ހުޅުމާލޭގައި ނުނިމި ހުރި ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތް އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައްލަވާލައްވަނީ.-- ފޮޓޯ: އެޗްޑީސީ
14 އޯގަސްޓް 2025 - 16:35
ހުޅުމާލޭގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކުގެ އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ބައްލަވާލައްވައިފި އެވެ.
އެޗްޑީސީން ބުނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ "ރީތިގަސް" އެޕާޓްމަންޓްސް އާއި "ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު، ސައިޓަށް ވަޑައިގެން ޒުހައިރު މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހިންގާ މިފަދަ އެހެން ޕްރޮޖެކްޓުތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ވެސް، މެނޭޖިން ޑިރެކްޓަރު ކަމަށް މިދިޔަ މަހު އައްޔަންކުރި ޒުހައިރު ވަޑައިގަންނަވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ޒުހައިރު އެޗްޑީސީގެ އެމްޑީގެ މަގާމަށް މިދިޔަ ޖުލައި 30 ވަނަ ދުވަހު އައްޔަން ކުރެއްވުމާ އެކު، މިހާރު ގެންދަވަނީ އެ ކުންފުނީގެ ކަންކަން ބައްލަވައި، ބައެއް ފިޔަވަޅުތައް އަޅުއްވަން ފައްޓަވައިފަ އެވެ. އޭގެ ތެރޭގައި އެތެރޭގެ ބައެއް "މައްސަލަތައް" އަދި ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައިވާ ބައެއް ކަންކަން ހިމެނޭ ކަމަށް ވެ އެވެ.
As part of familiarization with ongoing developments, the MD Brigadier General (Retd) Ali Zuhair visited Reethigas Apartments for a project update.#WithHDC pic.twitter.com/lsjCiPvePS
— Housing Development Corporation (@hdcmaldives) August 14, 2025
ހުޅުމާލެ 1 ގައި ކުރިއަށް ގެންދާ، ރީތިގަސް ހައުސިން ޕްރޮޖެކްޓްގައި ހިމެނެނީ އެއް ކޮޓަރި އާއި ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ 459 އެޕާޓްމަންޓެވެ. އެ ޕްރޮޖެކްޓްގެ ދަށުން 14 ބުރީގެ ތިން ޓަވަރު އަޅަ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ފެށިޔަސް ފައިސާގެ ދަތިކަމާ ހުރެ އެ މަޝްރޫއު ދިގުލައިގެން ދިޔައީ އެވެ.
ނަމަވެސް، އެޗްޑީސީއާ އެކު ފަހުން ހެދި ސެޓުލްމަންޓް އެގްރީމަންޓަކާއެކު އެ މަސައްކަތް ވަނީ އަވަސްކޮށްފަ އެވެ.
ހުޅުމާލޭ 1 ގައި ހަދާ "ދަ ގާޑަންސް" ޕްރޮޖެކްޓަކީ ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށްގެން 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ. ނަމަވެސް، ބުނި މުއްދަތަށް މަސައްކަަތް ނުނިންމައި އަދި އެޗްޑީސީން ހަމަޖައްސައިދިން އިތުރު ލުއިތަކަށް ވެސް ތަބާ ނުވުމުން، އެންމެފަހުން ވަނީ ޖާހުއާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ އެވެ.
Our MD, Brigadier General (Retd) Ali Zuhair conducted a site visit to JAAH to review the progress of ongoing work and receive a comprehensive update on current operations.#WithHDC pic.twitter.com/tDzq9NT9Kx
— Housing Development Corporation (@hdcmaldives) August 14, 2025
"ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ ނުނިމި ހުރި މަސައްކަތް ކުރަން އެޗްޑީސީން މި އަހަރު ވަނީ އާރުސީސީއާ ހަވާލުކޮށްފަ އެވެ.
"ދަ ގާޑަންސް" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ގިނަ ތަންތަން ވަނީ ވިކި ހުސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަންކު
15 August 2025
ހުޅުމާލޭ 2 ވަނަ ފޭސްގައި ޔާމީނު އެޅި އުސް ޓަވަރުތައް ކައިރީގައި ހަދަން ފަށައި ނުނިމި ހުންނަ ފްލެޓްތައް އެހެން ހުންނަތާ 10 އަހަރުވަނީ. އެތަން ބައްލަވައިނުލައްވަންތޯ. 10 އަހަރު ފަހުން ބާވެފައި ހުރި ކޮންކްރީޓް ގަނޑެއްގައި ސިމެންތި ޖަހާފައި ވިއްކާނީ ތިންހަތަރު މިލިއަނަށް ފްލެޓެއްތޯ. އެތަން ނިމޭނީ ކޮން ދުވަހަކުންތޯ. ނޫނީ ބަޔަކު މީހުންގެ ގުދަނަކަށް ހިލޭ އެތަން ހުންނަންވީތޯ؟
ބައްލަވާ
15 August 2025
ފަޒުލް ބައްލަވައި ލައްވައިފި! މައުރޫފް ބައްލަވައި ލައްވައިފި! ޒުހޭރު ބައްލަވައި ލައްވައިފި! އަދިވެސް ތިކަމުގަ ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ އިސްނެންގެވުމާއި އިރުޝާދު ނާދޭ !
ކޮރަލް
15 August 2025
ހުޅުމާލޭގަ ސިނާއި ސަރަހައްދުގަ ކުއްޔަށް ދީފަ ހުރި ބިންތައް އެބަހުއްޓެވެ. 20 ތިރީސް އަހަރު ވެއްޖެ އެވެ. އިމާރާތެއް ނެތެވެ. އޮތީ ޖަންގައްޔެވެ. ކުލިވެސް ދައްކާ ހެނެއް ހީއެއް ނުވެ އެވެ. ޓްރީ ޓޮޕް ކުރިމަތީ ކަންމަތީގަ ހުރި ބިން މިސާލަކަށް ފުދެ އެވެ.
ޢަލީބެ
15 August 2025
ކޮންސްޓްރަކްަޗަން އޭރިޔާވަންތަކަން ނިމޭނީ ކޮންއިރަކުން. ޢަބަދު ސިމެންތި ވައިގެތެރޭ އުޅެންޖެހެނީ.
އަސް
15 August 2025
ނޫހުގަ ޖަހަން ޖެހޭ ވަރު ކުމެއް ނޫން ތީކީއެއް، އޭނަ ކުރަން ޖެހޭ ކަމެއް ތީ.
ޕިކްސް
14 August 2025
ފުރަތަމަ ކަމަކަށް ހުޅުމާލެއިން އެޕާޓުމަންޓު ގަނެފަވާ ފަރާތްތަކަށް އެތަންތަށް ރަޖީސްޓްރީކޮށްދީބަލަ. ބައެއް އެޕާޓުތަކުގަ މީހުން ދިރިއުޅެން ފެށިފަހުން 5 ވަރަކަށް އަހަރުވެއްޖެ. އެޗްޑީސީގެ ނާގާބިލުކަމުން އަދިވެސް އެތަންތަން ރަޖިސްޓުރީ ނުކުރެވޭ.
2025
14 August 2025
5 އަހަރު ދައުރު ނިމޭއިރުވެސް އަދި ބެއްލެވުމުގަ.....ބޮއިހަލަކި
ކޮންޓޭ
14 August 2025
ގެއްލިފަ ތަ ހުރީ
އޮނަރަބްލް އަފީފު ދީދީ
14 August 2025
ފުލެޓް ވައްކަމާއި، ފުލެޓްގެ އަގު އަދާކުރަން މަހުން މަހަށް ދައްކާން ޖެހޭ އިންސްޓޯލްމަންޓް ފައިސާ ކ.މާލޭ މީހުން ނުދައްކާ މައްސަލަ ހައްލު ކުރަން ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކް ކުރާ ދެވަނަ ފުލެޓާއި ބިމުން %50 ޓެކްސް އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން ދައުލަތަށް %100 ޓެކްސް ނަގާން ކަޑައަޅާ ގޯތި ގެދޮރާއި ބިމާއި ބެހޭ ޤާނޫނު އިސްލާޙް ކޮށް ދައުލަތުގެ މުދަލުން އާމްދަނީ ހޯދައިގެން ޚަރާމް ފައިސާ ކަމުންގެންދާ މީހުން ހުއްޓުވާ.
އޮނަރަބްލް އަފީފު ދީދީ
14 August 2025
މަކަރާއި ޙީލަތްހަދައި "ދޮގު މައުލޫމާތުދީގެން ފުލެޓްހޯދަން ފުރުސަތު ލިބޭގޮތަށް، އަދި އަމުދުން ކ.އަތޮޅު މާލެނޫން މީހަކަށް ކައިރިވެސް ނުވެވޭގޮތަށް ޝަރުތުތައްހަދައިގެން އެރަށު މީހުނަށް ބަހާ ތެޔޮވަޅުތަކެއްގެ ގޮތުގައި ތިތަންތަންދިނުމުން" އެއްބަސްވުމާއި އެއްގޮތަށް ކ.މާލޭމީހުން ތިތަންތަނަށް މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާނުދައްކާ މިހާރުވެސް 900 މިލިޔަން ރުފިޔާ HDC އަށް ނުލިބި އެބަހުރި. އެފައިސާހޯދަން މާލޭސަރުކާރުން މަސައްކަތެއް ނުކުރޭ.