ސިނަމާލެ ބްރިޖު: އެކްސަސައިޒަކަށް ބަންދުކުރުމަށް ފަހުު ބްރިޖު މިހާރު ވަނީ ހުޅުވާލާފައި. -- ފޮޓޯ | މިހާރު
08 ސެޕްޓެމްބަރ 2025 - 21:56
ސިނަމާލެ ބްރިޖުން ބަންދުކުރި ފަޅި، ފަސް ގަޑިއިރަށް ފަހު މިރޭ ހުޅުވާލައިފި އެވެ.
އެތަން ބަންދުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ "އެއާޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓްކުރަން ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށެވެ.
އެހެންވެ މިއަދު ހަވީރު 4:00 އިން މިރޭ 9:00 އަށް ބަންދުކުރީ ބުރިޖުގެ އުތުރު ފަޅި އެވެ.
ފުލުހުން ބުނީ އެއާޕޯޓް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބުރިޖުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ބުރިޖު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލުން މިއަދު ބޭއްވީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އެމަޖެންސީ ހިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމަށް ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މހއމ
09 September 2025
ދެން ތައްޔާރުތަ؟
ތެފައާސާ.
09 September 2025
ބްރިޖު ފަޅި ހުޅުއްވައިދެއްވަން ރައީސް ވަޑައިނުގަންނަވާތޯ؟ ގައިމު އޭޓީއެމްއަކަށްވުރެ ވަކި ކުޑައެއް ނުވާނެއެއްނު ބްރިޖު ފަޅިއެއް!!
މަން މަނު..
08 September 2025
ކަމެއް ހިގާފާނެ ކަމަށް ބަލައި ޢަތުގައި ހުރި 2 އެމްބިއުލެންސު ދުއްވަން ފަޅި ބަންދު ކުރަން ޖެހޭއުތަ.
މހއމ
09 September 2025
މަން މަނު ހާ އެންމެން މުއްސަނދި ނުވެދާނެ ނު ބޭނުން ވަރަކަށް.