ޅ. ނައިފަރުން ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ.
05 އޯގަސްޓް 2025 - 13:35
ޅ. ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެ އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، 15، ކަމަށެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ގެއްލިގެން ހޯދަން އިއުލާނުކުރި ކުއްޖެކެވެ.
އެ ކުއްޖާ ގެއްލިފައިވާ ކަމުގެ ރިޕޯޓް އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާތީ ވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، ނައިފަރުގައި އެ ކުއްޖާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:25 ހާއިރު ކަމަށާއި އޭގެ ފަހުން ޚަބަރެއް ވެފައި ނުވާ ކަމަށެވެ.
"އޭރު ލައިގެން ހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނުވަތަ ފެނިއްޖެ ނަމަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލަފު
05 August 2025
މާތް ﷲ އަށް ވުރެ ތިބާމެން އޮގާތެރިކަމަން ދައުވާނުކުރާށެވެ އެހެނީ އެއްމެ އޯގާތެރި ފަރާތަކީ ރަޙްމާނު ވަންތަ ރަޙީމްވަންތަ ހަކީމްވަންތަ އިލާހެވެ އެއީ ބާލިގުވެއްޖެ ކޮއްމެއަޅެއްގެ ހިސާބުބައްލަވާނެ އެއްކައުވަންތަ އިލާހްއެވެ ކުޑަކުދިން އަދި ބޮޑެތިމީހުން އަދި ޒުވާނުންވެއެވެ.
raajje
05 August 2025
އަހަރެމެންކީއްކުރަން ފުލުހުންނަށްގުޅައިގެން އެނގޭމައުލޫމާތެއްދޭންވީ؟ ރައްޔިތުންނަށް ހާމަކުރަންޖެހޭ މައުލޫމާތުވެސްފުލުހުން ބައެއްފަހަރު ހާމަކުރަނީ ރައްޔިތުންނިކުމެމުޒާހަރާކުރީމާނޫންތަ؟ އާޓިކަލްއަށްބަލާއިރު މިއީ ފެންވަރުރަނގަޅުލިޔުމެއްނަމަ "ކުރިންގެއްލުނުކުށްޖެއްކަމަށްބުނެފައިމެ އެކަމާގުޅޭ އެކަށީގެންވާ ތަފުސީލު އާޓިކަލްގައިހިމެނީސް، ނަމަވެސް ލިޔުމުގައި ހުންނަންޖެހޭ މިފުރިހަމަކަން ނުވަތަ މިހުނަރު މިލިޔުމުން ނުފެނޭ
މުލޭ
05 August 2025
ތިބޭފުޅާގެ ދަރިއެއް ގެއްލިގެން ހޯދާއިރު ވެސް ޢާންމުން ކައިރީގައި ބުނާނީ ހަމަ ތިޔަހެންތަ. ތަސައްރަފު ނުފުދޭތީ ތިޔަކަހަލަ ވާހަކަ ދެއްކެނީ.
raajje
05 August 2025
މުލޭ: އަޅުގަނޑުގެކޮމެންޓުގައި ރައްޔިތުންނަށްއެއްވެސްއެއްޗެއްނުބުނަން، ސުވާލެއްކޮށްފައިއެވެނީ ފުލުހުންނާ! އުފައްދާފައިއެވަނީސުވާލެއް ވަކިގޮތެއްހަދާކަށްނުބުނަންދޯ! މިކުށްޖާމިއުޅެނީކީގެއްލިގެނެއްނޫން، ހަބަރުންދޭހަވާގޮތުގައި މީ "ތަކުރާރުކޮށް" ފިލާކުށްޖެއް، މާނައަކީކޮންމެވެސްބައެއްގެ އިހުމާލުގެސަބަބުންމިހާލަތައް މިދިޔައީ، އަޅުގަނޑުގެދަރިއެއްފިލައިފިނަމަ ތަކުރާރުނުވާނެހެންކަންކަން ހަމަޖައްސާނަން، ފިލަންޖެހޭގޮތަކަށްނޫން ދަރިންތަރުބިއްޔަރުމިކުރަނީކީވެސް
އަހުމަދުބޭ
05 August 2025
ތިކުއްޖާގެ މައްސަލަ ރަގަނޅަށް މިހާރު އެބަޖެހޭ ބަލަން ކީއްވެގެންތޯ މިގެއްލެނީ، ކޮންމެ ކަމެއްގެ ފަހަތުގައި ނޭގޭ ވަރަށް ގިނަކަންކަން ހުރޭ
އަފްރާސިޔާ
05 August 2025
ކުޑަކުއްޖަކު ކީއްވެތޯ ގެއްލެންވީ. މައިން ބަފައިންނެތީތޯ އެކުއްޖާ އަތުގައި ހިފައިގެން ތަންތަނަށް ގެންދާވަރުގެ. ފަހަރެއްގާ ދައްތައެއްގެ މާމަގެ ކާފަގެ ގެއަށް ހިނގައިދާނެ ގެ ކައިރީގައިހުރިއްޔާ. އެހެންނޫނީ ކޮންމެވެސް މީހަކު ވަގަށްނެގުމާ ބޮޑަށް ގާތްކުރަނީ. އެގޮތުން ނެގިޔަސް. އެކުއްޖާ މައިން ބަފައިންގާތަށް ދާން ރޮއިހަދާނެ.
ޑރ ވާންޗޯ
05 August 2025
ތިޔަކުއްޖާގެއްލިފަ ކުރިންފެނުނުތަނަކާ ވީގޮތެއް ކުރުގޮތަކަށްނަމަވެސް ރައިއްޔަތުންނާ ސެއަރނުކުރެވޭނަމަ ރައިއްޔަތުންނަށް ގެއްލިއްޖޭ ގެއްލިއްޖޭ ގޮވުމުގެ ބޭނުމެއްނެތް. ކުރިންވެސް ގެއްލިފަ ފެނިފަހުރިއްޔާ ސަބަބުތަކާ ހިގައިދާނެދިމާއެނގޭނީ އާއިލާއަށާ ޕޮލިސްއަށް.
ޒައްވަރު
05 August 2025
މި ކުއްޖާ ގެއްލިގެން މީ ގެ ކުރިން ވެސް އުޅުނު ދޯ ?
އަފްރާސިޔާބު
05 August 2025
އެހެންވީމާ ޗުއްޓީ ތެރެވީމާ މާމަގެ ގޭގައި އުޅޭނީ. ތީ ގެއްލެނީއެއްނޫނެއްނު.
ސޮރީ
05 August 2025
މިކުއްޖާ ގެއްލިގެން 1 އޮކްޓޫބަރު 2023 ގަވެސް ފުލުހުން އިއުލާންކުރި
ބައިރޯ
05 August 2025
ކޮށްކޯ އަވަހަށް ގެއަށް އާދޭ