ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނ. އަތޮޅުގެ ރަށަކަށް ވަޑައިގެން.--
22 ޖުލައި 2025 - 22:55
އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ނ. އަތޮޅު ވިހަފަރުގައި އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު އޮތް މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުން އެކަމުގެ ފައިދާ އެ ރަށަށް ވެސް ކުރާނެ ކަމަށެވެ.
ނަމަވެސް ހޮޅުދޫ އާއި ފޮއްދޫގެ އިތުރުން ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑަޑްގައި ވެސް އިތުރު އެއާޕޯޓެއް އޮންނަން ޖެހޭ. އެއީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރު ކުރެވޭ ހިސާބުގައި އަޅުގަނޑުމެންގެ ސިޔާސަތަކީ އެއާޕޯޓުތައް ގާއިމް ކުރެވިގެން ދިއުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އަތޮޅު ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނެ ކަމަށެވެ.
މިހާރު ވެސް ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ މަސައްކަތްތައް ހިނގަމުން އަންނަ ސަރަހައްދަށް މި އެއާޕޯޓާ އެކު އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ވިހަފަރަކީ ވެލިދޫއާ ވަރަށް ކައިރީގައި އޮންނަ ފިނޮޅެކެވެ. އެއީ ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވޭ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގޭނެ މުހިންމު މަޝްރޫއުތަކުގެ ތެރެއިން އެއާޕޯޓު އަޅަން ރާވާފައިވާ ނުވަ ތަނުގެ ތެރޭ ހިމެނޭ ތަނެކެވެ. ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ބަލާއިރު މިއީ އަތޮޅުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި އެއާޕޯޓަކަށް ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހީމް އެކެވެ
23 July 2025
2023 ގެ ރިޔާސީ އިންތިހާބައްވެސް ވެލިދޫގަ ބޭއްވި ޖަލްސާއެއްގަ ވިހަފަރުގަ އެއާޕޯޓެއް އަޅައިދެއްވި އަނެއްކާ އަނެއް އެއާޕޯޓް އަޅައިދެއްވަނީތޯ؟ ސުކުރިއްޔާ ރ މުއީޒް
ޗޫޤީ
23 July 2025
އަސާސީ ޚިދުމަތްތައް ފުރިހަމަނުވާ ސަރަހައްދަކަށް ކީއްކުރާ އެއާޕޯޓެއް. ހީވަނީ މައުރަޒެއްގައި ބައިވެރިކުރަން މުޅި ރާއްޖޭގައި އެއާޕޯޓު އަޅާހެން. މުޅި ރާއްޖޭގައި އެއާޕޯޓުތައް އަޅައި ނިމުމަށްފަހު ދެން ނޫހަށް އަރާނީ އެއާޕޯޓުތައް ބޭނުންކުރާނެ މީހަކުނުވެގެން އެތަންތަން ފަނާވަމުންދާ ޚަބަރުތައް ތޯއްޗެއް. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ ދެރަށްދޭތެރޭ އެއާޕޯޓުއަޅަން ވައުދުވިޔަސް އެކަން ފުއްދާނެހެންނެއް. ހަމަ ހުސްވާހަކައަކަަށް ވެގެން ނިމޭނެކަމަށް ބެލެވެނީ.
ބިލެއްފަހީ މުހަންމަދު
23 July 2025
ށ.ބިލެއްފަހީ އެއާޕޯޓްވެސް ތިހެން 'އަގައިން' ނިންމާ ބޮޑެތި ބޯއިން-747 ޖައްސަމުންދަނީ. ލަދު!
މަ ބުނީ
23 July 2025
މަނިކުފާނު މިއަހަރު 2025 ގައި ހުޅުވަނީ ވައުދުވެ ވަޑައިގެންނެވި ހއ. ދިއްދޫ އެއާރޕޯޓު ކޮބައިތޯ ވީތަނެއްބަންލަވާލަދެންވަފާނަންތޯ.
ސޮނގު
23 July 2025
ފާފު ނިލަންދޫ އެއާޕޯޓު ނުނިމޭތަ އަދި؟
ޕަކަޅޭ
23 July 2025
ތިހެން އިންތިހާބުތަކަށް ދައްކާ ހުވަފެން ތަކަށް ވެލިދޫ ދާއިރާގެ ޒުވާން އާބާދީ ޖުމްލަކޮށް އާބާދީގެ ބޮޑުބައި ވަރަށް ފަރިތަކަން މުއިއްޒަށް ނޭނގުން ތިއީ މުއިއްޒުގެ މައްސަލައެއް. ބޯ ކެވޭނީ ކެވޭ ވަރުގެ މީހުން. ދިއްކޮށްލާ މަގާމަކުން ވާ ވައުދަކުން މި ދާއިރާ ހައްލައެއް ނުލެވޭނެ. މި ދާއިރާގެ ގިނަ ރައްޔިތުން ދަނޭ ތިއީ އެއްކަމެއް ހަފަސް ފަހަރުކޮށްގެން ނޫނީ ކަމެއް ނުކުރެވޭ ކަމަށް ގާބިލު ނޫން ރައީސްއެއްކަން.
އެކްސްް
23 July 2025
ތިހުރިހާ އެއާޕޯޓެއް އަޅާފައި، މަހަކު ފްލައިޓެއް ނުބޭއްވުނަސް އޯކޭ.. މިއީ ތަރައްގީއެއްނޫން، މިއީ ފަނާކުރުން.
ާުްަުވިހަފަރު
23 July 2025
ހާދަ ދުވަހެއްގެ ހާދަދިގު އިންތިޒާރަކަށް ނިމުން އަންނަނީ އެ، ސުކުރިއްޔާ ރައީސް މުއިއްޒު
އުދުހި
23 July 2025
އައީ އައީ މިހާރު ތިއިނީ އެއަރޕޯޓުގަ ފުރަން ރެޑީވެފައިން އިހްސާސް ދޯ ވަނީ
ގޫފީ
22 July 2025
އަޅާ އެއްޗެއް އަޅަންވީ. ނުދޭނަން ވޯޓެއް. ސޮރީ މައި ބްރޮ