ފްލޓް ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއި ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 ޖުލައި 2025 - 12:19
މި އަހަރުގެ މިނިވަންދުވަހުގެ ބަންދު ދުވަސްތަކަށް ފަހު، 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން މިއަދު އަލުން ފަށައިފި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާނުކުރުންhttps://t.co/7NwlTUHL4U
— Ministry of Construction, Housing & Infrastructure (@MoCImv) November 4, 2023
މިދިޔަ ހަފުތާ ބަންދާއި މިނިވަން ދުވަހަށް ސަރުކާރު ބަންދުވުމާ ހަމައަށް އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ފަރާތުން އެ މުއްދަތާ ހަމައަށް އެފްޑީސީ އަށް ނަން ފޮނުވާފައިވާ މީހުންގެ ތެރެއިން 71 މީހަކާ އެކުގަ އެވެ.
އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު އެފްޑީސީން ބުނެފައި ވަނީ އެ ދުވަހާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރު 2،665 މީހެއްގެ މައުލޫމާތު ފޮނުވާފައިވާ ކަމަށެވެ.
އެހެންވެ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ 2،665 މީހުންނާ އެކު ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިނިވަން ދުވަހުގެ ބަންދަށް ފަހު މިއަދު ސަރުކާރު ހުޅުވުމާ އެކު ފަށާފައިވާ ކަމަށެވެ.
"އެ 2،665 މީހުންގެ އިތުރުން ހައުސިން މިނިސްޓްރީން އަދި އިތުރު ނަންތަކެއް ނުލިބޭ. އެހެންވެ، 2،665 މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ޝެޑިއުލް ކޮށްގެން މިއަދު މި ފެށީ،" ހަމްދާން ވިދާޅުވި އެވެ.
ގެދޮރުވެރިޔާގެ ޓަވަރުތަކެއް.--
ނަމަވެސް ބައެއް މީސްމީހުންގެ މައުލޫމާތު ފުރިހަ ނުވުން ފަދަ ކަންކަމާ ހެދި އަދިވެސް ސޮއިކުރުން ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭ ކަމަށް ހަމްދާން މިއަދު ވެސް ވިދާޅުވި އެވެ. އެ މައްސަލަ ބޮޑުވެފައިވާތީ ފްލެޓަށް ޝަރުތު ހަމަވެފައިވާ މީހުން ހޭލުންތެރި ކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށަން އެފްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.
އެފްޑީސީން އަންގާ ތަރުތީބުން އެއްބަސްވުންތަކުގައި ސޮއިކުރަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ލިޔެކިޔުންތައް ފުރިހަމަ ނުވާ މައްސަލަ ބޮޑުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވަރަށް ބޮޑަށް ދިގުލައިގެން ދާތީ، އެންމެން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑިސީން ވަނީ އެދިފަ އެވެ.
އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް އެފްޑީސީން ބުނީ ސޮއިކުރަން ދާއިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމެވެ. އޭގެ ތެރޭގައި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުގެ މައްސަލަ ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
ގެދޮރުވެރިޔާ ފްލެޓެއް.--
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
- ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ އެވެ. ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން ދިނުމުން ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ ކަމަށާއި ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް މިނިފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދެ އެވެ. މިހާރު ކުރިއަށް ގެންދަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއެރާޒޫލޫ
29 July 2025
ބައެއްމީހުން މާލޭގައި ދިރިއުޅުނު މުއްދަތުގެ މެދު ކެނޑިފައި އެބަހުއްޓޭ ކިއާފައި ކޮންމެވެސް ބަހަނާތަކެއް ދައްކާ ފްލެޓް ނުދޭން މިސަރުކާރުން ނިންމާފަވާއިރު، ރާއްޖެއިން ބޭރުގައި އެތައް އަހަރެއްވަންދެން ދިރިއުޅެފައި ރާއްޖެއަށް އައިސް އުފަންރަށުގައި އުޅެފައި މާލެއަށް ބަދަލުވެ ފިރިމީހާއަށް ހަމަހުޅުމާލެއިން ލިބިފައިވާފްލެޓްގައިދިރިއުޅެމުންދާތާ އަދި 5 އަހަރުވެސް ހަމަނުވާ މީހުންނަށްވެސް ފްލެޓް ދޭން މިސަރުކާރުން ނިންމާފައެބަހުއްޓެވެ.
ފްލެޓްބޭބެ
29 July 2025
ގިނައިން ތި ސޮއި ކުރުވަނީ ގޯތި ލިބުނު މީހުންގެ އަނބި/ފިރި މީހާއަށް ފްލެޓް ލިބުނު ކަމަށް.. ބަހަނީ ހަމަ އެއްބަޔަކަށް...
އަންދަލޫސިޔާ
29 July 2025
މިއީ ނުރައްކާތެރި ޚަބަރެއް. ލިސްޓްތައް ޢާންމުކުރަންޖެހޭ. ކުރީ ސަރުކާރުގެ ލިސްޓްގައި ވެސް މި ސަރުކާރުގެ ލިސްޓްގައި ވެސް ވަކިބަޔަކަށް ފްލެޓް ދޭން އުޅޭކަން ޔަޤީންވޭ. މިހާރު ކުރީ ސަރުކާރު ބޮލުގައި އަޅުވާފައި މި ސަރުކާރުން ބޭނުން ބަޔަކަށް ބަހާލަނީ. އެކަމާހުރެ، އަޅުގަނޑުމެންނަށް ސޮއިކުރާކަށް ނާދޭ! ޕޮއިންޓަށް މަކަރު ހަދައިގެން ތިބި މީހުންނަށް ފޮނުވާފައި އަޅުގަނޑުމެން ޝަރުޠާ ޕޮއިންޓް ހަމަވާ މީހުންނަށް ނުފޮނުވަނީ ކީއްވެތޯ؟
ފިޔަވަޅު
29 July 2025
ބާކީ ފުލެޓް ތައް ދޭންޖެހޭނީ ހިޔާފުލެޓް ލިޔުން ލިބި އެ ފުލެޓް އަތުލާފަ ތިބި މީހުންގެ ތެރެއިން މި 4000 ފުލެޓައް ކުރިމަތި ލާ ޝަރުތު ހަމަވި މީހުންނަށް . އަހަރެމެން މާލޭގަ އުލޭތާ 20 އަހަރު ވީފަހުން އައި މީހުންނަށް އިބޫ ހިޔާ ފުލެޓް ދިނީ އަހަރެމެން އަތުން އަތުލާފަ . ކުށަކަށްވީ އމޑޕ އަށް ވޯޓް ނުދޭނަމޭ ބުނުން . . ޢެކަމް މާލެ އައިސް ކިރިޔާ 15 އަހަރު ވީމާ ވެސް 4000 ގަ ހިމެނިފަ . ކޮބައިތޯ އިންސާފް .
ޢަރުތަ
29 July 2025
ހުޅެމާލެއިން، އެއްވެސް އިރަކު އެއްވެސް ވެރިކަމެއްގަ އިންސާފު ވެރިކަމާއެކު އެއްމެ ޙައްޤުވެރި ފަރާތަށް ބޯހިޔާވެހިކަން ނުދޭ، މިހާތަނަށް ހުޅުމާލެއިން ދީފަވާ ބޯހިޔާވެހިކަމުގައި އެއްވެސް އިންސާފެއް ނެތި މަކަރާ ހީލަތުން ވަރަށްގިނަ ފަަރާތްތަކަށް ވަނީ ބޯހިޔާވެހިކަން ދީފަ، މީ ޙަޤީޤަތް.
ސަދަނީ
29 July 2025
އަޑު އިވޭ ކުރީގެ އެއްވސް ލިސްޓެއްގަ ނެތް މީހުންނަށް ވެސް ފްލެޓް އެއްބަސްވުމުގަ ސޮއި ކުރަން ގުޅާ ވާހަކަ. މިއީ ބޮޑު އޮޅުވާލުމެއް
ޢަރުތަ
29 July 2025
ރަނގަޅު ވާހަކައެއް، ތީހަމަ ތިކަން ހިނގާގޮތް، ކުރިންވެސް މިހާރުވެސް އަދި ފަހުންވެސް، ބޯހިޔާވެހިކަން ސަރުކާރުތަކުން ފޯރު ކޮށްދިނުމަގައި އެއްވެސް އިންސާފެއް ނެތް.
ޓިނު
29 July 2025
މިހާރުދެން މިވާހަކަ ހުއްޓަންވެއްޖެއްނު، ރައީސް މީހާވެސް ދެދުވަހަކު އެއްވާހަކައެއް ނުދައްކާ
އެނަލިސްޓު
29 July 2025
4 ދުވަހުން 71 މީހުންނާއެކު އެއްބަސްވުން ހެދުނީ.. އެ ރޭޓުން ދަންޏާ މިހާރު ހުރި 2665 މީހުންނާއެކު އެއްބަސްވުން ހެދޭނީ 148 ދުވަހުން.. އެއީ ގާތްގަނޑަކަށް 5 މަސް ދުވަސް.. ޖުމްލަ 4000 މީހުނާއެކު އެއްބަސްވުން ހަދަން ނަގާނެ 7 ނޫނީ 8 މަސް ދުވަސް..
ސަމާހް ހަސަން
29 July 2025
ފްލެޓް ދީ ހައްގުވެރިންނަށް ދީ އަދި އިތުރަށް އަޅާ ރައްޔިތުންގެ ބޯޙިޔާވެހިކަން ކަށަވަރު ކުރާނެ މިސަރުކާރުން
ތިބިޔާން މުހައްމަދު
29 July 2025
ފްލެޓް ހައްގުވެރިންނަށް މި ސަރުކާރުން ދޭނެ. އެއްވެސް ޝައްކެއް މިހާރު ނުކުރަން.
ޢަރުތަ
29 July 2025
ޙައްޤުވެރިންނަށް ދޭގޮތަށް ޙައްޤުވެރިންނަށް ނޫނަސް ދޭނެ، ހުރިހާ ސަރުކާރަކުންވެސް އެކަން ކުރަނީ އެގޮތަށް.
ލިހާޒް މުހުސިން
29 July 2025
މަ ގަބޫލް ކުރާ ގޮތުގައި އިބޫ އަށް ލިބޭނީ މި ފްލެޓްތަކުގެ 15 ވަރަކަށް ޕަސެންޓްގެ ކްރެޑިޓް. އެހެން ހުރިހާ ކަމެއް ކުރީ މި ސަރުކާރުން. ވަރަށް ބުރަކޮށް އުޅެ