ސައުދީ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓާ ޑރ. ސޯލިހް ބިން ސުލައިމާން އަލް އަރަޖާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފޮތްތައް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
08 ސެޕްޓެމްބަރ 2025 - 15:11
ސައުދީ އަރަބިއްޔާގެ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތްތައް ރާއްޖެއާ ހަވާލުކޮށްދެއްވީ ސައުދީ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓާ ޑރ. ސޯލިހް ބިން ސުލައިމާން އަލް އަރަޖާ އެވެ.
ރާއްޖެއިން އެ ފޮތްތަކާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މިކަމުން ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.
ޝަހީމް ވަނީ ސައުދީ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ސަރުކާރަށާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސް ވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި އެއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ޒަރީރު
09 September 2025
އެންމެ ފަހުން ސައޫދީ އަރބިޔާއިން ރާއްޖެ ދިން ފޮތްތައް ގޮނދަށް އުކާލީ. އެ އެއްޗެތި ފޮތޯނަގާފައި ފޭސްބޮކަށް ލީމައި އެލީ މީހާ ގޯސްވީ. ދިވެހި ރާއްޖޭގެ މީހުންނަށް ފޮތެއބޭނުމެއްނުވޭ
ނާބަ
09 September 2025
ފޮތެއްނޫން ބޭނުމީ ލާރި ލާރި
އުންމަތުގެ ހަލާކު
09 September 2025
މިދެން ކޮންބަޔެއް، ނިކަމެތި ކުށެއްނެތް ފަލަސްތީން މީހުން މަރަން އަޑީގަ ތިބެގެން އެހެންތަންތަނަށް ކަދުރާ ފޮތް ނުފޮނުވިޔަސް މާރަނގަޅު. ކައިރީގަ އެތިބި މިހުނަށް ފުރަތަމަ އެހީވޭ!
ކަތްދައްތަ
08 September 2025
ފޮތެއްނޫން ބޭނުންވަނީ. ސައުދީ މީހުން ކައިގެން ތިބިތޯ ބަލާފަ ކާނެ ތަކެތި ރައްޔިތުންގެ އަތްފޯރާފަށަށް ގެންނަންވީ. ފޮތެއް ނުކެވޭނެ ހިލޭދިނަސް. ހައިވެގެން މޫނުމަތީ ކޮކާ ބުރާއިރު ކިޔޭނީ ކޮންފޮތެއް.
ގޮވިންފު
08 September 2025
ތިފޮތްތައް ޖަލުތަކުގައި ނުހުންނަނީ ކީއްވެ. އަދި ޖަލުތަކުގައި މުސައްލަފަދަ ތަކެތި ނުދެނި ކީއްވެ
ޟުނިކަ
08 September 2025
ޜާއްޖެގައި ނޫސް ކަރުދާހުގައި ނުހަދަާމައްސަލަ މަށަށް ވަރަށްގޯސް
ދޮންކަލޯބެ
08 September 2025
ރާއްޖެއަކީ ފޮތް ކިޔާމީހުން އުޅޭ ޤައުމެއްތ؟ ކިތަންމެ ރަނގަޅުފޮތެއް އޮތަސް ކިޔާނީ މަދު ބަޔެއް، ކަދުރު ދިންނަމަ އިސާހިތަކު ކަދުރު ހުސްވާނެ ގެންގޮސް ލައިބްރަރީގައި ތިޔަފޮތްތައް ކިތަންމެ ޒަމާނަކުވެސް ބެހެއްޓިދާނެ. ފޮތް ކިޔުމުގެ އާދައަކީ އަށަގެންނެވިދާނެ އާދައެއް. އެކަމު އަދިވެސް އައުޓްޑޭޓެޑް ޕްރިންސިޕަލުން ޤައުމުގެ ސްކޫލްތަކުގައި ބައިތިއްބައިގެް ކުރިޔަކަށް ނުދާނެ
ފޫހި
08 September 2025
ސަޢޫދީން ވެސް ކުރަނީ މިފާޑުގެ ކަންކަން. ތަރައްޤީއަށްޓަކައި ފައިދާހުރި ކަމެއްނުކުރޭ. ފޮތްކޮޅެއް، ކަދުރުކޮޅެއް. މުސައްލައެއް. މި ފާޑުގެ އެއްޗެހި ދޭންފެށުމުން ބްރުކީނާފާސޯގެ ރައީސް އިބްރާހީމް ވިދާޅުވީ ތިމަންމެން ބޭނުމީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މަގުތައް ބިނާކުރަންށޭ. މި ރާއްޖޭގެ ވެރިންނަށް މިވަރުނޭންގޭ.
ސދާޑށާާ
08 September 2025
ކިޔަވައިދިނުމަކީ ޙަޤީޤީ ތަރައްޤީއަކީ އެވަރު ނޭނގޭކަމީ ދެރަކަމެއް