މިނިސްޓްރީން ބުނީ ނޮވެމްބަރު، 16، 2023 ގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑަނާޅަނީސް 75 އަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައިވާ ކަމަށެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާގެ ފްލެޓްތަކެއް: މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުން. -- ފޮޓޯ | މިހާރު
04 އޯގަސްޓް 2025 - 16:54
ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅައި އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، 76 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންގެ ތެރޭގައި ގުރުއަތުގައި ހިމަނާފައި ނުވާ ފަރާތްތަކެއް ތިބުމުން، އެ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށެވެ. އެއްބަސްވުންތަކުގައި މިހާރު ސޮއިކުރަން ފަށާފައިވިޔަސް 75 ޕޮއިންޓް ލިބުނު މީހުންގެ ފްލެޓާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ 76 އަށް ވުރެ މަތިން ލިބުނު މީހުންގެ ފްލެޓްތައް ކަނޑައަޅައި ނިމުމުން ކަމަށެވެ.
އެހެންވެ، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނާ އެކު އެއްބަސްވުމުގައި ސޮއިނުކޮށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނީ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބިފައިވާ ފަރާތްތަކަށް ކަމަށް މި ސްކީމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރާނެ ވެސް އޮތީ އިއުލާންކޮށްފަ އެވެ.
ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފްލެޓް ދޭން ނިންމާފައި ވަނީ 73 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
މިގޮތަށް މިކަން އިއުލާންކޮށްފައި އޮތަސް، ހައުސިން މިނިސްޓްރީން ބުނީ ގުރުއަތު ނެގިއިރު، ގުރުއަތުގައި ނުހިމެނި ފްލެޓް ލިބެން ޖެހޭ ބަޔަކު ވަނީ އުނިވެފަ އެވެ.
މިނިސްޓްރީން ބުނީ ނޮވެމްބަރު، 16، 2023 ގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑަނާޅަނީސް 75 އަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައިވާ ކަމަށެވެ.
މި ސްކީމުގައި 76 މާކްސް އަށް ވުރެން މަތިން ލިބުނު މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާތީ، ފުރަތަމަ އެ މީހުންނަށް ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެެއް ކަމެއް މިނިސްޓްރީން ނުބުނެ އެވެ.
"އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅައި އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިއްފުށީ ރަޤީބު
05 August 2025
ގާދިއްފުށީ ރަޤީބު(އެމްޑީޕީ ދާއިރާ ރައީސް)ގެ ލިސްޓަކަށް އެ ރަޤީބެއްގރ ވަންހަ ދިލަކޮޅު ކުރިން އެތަން މިތަނުން ގަނެފަޔާ ޝޯސަލްފްލެޓާ ވިނަރެސް ލިބިފަ ހުއްޓަސްނެތަސް، ރަށުގެތަކުގަ ގެސްޓުހައުސްތައް ހަދައިގެން ލާރިހޯދަމުން، ޝަރުޠެއް އެހެންކަމެއް ބެލުމެއްނެތި، މާލޭގަ 15 އަހަރު ވިޔަސް ދަރިއެއްނެތަސް ލަންކާގަ އިހަށް ދުވަހު މާލެއައި އަނބިދަރިންނަށް ދާންދެން އަނބިފިރިދަރި ގާތްތިމާގެރައްޓެހިއަވައްޓެރިންނާއެކު އެތަށްބަޔަކަށް ފްލެޓް އެލިބެނީ މީ ތަރިކަ މުދާތަ؟
ގޯތި
05 August 2025
ގޯތި ލިބުނު މީހާގެ އަނބި/ފިރި މީހާއަށް ފްލެޓް ލިބިގެން ނުވާނެ.. މިހާރުވެސް އެފަދަ އެތަައް ބަޔަކު ފްލެޓް ސޮއި ކޮށްފި
އޭނާގެ ފްލެޓް
05 August 2025
76 ޕޮއިންޓް ލިބުނު ކޮންމެ މީހަކަށް ފްލެޓް ދޭކަށް ނުޖެހޭ.. ދެމަފިރިން ކުރިމަތިލީމަ 76 ލިބޭނެ 2 މީހުންނަށްވެސް.. ޤަވާއިދު ބުނާގޮތުން އެކަކު ފްލެޓް ދޫކުރަންޖެހޭ.. އެހެންކަމަށް ވާނަމަ އެކަކު ބާކީވާނެ. އެ 2 މީހުންނަށް ފޮލެޓް ލިބިގެންނުވާނެ
ކުރީގެ ފްލެޓް
05 August 2025
ކުރީ ސަރުކާރުން ދެމި ގުއިރޯނުގަ މިސަރުކާރުން ޖެހިއްޖެ ހަމަ ރަނގަޅަށްވެސް.. ބަޔަކު ހޭވި ހަޑި ރަނގަޅު ކޮށްފަ ތިޔަ ފްލެޓްތައް ދޫކޮށްބަލަ.. ދެމަފިރިންނަށް ފްލެޓް ޝަރުތު ހަމަވާނަމަ އެކަކު ފްލެޓް ދޫކޮށްލަން ޖެހޭ ކަމަށް ޤަވވާއިދުގަ އޮވޭ.. އެހެންވީމަ ގުރުއަތަށް ދާނީ އެކަކު..
އަލިބޭ
05 August 2025
އާންމު ނިކަމެތި މީހާގެ އިހުސާސްތައް މިވަނީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައި. މި ބައި މީހުން ހަދާން ނެތުނީ ނިކަމެތިންނަށް ހާލު ޖައްސާފައި މިމީހުންނަށް ހަމަ ނިދި ފަހުން ނުނިދޭނެކަން. މި މީހުންގެ ނިންމުންވެސް ބަލަން މިބޭބެ މިހުންނަނީ.
މަމަ
05 August 2025
ގަބޫލެއް ނުކުރެވެ އެމީހުން މައްސަލަ ނުޖައްސާ މިހާދުވަސް ވެދާނެކަމެއް
އިމްތިޔާކް
05 August 2025
ދުނިޔޭގައި އިންސާފު ލިބުމެއް ނެތް.
މުއާވިޔަން
05 August 2025
މިދިޔަ އެއްވެސް ވެރިޔަކު ނުކުރާ ވަރަށް ރައްޔިތުންގެ ހައްގުގައި އަދުގެ ވެރިޔާ މަސައްކަތް ކުރާތަން މިފެންނަނީ. މީ އަސްލު ރައްޔިތުންނަށް ހެޔޮ އެދުމަކީ. މިކަހަލަ ކަންކަމުން ލިބޭ ދެރައިން ސަލާމަތް ކޮށްދެނީ
އޭނަގޯސް މަރަނގަޅު
05 August 2025
ތި 4000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނަށް މާރކްސްދީ ނިންމާފިފަހުން ބެލިބެލުމުން މިއެނގެނީ 80 ނުވަތަ 90 އަށްވުރެ މަތިން މާރކްސް ލިބިފައިވާމީހުން ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅައިގެންކަން އެވަރަށް މާރކސް ލިބިފަ އެވަނީ ދެން އެމީހުންނަށް ފުލެޓްނުދޭން އެ ސަރުކާރުން ނިންމި ނިންމުން ގޯސް އެކަމަކު މިސަރުކާރުން އެ ޙައްޤުވެރިންގެ ތެރެއިން މިސަރުކާރުން ދޭން ބޭނުން ނުވާ މީހުން ކަޓުވާލީމަ އެނިންމުން ރަނގަޅު؟؟؟؟
ސާނިމް މުހައްމަދު
05 August 2025
ވަރަށް ރަނގަޅު ނިންމުމެއް. ވަކި ބަޔަކު ހިންގި މަޝްރޫއަކަށް ވެގެން ދޫކޮށްގެން ނުވާނެ. ހުރިހާ އެއްމެނަކީވެސް ދިވެހި ރައްޔިތުން.
މަހްމަދު ސައީދު
05 August 2025
ބޯހިޔާވެހިކަން ކަށަވަރު ކޮށްދޭނެ ސަރުކާރަކަށް މިސަރުކާރު ވެގެންދާތަން މިފެންނަނީ.