ކްރިމިނަލް ކޯޓް: މުސާރާ އާއި ސާވިސް ޗާޖު ނުދޭ ކަމަށް ބުނެ އޮކްސިޖަން ކެފޭ އިން ދެ މުވައްޒަފުން ވަނީ ވައްކަންކޮށްފައި. - ފޮޓޯ: ރައީސް އޮފީސް
19 އޯގަސްޓް 2025 - 15:38
އެއްބަސްވީ ގޮތަށް މުސާރަ އާއި ސާވިސް ޗާޖު ނުދޭ ކަމަށް ބުނެ ރެސްޓޯރަންޓެއްގެ ބިދޭސީ ދެ މުވައްޒަފަކު އެތަނުގެ ކޭޝް ކައުންޓަރުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ވައްކަމާއި ހިޔާނާތުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނަކާއި ނޭޕާލުގެ އުމުރުން 31 އަހަރުގެ އަންހެނެކެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
އެ މީހުންގެ ބަދު އަމުރުގައިވާ ގޮތުން ދެ ދުވަހެއްގެ މަތިން 200ރ. ނަގާފައިވާނެ ކަމަށް ދެ މީހުން ވެސް ބުނެފައިވެ އެވެ. އެ މީހުން ބުނީ އެއްބަސްވި ގޮތަށް ވެރިފަރާތުން މުސާރަ ނުދޭ ކަމަށާއި ޕޮކެޓް މަނީ އާއި ސާވިސް ޗާޖު ވެސް ނުދޭ ކަމަށެވެ.
އެ މީހުން ބުނެފައިވާ ގޮތުގައި ބަލިވުމުން ފަރުވާ ވެސް ކޮށްނުދެ އެވެ. އެހެންވެ، ބަންދުން ދޫކޮށްލައި ގައުމަށް ފޮނުވައިދިނުމަށް އެ މީހުން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
20 August 2025
އޯކޭ ދެން ، މިދެމީހުން 200 ރ ވަގަށް ނެގީމާ ބަންދުކުރީ ، ދެން މިމީހުންގެނެސް މުސާރަނުދީ މަކަރުހަދާ އޮޅުވާލި ވެރިމީހާ އަށް އެއްކަމެއްވެސް ނެތީބާ
ފުރޭތަ1
19 August 2025
1000 ރުފިޔާ ހަމަނުވާ މައްސަލައެއްގަ 15 ދުވަސް ބަންދު ޖަހަން ޖެހޭ ސަބަބެއް އެބައޮތްތަ. ކިތައް ހާސް ތިޔަ ދެ މީހުން ބަންދު ކޮށްގެން ދައުލަތުން ޚަރަދު ކުރަންޖެހޭނެބާ. އަދުލު އިންސާފާއި ހަމަހަމަ ކަން ހުރިވަރު މިއީ.
raajje
19 August 2025
ފުރޭތަ1 : އެމީހުންބުނީތާ -/200ރ ނެގީދޯ، އެހެނެއްނުވާނެ! ގަބޫލުކުރެވޭގޮތުގައި އެޔަށްވުރެންމާގިނައިން ވާނީ ފައިސާނަގާފަ، ކުށްވެރިން ތިމަންނަމެންނެގީ 200ރ އޭބުނީމާ އެކަންގަބޫލުކުރެވޭނެތަ؟ ނުކުރެވޭނެ ކޮށްގެންނުވެސްވާނެ، ތަހުގީގުހިންގަންޖެހޭ، ކޯއްޗަކުންތިވިސްނަނީ؟
ފުރޭތަ1
19 August 2025
ވޭޖް ތެފްޓް ދުނިޔޭގަ މިވަގުތު އޮތް އެންމެ ބޮޑު ވައްކަން. އަހަރުން އަހަރަށް ސީއީއޯގެ މުސާރަ ޑަބަލްވޭ. އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑުވަނީ 10 އަހަރުން 1 ޕަސަންޓް. ކޮންމެ އަހަރަކު އިންފްލޭޝަން އާ އެއްވަރުގެ މުސާރައިގެ ކުރިއެރުމެއް ނުލިބޭނަމަ އޭނާގެ މުސާރަ އެ ކުޑަވަނީ. ފައިސާގެ އަގުދަށްވިއަސް މުސާރަ 5 އަހަރުވާއިރުވެސް ބަދަލު ނުވޭ. ވަޒީފާ އަދާ ކުރާތަނުން ވިއްކާ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވޭ ބަރާބަރަށް
ޕާޕާ
19 August 2025
އިންޑިޔާ މީހާއި ނޭޕާލު މީހާއި ދެ މީހުންނަކީ ބިޓުން
މުކުރިޔާ
19 August 2025
ހިތަށްއަރާ ކިތަށްދުވަހު ވައްކަންކޮށްފައި ވަނިކޮށްބާއޭ ފަޅާއަރާނީ. ވައްކަންކޮށްގެން ފަޅާއަރައިފިއްޔާ ދެން ވެރިފަރާތުން ކުރިއެއްކަމެއްވެސް ނޯންނާނެ. ހޮޓާތަކުގައި މަސައްކަތްކުރާ މީހުންނަށް ޕޮކެޓްމަނީދޭތަ؟ އަލަށް އަޑު މިއެހީ
ބަބްސް
19 August 2025
ޤައުމު މިފެންވަރަށް ވެއްޓުނީމަ ދެން ހިނގާނީ ޖަންގަލީގެ ހުކުން. އެއްވެސް ދިމާލަމުން އިންސާފެއް ނުލިބޭ. މާދަމާ އިވޭނީ މުސާރަ ނުދީގެން ވެރިމީހާގެ ކަރުބުރިކޮއްލި ވާހަކަ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
ދިވެހިން ލައިގެން މަސައްކަތް ނުކުރެވޭނެކަމަށާއި، ދިވެހިންނަކީ މަސައްކަތުގެ އަޙްލާގެއްނެތް ބައެއްކަމަށް ކިޔައިގެން ބިދޭސި މަސައްކަތު މީހުން ގެނެސްގެން މަސައްކަތް ކުރި އެތައް ބަޔަކަށް ތިފަދަ އެތައް ލަނޑު އެމީހުން ދީފައި އެބަހުރި. ދައްތަ ބޭބެ ކިޔައިގެން އެމީހުންގެ ބޮސް ގެ ބޮލަށް ސަވާރުވި ބައެއް ބިދޭސިން ވަނީ ބޮސްގެ އާއިލާ ރޫޅާ ލާފައި ނުވަތަ ބޮސްގެ ދަރިންނާއި ކައިވެނި ވެސް ކޮށް އެންމެ ފަހުން އެމީހުންގެ ނޯކިރީން ނަށް އެއްކަލަ ބޭބެ އާއި ދައްތަ ހަދާފަ.
ހަރުބެ
19 August 2025
ދިވެހިންނަކީ ބޮޑުލާރީގަ ހުނިޖަހަން އުޅޭ ކަންނެތް ބައެއް. ވިޔަފާރިވެރިޔާއަކީ އެއްރުފިޔާ ދީފަ ސަތޭކަ ރުފިޔާ ހޯދަން އުޅޭ މީހެއް. ދެން ކަންވާނެގޮތް މަ ނުބުންޏަސް އެނގޭނެ...
އޮނަރަބްލް އަފީފު ދީދީ
19 August 2025
ރާއްޖެއަށް މަޝްހޫރު "ރާނާ" ފަދަ އެތައް ރާނާ އިންނެއް މިހާރު ރާއްޖޭގައި އެބަތިބި. ރިސޯޓް މާލެ އޮފީސް ތަކަށާއި، ރިސޯޓް އެކައުންޓްސް ނުވަތަ ރިސޯޓް ތަކުގެ ވަރަށް އާދައިގެ މަޤާމް ތަކަށް ގެނައި އެތައް ބަޔަކު ވަނީ ރިސޯޓް ކޯޓާގައި ވަގަށް ބިދޭސިން އެތެރެކޮށް އަދި ސީދާ އެތަންތަނުން ވައްކައް ކޮށް ބޮޑެތި މަހުޖަނުންނަށް ވެފައި. ނަމަވެސް "ސައުދާޤަރު ރިސޯޓް އޯނަރުންގެ ގަޅިކަން ރައްޔިތުނަށް އެގި ބޭޒާރު ވެދާނެތީ" އެމީހުން މިފަދަ މައްސަލަ ފުލުހުންނަށް ހުށަނާޅާ.
ކަޅޭ 12
19 August 2025
200 ރުފިޔާ ނެގީމަ ހައްޔަރު، މުވައްޒަފުންނަށް މުސާރަ ނުދިނަސް އޯކޭ. ދެ ފަރާތްވެސް ހައްޔަރު ކުރަންޖެހޭ.