ފްލެޓް ލިބުނު މީހަކު އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 އޯގަސްޓް 2025 - 15:17
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރާ ވާހަކަތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ދޮގުކޮށްފި އެވެ.
ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހެވެ. މިނިވަން ދުވަހުގެ ބަންދަށް ހުއްޓާލުމަށް ފަހު ސަރުކާރު ހުޅުވުމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އެކަމަކު، ފްލެޓް އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖައްސާފައި އޮތް އެކެއްގެ ސޮއިކުރުން މަޑުޖައްސާލިކަން އެފްޑީސީން ވަނީ އޭނާ އަށް އަންގައިފަ އެވެ. އެފްޑީސީން އޭނާއަށް ފޮނުވި މި މެސެޖާއެކު، ސޮއިކުރުން ހުއްޓާލިކަމަށް ބައެއް މީޑީއާތަކުގައި ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ގެދޮރުވެރިޔާގެ ޓަވަރުތަކެއް: ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް އެފްޑީސީން ބުނޭ.
އެފްޑީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ދައުރުވަނީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. ޝެޑިއުލްކޮށްފައިވާ ގޮތަށް ސޮއިކުރުން ކުރިއަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ސޮއިކުރުން ހުއްޓާލިކަމަށް ދައުރުކުރަނީ އެންމެ މީހަކަށް ފޮނުވި މެސެޖެކެވެ. އޭނާއަށް ދިމާވެފައިވާ މައްސަލަ ހައްލުވުމުން ސޮއިކުރަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
އެފްޑީސީން އެއްބަސްވުންތައް ހެދި ނަމަވެސް، ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ހައުސިން މިނިސްޓްރީންނެވެ. ސޮއި ކުރުމަށް އެފްޑީސީއަށް ހައުސިން މިނިސްޓްރީން މިހާތަނަށް ފޮނުވާފައި ވަނީ 2،665 މީހެއްގެ މައުލޫމާތެވެ.
ނަމަވެސް ބައެއް މީސްމީހުންގެ މައުލޫމާތު ފުރިހަ ނުވުން ފަދަ ކަންކަމާ ހެދި އަދިވެސް ސޮއިކުރުން ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ. އެ މައްސަލަ ބޮޑުވެފައިވާތީ ފްލެޓަށް ޝަރުތު ހަމަވެފައިވާ މީހުން ހޭލުންތެރި ކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށަން އެފްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.
އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް އެފްޑީސީން ބުނީ ސޮއިކުރަން ދާއިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމެވެ. އޭގެ ތެރޭގައި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުގެ މައްސަލަ ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިންހާޖް
04 August 2025
އެމްޑީޕީ މީހުން ރައްޔިތުންނަށް އޮޅުވާލަން ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ. އެމީހުންނަށް ހެޔޮ މި ގައުމު ކޮންމެ ފައްތަރަކަށް ދިޔަޔސް. މި ފަކުރު ފިކުރު މިގައުމުން ފޮހެލަން އެބަޖެހޭ.
ޢަރުތަ
03 August 2025
ކައުންސިލް އިންތިޚާބުގެ ކުރިން އެއްބަސްވުން ތަކުގަ ސޮއި ކޮށް ނިމޭނެބާ! ކުރިން ސޮއިކޮށް ވެފަވާ އެއްބަސްވުން ބާތިލް ނުކޮށް އަނެއްކާ އަނެއް އެއްބަސްވުން ދެއްތޮ.
ޝުއާއުު
04 August 2025
ފިތުނަފަސާދަ އުފައްދަން މަސައްކަތް ނުކުރޭ. މި ގައުމު ހަލަބޮލިކޮށްލަން ބަޔަކު މީހުން މިކުރާ މަސައްކަތް ފެއިލްވާނެ
ސޮއި ސޮއި
03 August 2025
ފިންގަރ ޕްރިންޓް ޖަހާފަ އަދި ނުވިތާކަށް އައިޑީ ކާޑުގަ އިންނަ ސޮޔާއި ފޯމުގަ އިންނަ ސޮޔާއި ޖެހޭ ދިމާވާން. އެއްވެސް އޮޅުމެއްނެތް މިންވަރަށް، ދެރަކަމެއް. ސޮއި ދިމާނުވެދާނެތީ އެއްނުންތަ ފިންގަރ ޕްރިންޓް މިދެނީ. ޖެއްސުން ކުރާބައެއް
ހުސައިން
03 August 2025
500 ޕަސެންޓް ތެދުވާހަކަ, އެކަން ފިމާވޭ, ބޭބޭ, ކޮށްކޯ, މިކަން ކޮށްލަދީބަށް. މީވާ ކަމެއް.
އަހުމަދު.
03 August 2025
އޮސްޓެރޭލިއާ ގައި ތިބެފައިވެސް މާލޭ މީހުން ފުލެޓް އެއްބަސް ވުމުގައި ސޮއިކުރަން އެބައާދޭ. އެމީހުން ފުލެޓަށް އެންމެ ލާރިއެއްވެސް ނުދައްކާ 18 ހާސް ރުފިޔާއަށް 3 ކޮޓަރި ފުލެޓް ކުއްޔަށް ދީފައި އެފައިސާ ގެންދާނީ އޮސްޓެރޭލިއާ އަށް.
ހަނީފު.
03 August 2025
އެމީހާގެ ނަން ބުނެބަލަ ؟
ދެރަ
03 August 2025
ވަންނާނެ ހިޔަލެއް ނެތިގެން އިންނާނެ މީހެއް ނުވެފަ ހުރި ދެކުދިންގެ އެކަނިވެރި މަންމައަކަށް ހެޔޮ އަގަކަށް ފްލެޓް ލިބޭ މީހަކު 1 ކޮޓަރި ކުއްޔަށް ދެވިދާނެތޯ
މަ ބުނީ
03 August 2025
މަ ބުނީ ރައްޔިތުންގެ ވިޔާނުދާ ކަމުން ސޮއިކުރަންޖެހޭ ދުވަހާއި ގަޑިއަށް ނުދަނީއޭތޯ ތިބުމަކީ ؟
އެކޮއި
03 August 2025
ތިވެސް ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައި އޮތްކަމެއް. އީ ފާސްއަކާ ފަހިދިރިއުޅުމަކާ ކިޔާ ފާޑުފާޑުގެ ސޮފްޓްވެއަރގެ ތެރެއިން ތިޔަކަން ކުރަންޖެހުމުން ރައްޔިތުންގެ ތެރެއިން ގިނަމީހުންނަށް ވަނީ އެކަން ކުރަން ނުކުޅެދި، އެނެކާ ގާތު މިކަން ކޮށްލަދޭށޭކިޔާ އާދޭސްކުރަންޖެހިފައި. ގިނަމީހުން ކޮމްޕިއުޓަރާއި އިންޓަނެޓަށް ފަރިތައެއްނޫން. ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ކުރާ ޖެއްސުމެއް މީ.
ޖައުފަރރް
04 August 2025
މިއީ ސަރުކާރުން ކުރާ ޖެއްސުމެއްނޫން. މިފަދަ ކަންކަން މިކުރަނީ ޒަމާނާއެކު އަންނަ ބަދަލުތަކާއެއްގޮތަށް. ތަނެއް ރޯވިޔަސް ތިއިން އެއްޗެއް ގެއްލުނަސް މި ނިޒާމްގެ ދަށުން އަބަދުޗވެސް އެކްސެސް އޮންނާނެ. މިއީކީ ރޮކެޓް ސައިންސެއްނޫން.
ނަފާ
03 August 2025
ތިފުލެޓު ތަކަކީ ގާނޫނާ ހިލާފައް ދޭ ފުލެޓް ތަކެއް ފުލެޓް ތައްދީފަހުރީ ރަގަޅަށްތޯ ބެލުމަށް ދޮޅުއަހަރު ވަންދެން ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރިއިރު 88% ދީފަހުރީ ރަގަޅަށްނުންކަން ރިޕޯޓުން ހާމަވި އިރުވެސް އެއަށް ބެލުމެއްނެތި ފުލެޓްތައް ދޭންނިއްމީ ކޮންފަރާތަކުން އައިއަމުރަކަށްތޯ؟
މްޔާތު
04 August 2025
ޖަވާބު ނޭނގިގެންތަ ތި ސުވާލު ކުރީ؟ ނޫނީ މަ ލައްވާ ބުނުވަންތަ؟
އޮނަރަބްލް އަފީފު ދީދީ
03 August 2025
އެޗްޑީސީ އަކީ ދައުލަތުގެ ކުންފުންޏަކަށް ވާއިރު ކުންފުނީގެ ސީނިއަރ މެނޭޖްމަންޓާއި ކުންފުނީގެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ ފަރާތް ތަކުން "ކުންފުންޏަށް ގެއްލުން ވާގޮތަށް" ކުންފުނީގެ ކަންކަން ރާވާ ހިންގަމުންދާނަމަ ކުންފިނިތަކުގެ ބަލަދުވެރި ފަރާތް ކަމަށްވާ ފިނޭންސް މިނިސްޓްރީގެ ވަޒީރަކަށް ހުންނަވާ ބޭފުޅާ މިކަންކަންނރަމގަޅު ކުރަން މަސައްކަތް ކުރައްވަން ޖެހޭނެ. އެޗްޑީސީގެ ސަބަބުން ދިވެހި ދައުލަތް މިހާރު އޮތީ ބަޤުރޫޓު ވާފަދަ ހާލަތަކަށް ވެއްޓިފައި.