާރުންނަގާ ބޭނުން ޖެހިފައި ތިބި ދިވެހި އާއިލާތަކަށް ދިނުމަށް ގޮވާލަން
ސދަދ
13 July 2025
އުޅޭނެ ތަނެއް ނެތިގެން އުޅޭ މީހުންނަށް އަޅާފައި ހުންނަ ފްލެޓުތަކުގައި ބިދޭސިން ދިރިއުޅޭ މައްސަލަ ބަލަން ނުވޭބާ؟
ވނވޖވހވ
13 July 2025
ރާއްޖޭގަ ވަޒީފާ އަދާކުރާ މަސައްކަތު ބިދޭސީ ވަކިވަގުތެއްގަ ނޫނީ މާލެ ނާދެވޭގޮތަށް ތިލަފުށިކަހަލަ ރަށަކަށް ބަދަލުކުރަންޖެހޭ. ރާއްޖެ ގޮތަށް ދުބާއީ އަކީވެސް ބިދޭސީ މަސައްކަތްތެރިން ގިނަގައުމެއް. އެގައުމުގެ އާއްމުންނަށް އެކިގޮތްގޮތުން ވާދަތި ދަކަށް ހައްލު ހޯދުމަށް ދުބާއީގަ ކަންކޮށްފަ ވަނީ މިބުނިގޮތަށް. އަޑުއެހިން ރ ޔާމިންގެ މިވިސްނުން ހުރިކަމަށް. ޔާމިންނޫނީ ހަގީގަތުގަ ދިވެހިންނަށް ހެޔޮއެދުނު ގައުމު ތަރައްގީކުރި ވރތިޔަކުނާދޭ
އަތުލަހަރޭ
13 July 2025
ތިޔައީ ބިދޭސީންނަށް ދީފައިހުރި ސޯޝަލް ހައުސިންގަކީތަ؟!!! ހާދަ ހީވެޔޭ އެޗުޑީސީއަށް ދައްކަންޖެހޭ ލާރިވެސް ނުދައްކާހެން ހުންނާނީ!
އަހުމަދު އަލީ އިބްރާހިމް
13 July 2025
ގެދޮރުގެ ދަތި ކަމާ ހެދި ފްލެޓަށް ކުރިމަތިލާ އެތާ ނޫޅެ ކުއްޔަށް ދީފައިވާ ތަންތަން ބަލާ ފިޔަވަޅުތަނެއް އަޅަން އެބަ ޖެހޭ . ބޭރު މީހުންނަށް މިހެން ދިނީމަ އެމީހުން އެދުމަތީގަ އޮވެ ސިނގިރެޓް ބޮމުންގޮސް ނިދެނީ. ދެން ފެންނަނީ ގޮދަޑީގަ އަލިފާން ހިފާތަން . ނޫނީ ރޫމުގަ ކައްކަނީ . މީ ހުންނަނީ ކުއްޔަށް ދޭ އިރުވެސް ވިސްނަން ވެެއްޖެ ކަމެއް. މީގެ ސަބަބުން އެތައްބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަ ހެޅޭ އިރު ތަނުގެ ވެރިންގެ ޒިންމާ އަކީ ކޮބައި.
ކޮރަލް
13 July 2025
މިއީ އެޗްޑީސީގެ ފަރުވާ ކުޑަ ކަމެވެ. އަހަރަކު 1 ފަހަރު ނަމަވެސް ސާވޭ ކޮށްލާ ނަމަ އެވެ. ދެން ކުލި ނުދައްކާ ވާހަކަ ބުނާނެ އެވެ. އެތާ އުޅޭ ބައެއްވެސް އެޗްޑީސީ އަކަށް ނޭނގެ އެވެ. ތަނުގެ މުއްދަު ހަމަ ވަނީ 20 ނޫނީ 25 އަހަރުންނެވެ.
ހަމަކަމަ ނެތޭ
13 July 2025
މާލޭގައި އުޅޭތާ 50 އަހަރާ ކައިރިވީ. އުޅެނީ ކުއްޔަށް. އުމުރުގެ ބޮޑުބައެއް މާލޭ ސަރުކާރަށް ހިދުމަތްކުރިން. ރަށުގައި ދިރިއުޅޭ މައިންބަފައިން ބޭސްފަރުވާއަށް ގެނެސްވެސް ބައިތިއްބަންޖެހެނީވެސް ބޮޑު ކުއްޔަށް. އަހަރެންގެ ދަރިއަކު ނެތީމަ ފުލެޓެއް ނުދޭ. އެކަމަކު ދަރިން ތިބި މީހުންނަށް ފުލެޓު ދިނީމަ ކުއްޔަށް ދީފަ އުޅެނީ ލަގުޒަރީ އެޕާޓުމަންޓުގައި ނޫނި ބޭރުގައި. މިއީ ކޮން ހަމައެއް؟
ބަލައިލުންވެސް ނެތީ
13 July 2025
އަޅުގަނޑުގެ މަައިންބަފައިން މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ ފަންސާސް އަހަރު ވެއްޖެ. ދަރިން ތިއްބަސް މިހާރު ބުނަނީ ޝަރުތު ހަމަނުވެޔޭ. ރާއްޖޭގެ އެއްވެސް ތަނެއްގައި ބޯހިޔާވެހިކަމެއް ނުހުރޭ. ޝަރުތު ކަނޑައަޅާ މީހުން އެއްވެސް ވަރަކަށް ދިރާސާއެއްވެސް ނުކުރޭ. ވަރަށް ވޭންހުރި ކަމެއް މިއީ.