ޅ. ނައިފަރުން ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ.
05 އޯގަސްޓް 2025 - 21:02
ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ.
ގެއްލުނުތާ ތިން ދުވަސް ފަހުން މިއަދު ހޯދަން އިއުލާންކުރި އެ ރަށު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ފެނުނީ ނައިފަރު މަގުމަތިން މިރޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުއްޖާ ފެނުނު އިރު ހާލު ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން މިއަދު މެންދުރު ބުނި ގޮތުގައި ނައިފަރުގައި އެ ކުއްޖާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:25 ހާއިރު އެވެ. ހޯދަން އިއުލާނުކުރީ އޭގެ ފަހުން ހަބަރެއް ނުވެގެންނެވެ.
މި ކުއްޖާ އުމުރުން 13 އަހަރުގައި ގެއްލިގެން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ހޯދަން އިއުލާނުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުަދާބެއްޔާ
07 August 2025
މިރިނުވެ ގޮބޮޅި ކާށިވީމާ ބައެއް ކުދިންނަން މިހެން ސޭކުސް ތާނުގައި ދިމާވެއެވެ.
ހިތާމަ1
07 August 2025
ހިތާމަހުރި ކަމެއް.
ޗދސޗދސޗ
06 August 2025
ކުޑަކުޑަ ރަށެއްގައި ޅަ އަންހެން ކުއްޖަކު ގެއްލި ފުލުހުންނާއި ކަމާ ބެހޭ މުއައްސަސާތަކުން ހޯދާ ހޯދާ ނުފެނި 3 ދުވަސްވާ ފަހުން ކުއްލިއަކަށް މަގުމަތިން ފެނުމަކީ އަޖައިބެއް ކަހަލަ ކަމެއް. މުއައްސަސާތަކަށް ރަށްޔިތުން ކުރާ އިތުބާރު ދެމެހެއްޓުކަށްޓަކައި ވެސް ކަންވީގޮތް ހޯދާ ޢާއްމު ކުރޭ. މި ކުއްޖާއަށް މަގު އޮޅުވާލައި ފޮރުވައިގެން ގެންގުޅު މީހަކު ހޯދައިދީ. ނައިފަރަކީ ފުރި ބާރުވެފައި އޮންނަ ރަށެއް. ކަންވީގޮތް އާއްމު ކުރޭ!
އަންދަލޫސިޔާ
06 August 2025
މި ކުއްޖާ 2 ފަހަރު މަތިން ގެއްލުނު އިރު، ކަންވީގޮތް، ޒިންމާވާންޖެހޭ ބަޔަކު ހޯދައި މުއައްސަސާތަކުން ފިޔަވަޅުއަޅަންޖެހޭޭ. ފާޑުފާޑުގެ ޑްރަގުތަކާ، ގޯސް ނިޔަތުގައި މީހުން ވަގަށް ނެގުން ޢާންމުވޭ އެބަ. ޕޮލިހުންނާ ޖެންޑާއިން މިކަން ސީރިއަސްކޮށް ބަލައި ހައްލެެއް ހޯދައިދޭންޖެހޭ!
ފަރު
06 August 2025
މިހާ ޅަ އުމުރުގައި މީ ހާދަ ދެރަކަމެކޭ.
ހަސަންދީ (ލ)
06 August 2025
ހަލަނި ކުއްޖަކީނު!
ބައުދަލާ
06 August 2025
ތިޔަ ގެޔަށް ކިޔަންވީ ފެނިގެއްލިދާގެ ހެން ހީވަނީ. ހަންޑިއެއްގެ ކަމަކީތަ؟ އެއްފަހަރަކު އުޅުނު އެއަރޕޯޓުގައި މީހަކު ގެއްލިފައި އިނދެގެންވެސް.
މިއްމާ
06 August 2025
ކާފަ މެން (1952) ޒަމާނުގަ ތިމައިގެ ކުއްޖެ ގެއްލުން. ކުއްޖާ ހޯދާތާ ހަފްތާ އެއްވީއިރުވެސް ނުފެނުނު. ޖެހިގެން އޮތް ހަފްތާގައި ކާާފަގެ ބައްޕަޔާ އެކޮށް ކައިރި އޮތް ފަޅުރަށަށް ކާށި/ދަރު ހޮވަން ދިޔައިރު، އެ ރަށުގެ ބޯކެޔޮވާ ތެރޭ އެސޮރު ހުރީ (ގަބުކައިފަ).. އެރަށް އައިގޮތް އެހުމުން ކިޔައިދޭކަށް ނޭންގުނު. އޭރު ރަށުގަ އޮންނަނީ 3-2ން ބޮއްކުރާ، އޭގެން އެއްޗެއްގަ ދަތުރު ނުކުރާކަން ކަށަވަރު.
މުހައްމަދ
05 August 2025
މި ކަހަލަ ކުދިން އެބަޖެހޭ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް އާއިލާއާި އެކަހެރި ކޮށްގެން ކަމުގެ ހަގީގަތް ހޯދަން އަދި މިކަމުގައި ޒިންމާވާ ފަރާތަކަށް ހަރުކަށި އަދަބެއް ދެވޭނެ އުސޫލެއް ކަޑައަޅަން ފިލާކުދިން ކޮންމެފަހަރަކު ފިލަނަކީ އާއިލާގެ އިހުމާލަކުން ނޫނެވެ. އަދި ގިނައިން ފިލާފަ ހުރީ 3 ވަނަ މީހެއްގެ ވަސްވާސްތަކުގެ ސަބަބުންނެވެ. އަދި މިހެން ފިލާ އުމުރު ހަމަނުވާކުދިން ޒިންމާދާރުކަމާއެކު ސަރުކާރުގެ ކަމާއިބެހޭ އިދާރާޔާއި ހަވާލު ކުރަން ޖެހެއެވެ.
ރަދީފްއޮފިޝަލް / .
05 August 2025
ގެއްލިއްޖެ ، ފެނިއްޖެ. ނިމުނީ.
ނަންނީ
06 August 2025
އާދެ އާދެ! އެއީ ކުޑަކުއްޖެއް. އެހެންވީމަ ތަފްސީލްދެވެންނޯނާނެ! އަމިއްލަ މަސައްކަތައިގެން ކުރިއަށް ވަޑައިންނަވާ!
އުސްމާނުބެ
06 August 2025
ވާނުވާ އެބަ އެގެން ޖެހޭ ،