ގެދޮރުވެރިޔާ ފަލެޓްތަކުގައި ބަޔަކު މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު
29 ޖުލައި 2025 - 18:08
ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި މިހާރު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
އެ 4،000 ފްލެޓަކީ ކުރީގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. އެފްޑީސީގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ، މިހާރު ކުންފުނީގެ ނަން ބަދަލުކޮށްފައި) އާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
އެ މަޝްރޫއުގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް ކުރިން ހިމަނާފައެއް ނުވެ އެވެ.
އެ މަސައްކަތްތަކާ ގުޅޭ ގޮތުން އެފްޑީސީގެ އެމްޑީ ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ފްލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތް ވެފައިވާ ކަމަށެވެ. ބާކީ މިހާރު ހުރީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)ގެ މަސައްކަތްތައް ކަމަށާއި މިހާރު އެ ފްލެޓްތަކުގައި ކުރަނީ އިބޫގެ ސަރުކާރުން ނުކުރަން ނިންމި ކަންކަން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
1. ބިލްޑިން ސައިނޭޖް
2. ސީސީޓީވީ ނެޓްވޯކް
3. ގާބޭޖް ޝޫޓް
4. ބޫމް ގޭޓް
5. ލޭންޑްސްކޭޕިން
6. ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން
7. އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން
8. އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން
9. ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް
10. ޝަފްޓް ޑޯ
11. އެކްސްޓާނަލް ގޭޓްސް
12. އިންޓަނެޓް އެންޑް މީޑިއާނެޓް
Udhares adhi Dhoadhi project ge masaikai vanee jumla gothehgai nimifa, baakee huri URA permit related masaikaithah. Raees Solih sarukaaruga EPC ga sign kuri iru thireegai mivaa masaikaithah vanee signing ge 1 hour Kurin uni koffa. adhi mihaaru kurevemun dhanee Raees Solih nukuran… https://t.co/ThdM5yXwLx
— Hamdhan Shakeel (@HamdhanShakeel) July 27, 2025
ހަމްދާން ވިދާޅުވިގޮތުގައި، ކުރީގެ ސަރުކާރުން ރާވާފައިވާ ގޮތުން ފެން، ކަރަންޓު އަދި އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ވެސް ކުރީގެ ސަރުކާރުން ރާވައިފައެއް ނެތެވެ.
"އަލްހަމްދުﷲ މިހާރު އެ މަސައްކަތްތައް ދަނީ މި ސަރުކާރުގައި ފަށައި، ބާރު ސްޕީޑުގައި ކުރެވެމުން،" ހަމްދާން ވިދާޅުވި އެވެ.
އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނީތާ
30 July 2025
ކުރީ ސަރުކާރު ކިޔާން އަދިވެސް ޖެހޭތީ އަންނަނީ ހިނި. އެހެންތާވާނީ 60000 ފުލެޓް އަޅަންއައި ބަޔަކު އަދި އެންމެ ބިންގާކޮޅެއްވެސް ބާއްވާނުލެވޭ.
ބޮޑުރިޔާ
30 July 2025
ފެނާ ، ކަރަންޓާ ، ނަރުދަމާ ނާޅާ އަދި އަޅާނެގޮތެއްވެސް ނޭގޭ ބަޔަކު ތިވަރުގެ 32 ޓަވަރު ޑިޒައިން ކޮށް ކޮންސްޓްރަކްޝަން ހުރިހާމަސައްކަތެއްނިންމާނެހެނެއްހިޔެއްނުވޭ ދޮގުހަދަންވެސް ހައްދެއްއޮންނަންވާނެ އެކަމަކު ތިޔައީ ބޮޑުވަރު
މަ ބުނި
30 July 2025
މަ ބުނީ 13 ވަނަ ކަމަކަށް ހަށި ގަނޑުގެ އެތެރެއަން ނޭވާ ދެމުމާއި 14 ވަނަ ކަމަކަށް އެނޭވާ ހަށިގަނޑުން ބޭރު ކުރުންވެސް ހިމަނައި ކުރީ ސަރުކާރުން އެކަމަށް ސަމާލުކަންދާފައިނުވެޢޭ މިސަރުކާރުން ސިއްޙަތާބެހޭ ވުޒާރާއާ ގުޅިގެން ބާރުއިސްޕީޑުގައި އެކަންވެސް ކުރިއަށް ގެންދާކަމަށް ލިޔުއްވިނަމަ މެސެޖުހާދަ ފުރިހަމަވީހޭއޮތަ !
ގުއިއްޒު
29 July 2025
ތިޔަދެއްކީ އިބިލީސް ވެސް ގަބޫލު ނުކުރާކަހަލަ ވާހަކަތަކެއް.
ހައިކޮއްކޮ
29 July 2025
ހަމްދާނު ދޮގު ނަހަދާ. ކަލޭމެންނަށް 2 އަހަރު ވީއިރު ވީކޮންކަމެއް
އަނގަފޮނި
29 July 2025
މޮޅެތި އަނގަތަޅާ. 4000 ފުލެޓުވެސް ތިހިރީ ކުރީސަރުކާރަށް ނުވެގެން މިސަރުކާރުން ހެދި ތަންތަން
ބުޅާ.
29 July 2025
ތިބުނަނީ ކުރީސަރުކާރުން ތިތަނައް ފެނާކަރަންޓާވެސް ނުލާގޮތައް އޮތްވާހަކަތޯ..ތިވަރުނޭރުވިޔަސް ވަޒީފާގަ ބަހައްޓަފާނެ ދެލޯފުޅާ.
އަބުދުބެއްޔާ
29 July 2025
ބުއްދި ގަބޫލު ކުރާ ވާހަކަ ދައްކަބަލަ، އެއްވެސް ސަރުކާރަކުން އެތައްހާސް ފުލެޓެއް ހަދާފަ އެތަނަށް ފެނާ ނަރުދަމާ އަދި ކަރަންޓް ނުދޭ ގޮތަކަށް ނިންމާފަ އޮވެދާނެ ކަމަށް ގަބޫލެއް ނުކުރެވޭ، 5 އަހަރު ދެބައިވި އިރު ކަލޭމެން ތިއުޅެނީ ބޯހިޔާ ވަހިކަމަށް އެންމެ ގާބުރިއެއްވެސް ނުބޭއްވިގެން ނޫން ތޯ؟
ސުނާރު
29 July 2025
ކުރީސަރުކާރުން ތިތަންތަނުގެ ތަނބުގަނގެއްވެސް ޖަހާލާފަނެތޭ ދޯ. ކީއްކުރާނީ. ސަރުކާރުކާމާލްހޭ!
ދޮން
29 July 2025
ސަރުކާރު ސޯސަލް ހައުސިންއިން ފުލެޓް ލިބި ކުލި ނުދައްކާ މީހުންނާއި ގޯތި ލިބުނު މީހުން ލިސްޓުން އުނިކުރޭ ، އަދި އެއްކޮށް ފައިސާ ހަލާސް ނުކުރަނީސް ރަޖިސްޓުރީ ކޮށް ދީގެން ނުވާނެ ، ވަކި ބަޔަކު އެބަ އުޅޭ ހުރިހާ ކަމެއް ހިލޭކޮށް ރަޖިސްޓުރީ ހަދާފަ ކުލި ނުދީ ވޭތޯބަލާ ، ތިރީގައި ހުރި ވިޔަފާރި ކުރާތަން ތައްވެސް ކުޑަ ކުއްޔަކަށް ހުވާލަން ޖެހޭ ރައްޔިތުން ބޭނުންވާ ސުޕީޑް ތިޔަކުންފުނީގައި ނެތް ،،ރައީސް ބޭނުންވާ ސުޕީޑްވެސް ނެތް ،،