ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ފްލެޓުތަކަށް ކުރިން ކަނޑައެޅި ކުއްޔަށް ބަދަލުކުރަން އިބޫ ގޮވާލައްވައިފި

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލި، ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ބަދަލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

އެ މަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އޭރު ފެށި ގެދޮރުވެރިޔާ ސްކީމުން ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުއްޔަށް ކަނޑައެޅީ 7،000ރ. އަދި އަދި މެއިންޓެނަންސް ފީއަށް 1،000ރ. ކަމަށެވެ.

ދެ ކޮޓަރިއަށް 5،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. އެވެ.

އޭގެ އިތުރުން، ފްލެޓަށް ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނު ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމަށް ކުލި ދައްކަން ޖެހޭނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ފަހުން ކަމާއި ފްލެޓު ލިބޭ މީހުންނަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާކަށް ނުނިންމާ ކަމަށް ބަޔާނުގައި ބުންޏެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ ކުއްޔާއި މެއިންޓެނަންސް ފީ ބޮޑުކޮށް އަދި ޑިޕޮސިޓު ނަގަން ފަށައި، 4،000 ފްލެޓު ލިބޭ މީހުންނާއެކު މިދިޔަ ހަފުތާގައި އެގްރިމެންޓުގައި ސޮއިކުރަން ފަށައިފަ އެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިހާރު ޖެހެނީ 7،000ރ. އަދި މަރާމާތުކުރުމަށް 1000ރ. އެވެ. އެ ތަންތަނަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދައްކަންޖެހެ އެވެ.

ތިން ކޮޓަރިއަށް ކަނޑައަޅާފައިވާ ކުއްޔަކީ 9،500ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1،500ރ. އެވެ. އެޑްވާންސްގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 25،000ރ. ދައްކަންޖެހެ އެވެ.

އެކަންކަމުގެ އިތުރުން، ވަކި ދުވަހެއްގެ ފަހުން ކުލި ދައްކާ ނަމަ އެ ކުލި ބޮޑުވާނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ނަމަވެސް، އިބޫގެ އޮފީހުން ބުނީ އެ ބަދަލުތައް ގެނައުމަކީ ދަތި ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ވާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

އެހެންވެ، އެ ކަންކަން ބަދަލުކުރުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

"ދައުލަތުން ނިންމާފައިވާ އާއްމު ރައްޔިތުންނާ ގުޅުން ހުރި އެފަދަ ނިންމުންތައް ބަދަލުކުރުމަކީ ދައުލަތުގެ މައްވަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ. ވީމަ، ކުރިން ކަނޑައަޅާފައިވާ ކުލި ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

ފްލެޓުތަކުގެ މައުލޫމާތު ހިއްސާކުރަން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުލީގެ އަދަދު ކުރިން ހާމަކޮށްފައިވަނީ އެސެސްމަންޓް ހެދުމަށް ފަހު ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅަކަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000ރ. ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ހިންގަންޖެހޭނީ ދައުލަތަށް ބުރަނުވާ އަދި ދެމެހެއްޓެނިވި ގޮތަކަށެވެ.

"މި ދެންނެވި އަދަދަށް ބަލާނަމަ ވެސް ލޯނު ދެއްކުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ސަބްސިޑައިޒްކުރަން ޖެހޭ،" މުއްތަލިބު ވިދާޅުވި އެވެ.

32 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަންރީތި

27 July 2025

އިބޫ ސަރުކާރުން ޓީޗަރުންނަށް ދިން ފުލެޓް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމާ ހަވާލުވާން ކެރޭނެތަ؟ މަހުޝަރުގަވެސް އިބޫއަށް ދެރަގޮތްވާން އެދޭނަން. ވެރިކަން ވެއްޓިގެން ދިޔައީ އިންސާފުން ބޭރުވެ ނިކަމެތިންނަށް އަނިޔާވެރިވީމަ.

The name is already taken The name is available. Register?

މީހާ އައްޑޫ

27 July 2025

ކުރިން ރައިީސް ޔާމީން ދުވަސް ވަރު ބުރިޖް ހުޅުވި ދުވަހު ފެނުނު ކުލަތަކާ މަންޒަރު މާރީތި ކަންނޭގޭ.ދެން އަނެްހެން އޯކޭ.

The name is already taken The name is available. Register?

ބަކުރުު

27 July 2025

ލަދު ހަޔާތް ކުޑަ ކަލޭގެ ޔާމީނު ހިއްކި ބިމުން އެމްޑީޕީގެ އެކްޓިވިސްޓުންނަށް ހިލޭދިން ރައްޔިތުންގެ ބިންތައް އަތުލުމަށް ގޮވާލަން.

The name is already taken The name is available. Register?

އަދުލްއިންސާފު

27 July 2025

ރާއްޖޭގެ ފަހުގެ ތާރީހުގަ ގައުމައް އެންމެ ބޮޑު ގެއްލުމެއްދިންބަޔަކީ ސޯލިހުގެ ސަރުކާރު. ފޮޓޯއިން އެފެންނަނީ މިކަމުގެ އިސް ތިން އާރުކާޓީން. ސޯލިހު ސަރުކާރުން ބަހާލި ގޯތިތަކާއެކު ގައުމުގެ އިޖުތިމާއީ އަދުލްއިންސާފު ނެތިއްޖެ. ގައުމުގެ ކުރިމަގުގެ ތަރައްގީއައް ކަޅުހިޔަންޏެއް އެޅިއްޖެ. ލިބޭނެ އެއްޗަކުން ނުދެއްކޭނެ ބޮޑުދަރަންޏަކުން ރައްޔިތުންބެދިއްޖެ މިއަދު ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދެއްކުމައް ރައްޔިތުންނައް އޮތް އެންމެބޮޑު އުޒުރަކައް މިކަންވެއްޖެ.

The name is already taken The name is available. Register?

މިއީނޫންތޯމިކުރާކަމަކީ

27 July 2025

ފްލެޓްގެ ނަމުގަ ގޯތީގެ ނަމުގަ މުޅިންވެސް އޮންނަނީ ރައްޔިތުން ޖަޒުބާތުގަ ޖެއްސުން. ވެރިކަމުން ފައިބައިގެން ދަމުން ހިލޭ އަގުބޮޑު މުދާ ބަހާފަ އަންނަން އޮތް ސަރުކާރު ބޮލުގަ ދަރަނިމައްޗަށް ދަރަނިއަޅުވާފަ ދަރަނީގެ ދަންތުރައިން ސަލާމަތްވަންޏާ ހަދާފަ ދޭންހުރިތަންތަނުގެ އަގުމަތި ނުކޮށްނުވާނެ ގޮތް ހަދާފަ ފައިބައިގެންދަނީި. ވެރިކަމަށް އަނެއްކާ އަންނަންވީމަ އެވީ ގައުމުދަރުވާލާފަވެސް އެއްބަޔަކަށް ކުލިކުޑަކޮށްދޭން ދެންތިބިބަޔަކު އިންފްލޭޝަން ގަ ޖައްސަން

The name is already taken The name is available. Register?

ހުތްއާދަނު

27 July 2025

މޮޅު ވާހަކަ ނުދައްކާ އެތައްބަޔަކަށް ފުލެޓް ދެވެން އޮތް ބިންކޮޅު ހިލޭ ބަހާލީ ،، ރައީސް ތީ.

The name is already taken The name is available. Register?

57)763

26 July 2025

ކޮންމެ ޓަވަރެއްގައި 2 ފްލޯ ކޮމާޝަލް ބޭނުމަށް ހުރޭ.. މުއްތަލިބް ހިސާބުޖެހި އިރު އެތަންތަނަށް ދިޔަ ޚަރަދާއި ލިބޭނެ މަންފާވެސް ހިސާބުގައި ހިމެނިބާ؟ ހީވާ ގޮތުގައި މުޅި ޓަވަރުހެ ކޮސްޓް އެތަންތަން ލިބުނު މީހުން އަތުންހެން ނަގަނީ. ސަބްސިޑީ އޭވެސް ތިކިޔަޔަނީ ހަމަ އޮޅުވާލުމަށް ކަމަށް ބެލެވޭ.

The name is already taken The name is available. Register?

777888

26 July 2025

ކުރިން ކަނޑައެޅި ކުލީގަ އެއޮތީ. ދިވެހިންނަކީ ތެދުވެރި ވައުދަށް ހުތުމަތްތެރިކަން ހިތާ ބަޔަކަށް ހަދާ ހރޔޮ ޖީލަކަށް ގައުމު ދީއްލާލުމަށް ކުރަންޖރހޭ ކަމެއް އަދަބެއް އޮތުމަކީ. ބޭނުން މީހަކު ކުޑަ ކުލީގަ އުޅެންވީ. ނޫންނަމަ ބޮޑު ކުލި ނުވަތަ ފުލެޓް ބީވެން ދިއުން. ޢަމިއްލަ އިހްްތިޔާރު އެއީ.

The name is already taken The name is available. Register?

664733

26 July 2025

ކުރިން ކަނޑައެޅި ކުލިއެއްނޫން އެއީ

The name is already taken The name is available. Register?

ފުރޭތަ1

26 July 2025

އިންތިހާބުން ބަލިވީމަ އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ކީ އަގުތަކެއްގެ ވާހަކަ ތިދައްކަނީ. ކުރިން ދީފަ ހުރި ފުލެޓު އަގުތައް އެއްހަމަވާންޖެހޭ. ރަށްޔިތުން ހަމހަމަ ކުރަންޖެހޭ. ވޯޓު ހޯދަން އެނމެން ބޮލުގަ އެޅޭގޮތަށް ބޮޑު ލޯނުނަގައިން ހިއްކި ބިންތައް ބަޔަކަށް ބަހާލި މީހާ މީ.

The name is already taken The name is available. Register?

މިމީހާ

26 July 2025

ބިންތައް ހިލޭ ބެހީކީއެއްނޫނެއްނުން. އެހެނީ އެ ބިންތަކުގެ ކުލި އަތުލަނީ ފުލެޓްތައް ލިބުނު މީހުންގެ އަތުން. ކިހާ ސަޅި.

The name is already taken The name is available. Register?

ދިއްދޫމީހާ

26 July 2025

ތިބޭޅާ ހިޔާ ފުލެޓް އަދި ވިނަރެސްގެ އަގު ބޮޑުކުރީ ކީއްވެގެންތޯ؟ވެރިކަން ގެއްލުނީ ހަމަ ކޮސްގޮވަން ފެއްޓީދެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454