މާލޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފަރާތުން މާލޭގައި ހިންގި ސިނާރިއޯ ބޭސްޑް އެކްސައިޒްގައި ފުލުހަކު ޕޯސްޓަރެއް ހިފަހައްޓައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 އޯގަސްޓް 2025 - 14:44
މިދިޔަ ހަފުތާގައި ޓްރެފިކް ގަވާއިދާ ހިލާފުވެގެން މާލެ ސަރަހައްދުން 154 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ޓްރެފިކް ޕޮލިހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 32 އެކްސިޓެންޓެއް ހިނގާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެ އެވެ.
ޑްރައިވިން ލައިސެންސް ނެތި ދަތުރުކުރި 42 މީހަކު ހިފަހައްޓާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި ދެ މީހަކު ހިފަހައްޓާފައިވެ އެވެ. އޭގެ އިތުރުން 154 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ވެހިކަލް ނަންބަރު ޕްލޭޓާ ގުޅޭ މައްސަލަތަކުގައި ދެ މީހަކު ހުއްޓުވާފައިވެ އެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތަކާ ގުޅޭ ގޮތުން 531 ކޯލް މި މަހުގެ މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 169 ސައިކަލާއި ހަތަރު ފުރޮޅުލީ 18 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
• 611 ވެހިކަލް ޗެކުކޮށްފައިވޭ
• 266 މީހަކު ގަވާއިދާ ހިލާފުވެފައިވޭ
• މަގުތައް ބެލެހެއްޓުމުގައި 287 ގަޑިއިރު ފުލުހުުން ހޭދަކޮށްފައިވޭ
• ހެޑްސެޓް ޖަހައިގެން ދަތުރުކުރި 22 މީހަކު ހުއްޓުވި
• ހިފެހެއްޓި ވެހިކަލްތަކުގެ ތެރެއިން 67 ވެހިކަލެއްގެ އަހަރީ ފީ ނުދައްކާ
• ހިފެހެއްޓި ވެހިކަލްތަކުގެ ތެރެއިން 28 ވެހިކަލެއްގެ އިންޝުއަރެންސް ފީ ނުދައްކާ
• ޓްރެފިކްގެ ނިޝާންތަކާ 18 ވެހިކަލެއް ހިލާފުވި
• ޑްރައިވިން ލައިސަންސާ ގުޅޭ ޖުމްލަ 83 މައްސަލައެއް ފާހަގަވި
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި ބާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއިން ކުރެ އެވެ. އިއްޔެ އެކަނި ވެސް 200 އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދޭ
20 August 2025
ދިވެހި ފުލުހުންނަށް ހަތަރު ފުރޮޅުލީ އުޅަނދު ބެލުން ހަރާމީތަ؟
ދޮންނި
18 August 2025
މަދެން ހެލްމެޓެއް ނާޅާނަން ދަތުރު ދުއާ ކިޔާނީ.
ލައިސެން
18 August 2025
ލައިސަންސް އަތުލީމާ އެކްސިޑެންޓް ތައް މަދުތަ؟
އެފައިސާ މިފައިސާ
18 August 2025
ތީ ވަރަށް ބޮޑުކުރިއެރުމެއް. ރައްޔިތުންނަށް ދުއްޕާނެއް ވިއްޔާ ކަލޭމެން ކުރާތި. ކޮބާތޭ ތިތަނުން ގައިބުވީ ޑޮލަރުތައް؟ އެ ހޯދަބަލަ ރައްޔިތުން ފަހާ ނުދުވެ.
ާކްލީނާ
17 August 2025
ދެން ރިޔާސީ ކެންޕޭނަށް އެއްލަކިން ލައިސެންސް ދީފަ ހުރިހާ ޓްރެފިކް ޖޫރިމަނާއެއް މާފްކޮށްދީ!! ވޭތިވެ ދިޔަ 3 ރައީސުން މުއީޒް ހިމަނައިގެން މިކަންކުރި! ވެރިންގެ ކިބައިގައި އުޅުމެއް އަހްލާގެއް ދުރު ވިސްނުން ނެތީމަ މިގައުމު މިދަނީ ދުވަހެއް ދުވަހަކަށް އަހްލާގީ އަދި އިގްތިސަަދީ ގޮތުން ގެއްލެމުން!
ކާހިނު
17 August 2025
މަބުނީ. ތިތަނުން ގެއްލުނު ޑޮލަރުތައް ފެނިއްޖެތަ؟
ޒުޖޭ
17 August 2025
ކަލޭމެން މަ ކައިރި ލައިސެންސް ކޮބާތޯ އަހަން ޖެހޭނީ މަކުރިމަތީ ހުވާ ކޮއްފަ. އިތުބާރެއް ނެތް.
ކިރުސައި 2.0
17 August 2025
މިދިޔަ ހަފްތާގަ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއިން ގެއްލުނީ ކިހާވަރެއްތޯވެސް ހާމަކޮށްބަލަ. އޭރުންދޯ ދެފުށްފެންނާނީ.
އެކޮއި
17 August 2025
ޤަވާޢިދާ ޚިލާފުވެގެން ލައިސަންސްއަތުލާގޮތަށް މިޤައުމުގައި ޑޮލަރު ކޮންޓްރޯލްކޮށްގެން މުއްސަނިވަމުންދާ ބިދޭސީން ނުހިފެހެއްޓެނީ ކީއްވެގެންތޯ؟ އަބަދުވެސް ދުވަން އެނގެނީ އުޅަނދުފަހަރުގެ ފަހަތުން. ދިވަހި ދައުލަތަށް އާމްދަނީވައްދާނެ އެއަށްވުރެ ފަސޭހަގޮތެއްނެތީތޯ؟ އެއްބަޔަކު މުސާރަކުޑަވެގެން އަނގަޔާއަތާ ދިމާނުވެގެންއުޅޭވާޙަކ ދައްކާއިރު ނިކަމެތި ރައްޔިތުމީހާގެ ޙާލަތު އެނގޭބައެއް މިޤައުމުގައި އެބަތިބިތޯ؟؟
އެޗް އެމް
17 August 2025
ލައިސަންސް ޖޫރިމައިނާ ކޮށްލައިގެން ދައުލަތަށް ލިބޭނެ ކަމަށް އަހަރީ ބަޖެޓްގަ ޖެހި އަދަދު އަހަރު ނިމެންވާއިރަށް ހޯދަންޖެހޭނެ.