ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ: ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވަޑައިގެންނެވޭނެކަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމި.
27 އޯގަސްޓް 2025 - 19:31
ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުންނެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކަނޑައަޅައިފި އެވެ.
އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވީ ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުންނެވެ.
އެނގިފައިވާ ގޮތުގައި މަޝްވަރާ އަށް ފަހު، ޖޭއެސްސީން ނިންމީ ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ނިކުމެވަޑައިގަތުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އެ ގޮތަށް އުޅުއްވާއިރު ފަނޑިޔާރުންގެ ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިމާން
29 August 2025
މިހާރު ޢުމުރުން 35 އަހަރުގެ ޒުވާނުންނަށް ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު މިރާއްޖޭގެ ރައްޔިތުން އުޅެމުން ދިޔަ އަޅުވެތިކަން ނޭގޭނެ. އެހެންކަމުން އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބިގެން އެތައް ޤުރުބާނީ އެއް ވެގެން މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ދިވެހި ރައްޔިތުން ހޯދީ. ވީމާ، މިފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މިނިވަން ކަމަކަށް ބަދަލެއް ގެންނަން ޖެހޭނީ ޤާނޫނު އަސާސީން އެބަދަލު ގެނެސްގެން ކަމަށް ޤަބޫލު ކުރަން.
މިޒާދު
29 August 2025
މިރާއްޖޭގައި ކަމަކަށްފަހު ކަމެއް ފެންނަމުން މިދަނީ ރައްޔިތުންގެ ކަންބޮވުން އުފެދޭ ގޮތަށް ކަމަށް ވުމީ ދެރަ ކަމެއް. ރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން މިރާއްޖޭގައި އޮތީ 3ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް. ވީމާ، ރައްޔިތުންގެ ވެރިންނަށް ތިބޭ މީހުން ކުރާ ކަންކަން ޤާނޫނު އަސާސީ އާއި ތަޢާރުޒް ނުވާ ގޮތަށް ކުރަމުން ދިއުމަކީ މިޤައުމުގެ މުސްތަޤްބަލަަށް އެންމެ ރަނގަޅުވާނެ ގޮތް ކަމަށް ފެނޭ. ގިނަ ވެރިންނަކީ މާތްﷲ ގަންދީ ހުވާކޮށްގެން ތިބި މީހުން.
ވޭކަޕް...ހޭލާ
28 August 2025
އަދި އަންގާނެ ރައީސް ފެނިވަޑައިގަތުމުން ގުދުވެލާ ކުރުނީސްކޮލުމަކީ ވަރަށް ފުރިހަމަ އަދަބުތައުޒީމު ކަމަށް ބުނާނެ ދުވަސްވެސް ނުފެނިނުދާނެކަމަށް ވަރަށްގާތް..ދެން ސުވާލުކުރެވިދާނެ މިތާންގަވާއެއްޗެކާ ނުވާއެއްޗަކީ ކޮބައިތޯ ސުވާލުކުރެވެންސް ފެށިދާނެތޯއްޗެ..ރައްޔިތުން ހޭލާ ނަފްސާ ގައުމު ސަލާމަތްކުރަން....ޝަރުއީދާއިރާ އިސްލާހުކުރަން އެއްމެން ބާރުއަޅަންޖެހޭ..
އަފުން
28 August 2025
މީހަކާ ސަލާންކޮށްލުމަކުން، ހިނިތުންވެލުމަކުން، މަރުޙަބާ ކިޔުމަކުން މީހެއްގެ ނަޒާހަތްތެރިކަން ގެއްލޭކަމަށް ގަބޫލުކުރާނީ ނަޒާހަތްތެރިކަން ނެތް ކޮރަޕްޓް މީހުންހެން ހީވަނީ.
ފޫހި
28 August 2025
ޙުސެއިން ރިޒާމެންގެ ކަހަލަ މިޞްރުން ކިޔަވައިގެން އަންނަ މީހުންނަށް މިފަދަ މަޤާމުތައް ލިބުނީމާ ބުނާނެ އެތި އެ ބުނީ. މިޞްރަކީ ފިރުއައުނު ދުވަސްވަރުން ފެށިގެންވެސް ހުދުމުހްތާރުވެރިން ވެރިކަން ކުރަމުންއަންނަ ތަނެއް. އެތަނުގައި އޮންނާނީ އަޅުވެތިކުރުމުގެ ފިކުރު. އެހެންވީމާ ދެން ރައީސް ވަޑައިގަތުމުން ފަޑިޔާރުން މާބޮޑި އަޅުވަންތިބުން އޯކޭވާނެ. ސުވާލަކީ ފަޑިޔާރުން ރައީސަށް ސަނާކިޔަންޖެހެނީ ކޮންސަބަބަކާހެދިހޭ. ފަޑިޔާރު އެއީ ވަރަށްބޮޑަށް މިނިވަންބައެއް
ވާނުވާ 1
28 August 2025
މީގަ މައްސަލައަކީ މިއަދު މައްސަލައެއް ނޫންކަމަށް ބުނެފަ މާދަމާ އެއީ ސުލޫކީ މައްސަލައެއް ކަމަށާ، ވަކިކޮޅަކަށް ޖެހެނީކަމަށް ހަމަ ތިޔަ ޖޭ.އެސް.ސީ އިން ނިންމާތީ، ދިފާޢު އިން ނަގާނެ ޕީ.އެން.ސީ އިން އަންޔަން ވެފައިވާ ރައީސް ނުވަތަ އެމް.ޑީ.ޕީ އިން އައްޔަންވެފަ އޮތް ރައީސް އަށް މަރުހަބާ ކިޔަން ނުކުތީއޭ ކިޔާފަ... މިޤައުމުގަ ރަނގަޅު އެއްވެސް ގޮތެއް ނޯންނާނެ
ހާސަރު
28 August 2025
ކެމްޕޭންގައިވެސް ފަނޑިޔާރުން އުޅުން އޯކޭ ކަމަށް އަވަހަށް ކަނޑައަޅާ! ޖުޑިސަރީ އެއްނެތް! ފުލުހުންގެ ތިޖޫރީގައި ހުރިފައިސާ ކޮޅުގެއްލިއްޖެ! އެސީސީ އެއީ ވާވެފަ އޮތް ތަނެއް! އެންމެ ފަހުން މީޑިއާ ފުޑާލަނީ! ރައްޔިން ހެޕީ! ދެން އަތްޖަހާ!
އަފުން
28 August 2025
މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް ހަސަންފަރީދޭ، ކާށިބޯޓޭ ތިކިޔަނީ ވާންހުރި ކަންކަންވެސް އެނގެނީތަ. ތިކަހަލަ ހުސް ހާސަރު ދަމާ މީހުންނާހެދި މިތަން މި ފަސާދަވަނީ.
އަންދަލޫސިޔާ
28 August 2025
ސްލޫކީ ވާނެ އާ ގޮތެއް ހޯދަނީ. ރައީސް ނުކިޔާ ރަސްގެފާނު ކިޔަންވީނުން!
މޮޅޭ
28 August 2025
ދެން ރައީސް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުނިކުންނަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބެލޭނެތާ.
އައްލާ ބެއްޔާ
28 August 2025
ރައީސް އޮފީހަށް ވަޑައިގަންނަވާ އިރު މާލެ ރައްޔިތުން މަރުހަބާ ކިޔާކަށް ނުނިކުމޭ.މާލެ އަށް ގައުމުތަކުގެ ރައީސުންނާއި އިއްޒައްތެރިން ވަޑައިގަންނަވާ އިރު ވެސް މާލޭ ރައްޔިތުން މަރުހަބާ ދަންނަވަން އެއަރޕޯޓް އަކަށް ނުދޭ. އެކަމަކު ރައީސް ރަށަކަށް ވަޑައިގަންނަވާ އިރަށް ޓީޗަރންނާއި ފަޑިޔާރުންނާއި ރަށްޔިތުން މަސައްކަތް ހުއްޓާލާފައި އަތިރިމަތީ ކޮޅަށް ތިބެން ޖެހޭ. ތި އާދަ ހުއްޓާލަން އެބަޖެހޭ. ރަށު ކައުންސިލަރުން ރައީސްއަށް މަރުހަބާ ކިޔަން ދިޔައީމަ އޯކޭ ވާނެ.