24 ޖުލައި 2025 - 20:55
ފަހި ދިރިއުޅުން ކޯޕަރޭޝަން ހުޅުމާލޭގައި އިމާރަތްކުރަމުން އަންނަ ފްލެޓުތަކަށް ކުލި ނުދައްކާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ އެ އެޕާޓްމަންޓު އަތުލަން ކޯޓަށް ހުށަހެޅޭނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ކުންފުނިން ހުޅުމާލެ 2 ގައި ހަދަމުން 4،000 ފްލެޓު ލިބޭ މީހުން ފައިނަލްކޮށް، އެގްރިމެންޓުގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ. އެއަށްފަހު، އެޕާޓްމަންޓަށް ޑައުންޕޭމަންޓު ދެއްކުމުން ތަޅުދަނޑި ހަވާލުކުރާނެ އެވެ.
ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަދާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، ހަދަމުން އަންނަ މި އެގްރިމެންޓާ ގުޅޭގޮތުން، ހަމްދާން "މިހާރު"އަށް ވިދާޅުވީ އެޕާޓްމަންޓަށް ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކާތާ 30 ދުވަސް ވެއްޖެނަމަ، އެކަން ފުރިހަމަކުރަން 30 ދުވަހުގެ ނޯޓިހެއް ފޮނުވާނެ ކަމަށެވެ.
އެއަށްފަހު، އިތުރު 30 ދުވަސް ވެއްޖެނަމަ ދެ ވަނަ ނޯޓިސް ފޮނުވާނެ ކަމަށާއި އަދި އެއަށްފަހު ފައިނަލް ނޯޓިސް، އޭގެ 15 ދުވަސް ފަހުން ފޮނުވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއްދަތުތަކުގެ ތެރޭގައި ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކައިފިނަމަ، އެގްރިމެންޓު ބާތިލްކޮށް އެޕާޓްމަންޓު ހުސްކުރުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަދަބެއް ދިނުމެއް ނޫން މީގެ ބޭނުމަކީ. ކުލި ހޯދުން މައިގަނޑު މަގުސަދަކީ. ކުލި ނުދައްކަނީ ހަގީގަތުގައި ވެސް ކުލި ނުދެއްކޭތީ ކަމަށް ވަންޏާ އެކަމަށް ވެސް ފައިނޭންޝަލް ޕްލޭންތަކެއް، ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ،" ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީގެ އެމްޑީ ޝަކީލް (ކ) އަދި ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު.---ފޮޓޯ: ރައީސް އޮފީސް
ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެ ފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓު ކުއްޔަށް ނުވަތަ ފުލް ސަބްލީސަކަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ ކަމަށް ވެ އެވެ.
ހަމްދާން ވިދާޅުވީ މި ފަހަރުގެ އެގްރިމެންޓު ވެސް ހަދާފައިވަނީ އެކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ. އެހެންވެ، އެއާ ހިލާފުވެއްޖެނަމަ އެފްޑީސީއާއެކު އެ ފަރާތުން ހަދާފައިވާ އެގްރިމެންޓު ވެސް ބާތިލްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އެޕާޓްމަންޓެއް ކުއްޔަށް ދޫކޮށްފިނަމަ އެގްރިމެންޓާ ހިލާފުވި ކަމަށް ނިންމައި ފިޔަވަޅު އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެފްޑީސީން ވަނީ ބަރާބަރަށް ކުލި ދައްކާ މީހުންނަށް ސަބްސިޑީ ލިބޭނެ ގޮތްތައް ވެސް ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން، އެ މަހެއްގެ 10 ގެ ކުރިން ދައްކައިފިނަމަ އެ މީހަކަށް ސަބްސިޑީގެ 100 ޕަސެންޓު މަންފާ ލިބޭނެ އެވެ. އެއަށް ފަހުން، ކުލި ދައްކާ މީހުން ދައްކަންޖެހޭ އަދަދު ބޮޑުވާނެ އެވެ.
އޭގެ ތަފްސީލު ދެއްވަމުން ހަމްދާން ވިދާޅުވީ، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަސްލު ކުއްޔަކީ 9،000ރ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ޖެހެނީ 13،000ރ. ކަމަށެވެ. ސަރުކާރުން އިއުލާންކުރީ ސަބްސިޑައިޒްކުރި ކުލި ކަމަށާއި އެހެންވެ، އެ މަހެއްގެ 26 ގެ ފަހުން ކުއްޔާއި މެއިންޓެނަންސް ފީ ދައްކާނަމަ ބޮޑު އަދަދެއް ދައްކަންޖެހޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
މާނައަކީ، އެ މަހެއްގެ ފަހުކޮޅު ކުލި ދައްކާނަމަ ދެ ކޮޓަރީގެ ތަނަކަށް 9،000ރ. އަދި މެއިންޓެނަންސް ފީގެ 1،000ރ. އާއެކު ޖުމްލަ 10،000ރ. ދައްކަންޖެހޭނެ އެވެ. ތިން ކޮޓަރިއަށް 13،000ރ. އަދި މެއިންޓެނަންސް ފީގެ 15،00ރ. އާއެކު 14،500ރ. ދައްކަން ޖެހުމެވެ.
ސަބްސިޑައިޒްކުރުމަށްފަހު ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިހާރު ޖެހެނީ 7،000ރ. އެވެ. އެ ތަންތަނަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދައްކަންޖެހެ އެވެ.
ތިން ކޮޓަރީގެ ތަނަކަށް 9،500ރ. އަދި ޑިޕޮސިޓިގެ ގޮތުގައި 25،000ރ. ދައްކަންޖެހެ އެވެ.
ސަރުކާރުން 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް އެއްކޮށް ނިންމައިފަ އެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީރުމާ އަހުމަދު
26 July 2025
ނުކުރެވެނެ އެއްކަމެއްވެސް. ހުސް ވާހަކަ ނުދައްކާ
ގާބެ
25 July 2025
ސަރުކާރުން ދީފައިވާ ފުލެޓްތަކުގެ ކުލި ނުދައްކާ ފަރާތް ތަކާމެދު ފިޔަވަޅެއްނޭޅެނީ ކޯޓަށް ހުށްހެޅޭނެ ގޮތެއް ނެތިގެންތޯ؟ އަޖާބެއްނު!
ފުލެޓް
25 July 2025
ހިޔާ ފުލެޓުގެ އެގުރިމެންޓުގައި ވެސް ވަނީ 3 މަސް ދުވަހު ކުލި ނުދައްކައިފި ނަމަ ތަން އަތުލުމަށް ކޯޓަށް ދެވޭނެ ގޮތައް ތޯއެވެ؟
އޮނަރަބްލް އަފީފު ދީދީ
25 July 2025
ހުކުރު ދުވަހުގެ ހުތުބާގައި މަކަރާއި ޙީލަތް ހެދުމާއި، ދޮގު މައުލޫމާތު ދީގެން ފުލެޓް ހޯދުންފަދަ ކަންކަން ކުރުމަކީ މުސްލިމް ދައުލަތެއްގެ މުދާ ޢަސްމުން ފޭރިގަތުން ފަދަ ނުބައި ކަމެއް ކަމާއި، އެފަދަ ފުލެޓަށް ދައްކާންޖެހޭ މަންތްލީ އިންސްޓޯލްމަންޓް ފައިސާ ނުދައްކާ އެތަންތަން ބޮޑު އަގުގައި ކުއްޔަށްދީގެން އެފައިސާ އަމިއްލައަށް ނުވަތަ އަނބި ދަރިންނަށް ކާންދިނުމަކީ ޒައްޤޫމް ކެއުން ފަދަ ކަމެއްކަން ތިރަށު މީހުނަށް ވިސްނައިދޭން މަސައްކަތް ކުރުންވެސް މުހިންމު.
ޚުޠުބާގައި އަފީފަށް ވެސް ވިސްނައިދޭންޖެހޭ!
25 July 2025
ހުކުރު ޚުޠުބާގައި ޙަސަދަވެރި ވުމުގެ ގެއްލުން އޮނަރަބްލް އަފީފު ދީދީ އަށް ވެސް ވިސްނައިދޭން އެބަ ޖެހެއެވެ. މާލޭ މީހުންނާއި ޙަސަދަވެރި ވީވީނުން އަފީފު ތިހުރީ ބީރު، ކަނު މީހަކަށް ވެފައެވެ. ފްލެޓާއި ގޯތި ލިބިފައި ތިބީކީ ހަމައެކަނި މާލޭ މީހުންނަށް ނޫންކަން އަފީފު ދީދީ އަކަށް ޤަބޫލެއް ނުކުރެވެ އެވެ. 16 އަހަރު ކުރިން ރާއްޖެތެރެއިން ދެމަފިރިއަކު މާލެ ބަދަލުވެ އެމީހުންނަަށް ލިބުނު ދަރިފުޅު ފުރަތަމަ ވެސް މާލޭގައި ޖެއްސުމުން ގޯތި ލިބިފައި އެބަހުއްޓެވެ.
ސަރަންދީ
25 July 2025
ހުރިހާ ވެސް މައްސަލައަކީ ސަރުކާރުން ގަވާއިދު ތަންފީޒުނުކުރުމާއި ގަވާއިދު ހަދާ އޮޅުން ނާރާ ކުލިއަރ ކޮށް ކަނކަން ސާފްކޮށް ނުދޭކަން. ކުލިނުދައްކާ އުޅޭކަމަށްވަންޏާ ތަނުގައި ނުތިބެވޭނެކަން އެތަނަށްވައްނަ މީހާއަށްވެސް އެގެންވާނެ. ދައުލަތަށް ހޯދަން ޖެހޭ ފައިސާ ސަރުކާރުން ކަލެކްޓްނުކުރާ ކަމުގައިވާނަމަ ސަރުކާރުގެ އަގެއްނެތް. ބޭރުކުރަންޖެހޭ.
ފުލެޓްދޮންބެ
25 July 2025
ގޯއްޗާއި ފްލެޓްވެސް ތިދެނީ އެއް ބަޔަކަށް.. ފިރިމީހާއަށް ގޯތި އަނބިމީހާއަށް ފްލެޓް. އެމް ޑީ ޕީ އިން ހޭވި ހުރިހާ ހަޑިއެއްގަ ޖެހިއްޖެ..
ުހވވހބހބޗ
25 July 2025
އަދިވެސް ހިލޭ ބިން ބަހާ. ނަސްލީ ތަފާތު ބޮޑުކޮށް ހިލޭ ބަހާލި ބިންތަކުގަ ހިލޭ ދިހަބުރިއަށް ގެތައްވެސް ސަރުކާރުން ހިއްލާލަދޭންފެނޭ. މާލެ ބޭފުޅުން އުފާކޮށްދިނުމަކީ އިބްރާހިމާ މުއިއްޒުގެވެސް ހަމައެކަނި ސިޔާސަތު. މާލެ ބޭފުޅުން ނޫންބަޔަކު މިގައުމުގަ އުޅުމަކީ ހަރާންކަމެއް ފަދަ
ޔައިލާ
25 July 2025
މާލޭގެ ހުރިހާ ރައްޔިތުންނަށް ހުޅުމާލެ އިން ބިމެއް ނުލިބޭ... އެމްޑީޕީ ގެ ބޮޑުންނަށް ހުޅުމާލެ އިން ދީނީ... އާދައިގެ މާލޭ މީހުންނަށް ލިބުނީ ސީދާ ކަނޑުން... ގިރާވަރުފަޅުން ލިބުނީ ކަނޑުގެ ސަރަހައްދެއް... ހިޔާ ފްލެޓް ވެސް ލިބުނީ ގިނައިން މާލެ ނޫން މީހުންނަށް.. މާލޭގެ ގިނަ ރައްޔިތުންނަށް ލިބުނީ ގުޅީފަޅު އަދި ހާއްސަކޮށް ގިރާވަރުފަޅުން
538368
25 July 2025
ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް އެއްގޮތަކަށް ތިކަން ކުރާކަމުގައި ވާނަމަ ތިގޮތްވެސް ހަމަ ރަނގަޅު. ޥަކި ބަޔަކަށް ތިހެންހަދާފަ ދެން ތިމާމެން ރުހޭ އެހެންބަޔަކަށް އެހެން ގޮތައް ހަދާކަމުގައިވާނަމަ މިގައުމުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކޮރަޕްޝަނަށް ބޭނުން ކުރާކަމަށްވާނީ. ތަފާތުކުރުން ގެންގުޅެގެން ނުވާނެ
ކޮޓީން
25 July 2025
ހަމަ ތިގޮތަށް، ޓަވަރުތަެއް މެއިންޓެއިން ނުކުރަންޏާ އެޗްޑީސީ ގޮވާގެން ވެސް ކޯޓަށް ދާންވާނެ. ޙިޔާ ފުޅެޓަށް ބަރާބަރަށް ލާރި ދަށްކަމުން މިދަނީ އެކަމު ޓަވަރުގެ ސެކިއުރިޓީ އެއް ނެތް. ބޭސްމަންޓުގައި ސައިކަލު ހުއްޓާ އެތައްފަހަރަކު ސައިކަލަށް ގެއްލުމްފީފި. ޓަވަރުގެ ސިޑި ގޮޅީގައި ކުނިބުނި އެތައް ދުވަހެއްވަންދެން އެބަހުރި. ޚޮބާތޯ އަޅުގަނޑަށް އެޗްޑީސީގެ ފަރާތުން ލިބެންޖެހޭ ހައްގުތައް؟ ޤާނޫނުން ބުނާ އެންމެދު އިމާރާތްގެ ވެރިންގެ ކޮމިޓީ ހިޔާގައި ކޮބާތޯ؟
ލޯޔަރު
25 July 2025
މަ ނަމަ ދާނަށް ކޯޓަށް! ފަހި ދިރިއުޅުމުން ފްލެޓެއް ދީފަ އޮތީ.. ރަނގަޅަށް މެއިންޓެއިން ނުކުރަންނާ މަ އަބަދު އުޅޭނީ އެ މީހުން ގޮވައިގެން ކޯޓުގައި..
އޮނަރަބްލް އަފީފު ދީދީ
25 July 2025
ކޯޓަށް ދިއުމުގެ ފުރުސަތު ނެތިގެންތޯ ދައުލަތް ދަރަނިކޮށް އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ހުޅުމާލޭގައި ހަދާފައި ހުރި ފުލެޓްތައް ކ.މާލޭ މީހުނަށް ދިނުމުން އެމީހުން ބޮޑު އަގުގައި އެތަންތަން ދެވަނަ ފަރާތަކަށް ކުއްޔަށް ދީފައި މަހުން މަހަށް ފުލެޓަށް ދައްކާން ޖެހޭ ފައިސާ ނުދީ އެތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާ ކަމުން ގެންދާއިރު އެމީހުނަށް ނޯޓިސްނުދީ އެމީހުންގެ މައުލޫމާތު އާންމުކޮށް ފައިސާ ހޯދަން މައްސަލަ ކޯޓަށް ނުވައްދަނީ؟!