ފުލުހެއްގެ ގައިގާ ކާރުން ޖެއްސި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ --
10 އޯގަސްޓް 2025 - 22:59
ފުލުހުންގެ އަމުރަށް ތަބާނުވެ، ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ހުޅުމާލޭގައި ފުލުހުންނަށް ފިލަން ކާރު ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައާ ގުޅިގެން އަންހެނެއް ވެސް ރޭ ހައްޔަރުކުރި އެވެ. ނަމަވެސް، އެމީހާ ރޭ ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ. އެ އަންހެން މީހާއަކީ ބާރު ސްޕީޑުގައި ދުއްވި ކާރުގެ ކުރީ ސީޓުގައި އިން މީހާ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން އެ އަށް އިޖާބަ ނުދީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ދުއްވި އެވެ. އަދި އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލި އެވެ. އެ ހާދިސާގައި ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.
ފުލުހުން އެ ކާރު ހުއްޓުވީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސދޗސދ
11 August 2025
ކާރު ހުއްޓުވަން ކުރިމައްޗަށް ސަައިކަލުން އަރައި ހުއްޓުމަކީ ވަރަށް ނުރައްކާތެރިކަމެއް
ލާމަސީލު
11 August 2025
ލައިސަންސް ނެތި އަދި އިންޑިއުޓީ ސިފައިންގެ މީހަކަށް ޓެރަރުސްޓް ހަމަލާދީ ކުށުގެ މައްޗަށްކުށް ކުރީމަވެސް ދޫކޮށްލީ، މިއީ އަޅެ ހިންދީ ފިލްމެއްތަ؟ ދެން އަނިޔާލިބުނު ސިފައިންގެ މީހާނުކުމެ އަމިއްލަޔަށް އިންސާފުހޯދީމާ ބުނާނެ އެއްޗެއް ނެތް.
ވޯލް
11 August 2025
މިފަދަ މީހަކު ދޫކޮށްލީމަ ދެންގޮސް އަނެއްކާވެސް ދުއްވާނީ މީހެއްގެ ފުރާނައަށްވެސް ހުރި ގެއްލުމެއް މިއީ ޖަލުގައި ބައިތިއްބަންޖަހޭ ޒިންމާދާރު ކުޑަ މީހުން.
ޙަސާންބެ
11 August 2025
ހުޅުމާލޭ ވޯޓާ ޕާކަށް ވަދެލި ޒުވާނާ ހަތަރު މަހަޢްޖަލަށް އެތަނަކީ ފަޅުތަނަކަށް ވީހިދުވެސް ފުލުހުންގެ ބާރު ކަޑުވާލާ އަގުވައްޓާލަން ސަރުކާރުގެ މަގުސަދު
ސައިންސް
12 August 2025
ގެޓެއް ނުވި
މުލޭ
11 August 2025
ގާނޫނަށްވުރެ އުހުގައި ތިބޭ މީހުންނާއި އެމީހުންގެ ދަރިން ތިބޭނީ އަބަދުވެސް އުހުގައި. ބުނާކަހަލަ. ބޭނުން އެއްޗެކޭ ހަދާނީ. ބޭނުން ގޮތަކަށޭ އުޅޭނީ. އެތަން މިފެންނަނީ. ކޮންމެވެސް އެއް ލޯވަޅަކުން އެމީހުން ދެމިގަންނާނެ.
ޝައުކަތު
11 August 2025
ފިލިމާގޭދޯ
ފަޅުމަސް
11 August 2025
މުޖުތަމަޢަށް އޮންނަ ނުރައްކާ ނުބަލަނީތަ ދޫކޮށްލާއިރު؟
ބުރާރު
11 August 2025
"އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލި" މިއީ ސަލާމަތް ވާން ދިމާވި ގޮތަކީ. ފަހަތުން ދިޔަ ސައިކަލެއްގައި ޖެއްސޭނީ ކިހިނެއް؟ ފުލުހުން ގޮސް ސައިކަލެއްގައި ކާރުގެ ކުރިމައްޗަށޤ އެރުން އެރުން ގޯސް. ބައެއް ރޯޑު ފުލުހުން އިންޖީނުލީ އުޅަނދު ހުއްޓުވަން ދުވެފަ ގޮސް އޭގެ ކުރިމައްޗަށް ވެސް އަރައޭ. ދުނިޔޭގެ އެހެންތަންތާގައި ފުލުހުން ކަންކުރަނީ މިހެނެއް ނޫން. ނޫކުލައިގެ ޔުނިފޯމަކީ ދިފާޢީ ދަހަނާއެއް ނޫނޭ!
ގަރުދިޔަ
11 August 2025
މީހުންނާ ގޭގެއަށް ކިޔާ ނަންނަމުގެ އަސަރު ކުރާކަމީ ޙަޤިގަތެކެވެ. ނަންކިޔާއިރު ރަނގަޅު މާނައެއް އެކުލެވޭ ނަންނަންކިޔުމަކީ ވަރަށް މުޙިއްމުކަމެކެވެ.
އަހުމަދު123
11 August 2025
ތީ ބާވަތަކީ ކިތަންމެ ބޮޑު ކުށެއް ކުރިއަސް ގާނޫނު ތަންފީޒެއް ނުވޭ އިންސާފު ލިބެނީ މުއްސަނދި މަހުޖަނުންނަށް ނިކަމެތި މީހާ ޖެހޭނީ މުއްދަތް ހަމަ ވަންދެން ޖަލުގެ ތޭރިތަކުތެރޭ އޮންނަން